ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ފައްޔާޒާއި ދެކޮޅަށް މިވަގުތާއި ހަމައަށް 32 ސޮއި!

ރައްޔިތުންގެ މަޖިލީހުގެ ރައީސް ރައީސް މުހައްމަދު ނަޝީދު އަދި އިކޮނަމިކް މިނިސްޓަރ ފައްޔާޒް އިސްމާއީލް
ޝެއާރކޮށްލާ ކަހަލަދޯ؟

އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލްގެ އިތުބާރު ނެތްކަމުގެ މައްސަލަ ރައްޔިތުންގެ މަޖިލީހަށް ވެއްދުމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް، ރައީސް މުހައްމަދު ނަޝީދު އިސްވެ ހުންނަވާ ކުރައްވާ މަސައްކަތުގައި މިވަގުތާއިހަމައަށް 32 ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ސޮއިކުރައްވައިފިކަމަށް ސަންގަށް މައުލޫމާތުލިބިއްޖެއެވެ.

ރައީސް ނަޝީދަށް ތާއީދުކުރައްވާ، ފައްޔާޒާއި ދެކޮޅަށް އިތުބާރުނެތްކަމުގެ މައްސަލާގައި ސޮއިކުރެއްވި މެމްބަރެއް ސަންގާއި މިއަދު ވާހަކަދައްކަވަމުން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ އެމްޑީޕީ ތަމްސީލުކުރައްވާ 65 މެމްބަރުންގެތެރެއިން 32 މެމްބަރުން މިވަގުތާއި ހަމައަށް “ފާޅުގައި” ސޮއިކޮށްފިކަމަށެވެ. 

އެ މެމްބަރު ވިދާޅުވީ މިއީ ވަރަށް ބޮޑު ކުރިއެރުމެއްކަމަށާއި، މަޖިލީހުގެ ޖަލްސާ ފެށެންވާއިރަށް މި އަދަދު އިތުރުވާނެކަމަށާއި އެމްޑީޕީގެ މެމްބަރުންގެ އެހީތެރިކަމާއެކު އެކަނިވެސް ވަޒީރު ފައްޔާޒު ބޭރުކުރެވިދާނެކަމުގެ އުއްމީދު އާވެއްޖެކަމަށެވެ.

އިތުރަށް ވާހަކަ ދައްކަވަމުން ވިދާޅުވީ އެމްޑީޕީގެ ބައެއް މެމްބަރުން މި މައްސަލާގައި ސޮއިކުރުން މަޑުޖައްސާލައިގެން ތިބިކަމަށާއި، ނަމަވެސް ވޯޓް ގަޑީގައި ފައްޔާޒުގެ އިތުބާރުނެތްކަމަށް ފާސްކުރުމަށް ވޯޓް ދެއްވާނެކަމުގެ ޔަގީންކަން ދީފައިވާކަމަށެވެ. 

އެމްޑީޕީ ދެފަޅިއަށް ބެހިގެންދާ މިމައްސަލާގައި އެއް ބަޔަކު ތިބީ ފާޅުގައި ފައްޔާޒުގެ ދިފާއުގައި ނުކުންނަވައެވެ. އޭގެތެރޭގައި ހިމެނެނީ ގަމު ދާއިރާގެ މެމްބަރު މުހައްމަދު ވިސާމް، އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމް، މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފު، އެމްޑީޕީގެ ޗެއާޕާސަންގެ ނައިބު އަދި ހުޅުމާލެ ދާއިރާ މެމްބަރު އަލީ ނިޔާޒު، ދާންދޫ ދާއިރާގެ މެމްބަރު ޔައުގޫބު އަބްދުﷲ، އިހަވަންދޫ ދާއިރާގެ މެމްބަރު މުހައްމަދު ޝިފާއު، މާފަންނު ހުޅަނގު ދާއިރާގެ މެމްބަރު މުހައްމަދު ފަލާހު އަދި ކިނބިދޫ ދާއިރާ މެމްބަރު މުހައްމަދު ނާޝިޒު ހިމެނެއެވެ. 

ފައްޔާޒުގެ އިތުބާރުނެތްކަމުގެ މައްސަލާގައި އެންމެ ފުރަތަމަ ސޮއިކުރެއްވީ ރައީސް މުހައްމަދު ނަޝީދެވެ. ރައީސް ނަޝީދު ހިމެނޭގޮތަށް، އެ މައްސަލާގައި ސޮއިކުރެއްވި އެއްވެސް މެމްބަރެއް ފާޅުގައި ފައްޔާޒާއި ދެކޮޅަށް ބަހެއް ބުނެފައެއް ނުވެއެވެ. ނަމަވެސް އެމްޑީޕީގެ ގައުމީ މަޖިލިސް ތެރޭގައި ރައީސް ނަޝީދާއި ފައްޔާޒުގެ “ޒުވާބު” ހޫނުވެ، ބަހުގެ ހަމަލާތަކެއްވަނީ ބަދަލުކުރެވިފައެވެ. 

ވަޒީރެއްގެ އިތުބާރު ނެތް ކަމުގެ މައްސަލައެއް މަޖިލީހަށް ހުށަހަޅަން ބޭނުންވަނީ 14 މެމްބަރެއްގެ ސޮޔެވެ. އަދި ވަޒީރެއްގެ އިތުބާރު ނެތް ކަމަށް ފާސްކުރަން ބޭނުންވާނީ މަޖިލީހުގެ ޖުމްލަ މެމްބަރުންގެ އައުލަބިއްޔަތު، 43 މެމްބަރުންގެ ވޯޓެވެ.

މަޖިލީހުގައި ޖުމްލަ 87 މެމްބަރުން ތިއްބަވާއިރު، އެމްޑީޕީ 65، ޕީޕީއެމް/ޕީއެންސީއަށް 9، ޖުމްހޫރީޕާޓީ 5، އެމްޑީއޭ 2 އަދި މިނިވަން 6 މެމްބަރުންނެވެ.  

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: