ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އޭސީސީން ނެރުނު ބަޔާނެއްގައި ސައްޙަ ނޫން މައުލޫމާތުތަކެއް!

ޝެއާރކޮށްލާ ކަހަލަދޯ؟

އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ގެ މެންބަރުން ގާނޫނީ ވާޖިބު އަދާނުކުރާކަމަށް ބުނެ، އަމިއްލަ ފަރާތަކުން ރައްޔިތުންގެ މަޖިލީހަށް މައްސަލައެއް ހުށަހަޅާފައިވާތީ، އެކަން ދޮގުކޮށް އެ ކޮމިޝަނުން ދޮގުކޮށް ނެރުނު ބަޔާނުގައި ސައްޙަ ނޫން މައުލޫމާތު ތަކެއް ހިމަނައިފިއެވެ.

އަމިއްލަ ފަރާތަކުން މަޖިލީހަށް ހުށަހެޅީ އިޖުރާއަތުގެ ގާނޫނުގެ ދަށުން ކޮމިޝަނުން ހަދަންޖެހޭ ގަވާއިދު ހަދާފައި ނުވާކަމަށް ބުނެއެވެ. ނަމަވެސް އެވާހަކަތައް ދޮގުކޮށް އޭސީސީން ބުނެފައިވަނީ ޖިނާއީ އިޖުރާއާތުގެ ގާނޫނުގެ ދަށުން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ހަދަންޖެހޭ ގަވާއިދު ހަދާފައިވާ ކަމަށެވެ.

ޖިނާޢީ އިޖުރާއަތުގެ ދަށުން އޭސީސީން ހަދަންޖެހޭ ޤައިވައިދުތައް ހަދާފައިވާ ކަމަށްބުނެ އެކޮމިޝަނުން ނެރުނު ބަޔާކުގައި ސައްޙަ ނޫން ބައެއް މައުލޫމާތުވެސް ހިމަނާފައިވެއެވެ.

އެގޮތުން އެ ބަޔާނުގައި ބުނެފައިވަނީ ޖިނާއީ އިޖުރާއާތުގެ ގާނޫނުގެ ދަށުން އެންމެ ފުރަތަމަ ގަވާއިދު ހެދީ އެ ކޮމިޝަނުން ކަމަށާއި އޭޕްރީލް، 2017 ގައި އެ ކޮމިޝަންގެ އާންމު ގަވާއިދު އެކުލަވައިލި ކަމަށެވެ.

ޖިނާއީ އިޖުރާއާތުގެ ގާނޫނަށް އަމަލު ކުރަން ފެށީ ޖެނުއަރީ، 2017 ގައި ކަމަށް އޭސީސީގެ ބަޔާނުގައި އޮތަސް އެ ގާނޫނަށް އަމަލު ކުރަން ފެށީ ޖުލައި، 2017 ގައެވެ. 

މީގެ އިތުރުން ގަވާއިދު ހަދަން ޖެހޭ މުއްދަތު އޭޕްރީލް، 2017 އަށް ހަމަވި ކަމަށް އެ ބަޔާނުގައި އޮތްއިރު އެ މުއްދަތު ހަމަވީ އޮކްޓޫބަރު، 2017 ގަ އެވެ. ނަމަވެސް ފަހުން އެސީސީން ވަނީ އެ ބަޔާން އިސްލާހު ކޮށް އަލުން ޝާއިއުކޮށްފައެވެ.

ޖިނާއީ އިޖުރާއާތުގެ ގާނޫނުގެ ދަށުން ހަދަންޖެހޭ ގަވާއިދުތައް ގާނޫނުގައި ބުނާ މުއްދަތުގައި ހެދީ ޕީޖީ އޮފީހުންނެވެ. އޭގެ ފަހުން ސުޕްރީމް ކޯޓާއި ފުލުހުން ހަދަންޖެހޭ ގަވާއިދުތައް ހެދީ އެ މުއްދަތު ހަމަވި ފަހުންނެވެ.

 

 

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: