ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެމްޓީސީސީ ކުރިއަށްދަނީ ހަލުވި އަހެއްގެ ދުވެލީގައެވެ.

އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް. މަޝްރޫޢުއެެއްގެ އެއްބަސްވުމުގައި ސޮއިކުރެއްވުމުގެތެރެއިން
ޝެއާރކޮށްލާ ކަހަލަދޯ؟

ޤައުމެއް ތަރައްޤީވުމުގައި އެންމެ އިސްރޯލެއް އަދާކުރާ އެއް ފަރާތަކީ އެ ޤައުމެއްގައި ވުޖޫދުވެފައިވާ ކުންފުނިތައްކަމާމެދަކު ޝައްކެއްނެތެވެ. ޢުމްރާނީ ގޮތުން ޤައުމު ތަރައްޤީކުރާ ކުންފުނިތަކެވެ. ޢުމްރާނީ ގޮތުން ޤައުމެއް ކުރިއަރައިފިނަމަ އެ ޤައުމުގެ ދެންހުރި ކަންކަންވެސް އަންނާނީ ރަނގަޅުވަމުންނެވެ. އެ ފަދަ ތަރައްޤީއަކީ ޤައުމުގެ އިޤުތިސާދީ ދުވެލި ހަލުވިކޮށްދޭނެ ތަރައްޤީއެވެ. ފުދުންތެރި ދިރިއުޅުމެއް  އުޅެވޭނެ މަގުފަހިކޮށްދޭނެ ތަރައްޤީއެވެ. ފުދުންތެރި ދިރިއުޅުމެއް ނޫޅެވެންޏާ ވެށީގެ ހާލަތު ރަނގަޅެއް ނުވާނެއެވެ. ވެށީގެ ހާލަތު ރަނގަޅު ނުވަންޏާ ވަކިވަކި ފަރުދުންގެ ހާލަތެއް ރަނގަޅެއް ނުމެވާނޭމެއެވެ.

މި ގޮތުން ބަލާއިރު ޢުމްރާނީ ތަރައްޤީގެ ކުރިބޯށްޓާއި ހިސާބަށް މި ޤައުމު ވާސިލުކޮށްދިނުމަށް އެންމެ މުހިންމު ދައުރެއް އަދާކުރާ އެއް ކުންފުންޏަކީ ”މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް” އެވެ. މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް ނުވަތަ އެމްޓީސީސީ މި ވުޖޫދަށްއައީ 1980 ވަނަ އަހަރުގެ ޑިސެމްބަރު މަހުގައެވެ.

އެމްޓީސީސީ މައި އޮފސް

އެމްޓީސީސީގެ އުފެދުނު މަޤުސަދުތަކުގެތެރޭގައި ރައްޔިތުންގެ ތަނަވަސްކަން އިތުރުކޮށްދިނުމުގެ ގޮތުން ކަނޑާއި ވަޔާއި އެއްގަމުގައި ދަތުުރުފަތުރުކުރުމާބެހޭ ކަންކަން ކުރިއެރުވުން ހިމެނެއެވެ. އޭގެ އިތުރުން އޮޑިދޯނިފަހަރާއި ބޯޓު ބަނުމުގެ މަސައްކަތްތައް ކުރިއެރުވުން ވެސް ހިމެނެއެވެ. ނަމަވެސް މިއަދާއި ހިސާބަށް އައިއިރު އެމްޓީސީސީގެ މަޤުސަދުތައް ގިނަވެ އެ ކުންފުނީގެ މައިގަނޑު އަމާޒަކަށް މައިގަނޑު އުންމީދަކަށް މައިގަނޑު ލަނޑުދަނޑިއަކަށް ވެފައިވަނީ ރައްޔިތުންނަށް އެތައް ގޮތަކުން ޚިދުމަތްތައް ފޯރުކޮށްދިނުމެވެ.

މަހާ ޖައްރާފު

ތަރައްޤީގެ ރޮނގުގައި ހަތަރު އުދަރެސް ފެނުޖެހެމުންދިޔަ ރާއްޖޭގެ ހަތަރު ފަރާތަށް ބަލައިލުމުން މި ދަންނަވާ ތަރައްޤީ އެބަ ފެނެއެވެ.
ޒާތީ ތައައްސުބުން އެއްކިބާވެ އިންސާފުގެ ތަރާދުން ކިރާލައިފިނަމަ އަޅުގަނޑު މި ދެންނެވި ވާހަކައަކާއި ދެބަސްވާނެ ފަރާތެއް ނުހުންނާނެއެވެ. ފަހުގެ ޖީލަށް މި ފެންނަ ތަރައްޤީޤެ ބޮޑުބައި ހިއްސާކުރާނީ އެމްޓީސީސީންކަން ކަށަވަރެވެ.

https://twitter.com/MTCCPlc/status/1290132833269243907?s=19

އެމްޓީސީސީގެ މަޝްރޫޢުތައް މިހާރު ވެސް މަޑުޖެހުމެއްނެތި ކުރިއަށް އެބަދެއެވެ. ހަލުވި އަހެއްގެ ދުވެލީގައެވެ. މި ގޮތުން ބަލާއިރު ގއ. ކަނޑުހުޅުދޫ ބަނދަރުގައި ތޮށިލުމުގެ ހުރިހައި މަސައްކަތެއް ވަނީ ނިންމާފައެވެ. ގއ. ވިލިނގިލީ ބަނދަރުގެ ދެވަނަ ފިޔަވަހީގެ މަސައްކަތްތައް ވެސް ވަނީ ނިންމާފައެވެ.

މީގެ އިތުރުން ގދ. ތިނަދޫ ދެކުނު އަވަށުގެ ފުޓްބޯޅަ ދަނޑުގެ ސަބްބޭސް ހެދުމުގެ މަސައްކަތްތައް ވެސް އެމްޓީސީސީން ވަނީ ނިންމާފައެވެ. ކ.މާފުށްޓާއި އެ އަތޮޅު ހުރާގެ ބިން ހިއްކުމުގެ މަޝްރޫޢު ވަނީ ނިންމާފައެވެ.

ހަމައެއާއެކު ލ.ފޮނަދޫ މަގުހެދުމުގެ މަޝްރޫޢުގެ 59 އިންސައްތަ މަސައްކަތާއި ލ. މާބައިދޫގެ އާ ނެރު ހެދުމުގެ މަޝްރޫއުގެ 97 އިންސައްތަ މަސައްކަތާއި ބ.ފެހެންދޫ ބަނދަރު ހެދުމުގެ މަޝްރޫޢުގެ މަސައްކަތުގެ ތެރެއިން 43 އިންސައްތަ މަސައްކަތާއި ލ. މާވަށު ބަނދަރު ހެދުމުގެ މަޝްރޫޢުގެ 37 އިންސައްތަ މަސައްކަތް ވަނީ ނިންމާފައެވެ.

ތިނަދޫ ދެކުނު އަވަށު ފުޓުބޯޅަ ދަނޑު. ފޮޓޯ: އެމްޓީސީސީ
ގއ. ވިލިނގިލީ ބަނދަރު. ފޮޓޯ: އެމްޓީސީސީ

ފ.ދަރަނބޫދޫގެ ބަނދަރު ބޮޑުކޮށް، ފުންކުރުމުގެ މަޝްރޫޢުގެ މަސައްކަތުގެ 33 އިންސައްތަ މަސައްކަތާއި ރ.ދުވާފަރުގެ ބޮޑެތި މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީކުރުމުގެ މަޝްރޫޢުގެ 67 އިންސައްތަ މަސައްކަތާއި ނ. މިލަދޫ ބަނދަރު ހެދުމުގެ މަޝްރޫޢުގެ 24 އިންސައްތަ މަސައްކަތާއި
ރ. ވަންދޫ ބަނދަރު މަރާމާތުކޮށް ބަނދަރު ފުންކުރުމުގެ މަޝްރޫޢުގެ 12 އިންސައްތަ މަސައްކަތް ވެސް ވަނީ ނިންމާފައެވެ. އަދި ފޮއްދޫ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަސައްކަތާއި ހދ. ނެއްލައިދޫ ބަނދަރު މަރާމާތުކުރުމުގެ މަޝްރޫޢުގެ 30 އިންސައްތަ މަސައްކަތާއި ބ.އޭދަފުށީ މަގުތައް ހެދުމުގެ މަޝްރޫޢުގެ މަސައްކަތްތަކުގެތެރެއިން މަގުތަކުގައި ތާރުއެޅުމުގެ މަސައްކަތުގެ 50 އިންސައްތަ މަސައްކަތާއި ނ. ހެނބަދޫ ބަނދަރު ހެދުމުގެ މަޝްރޫޢުގެ 71 އިންސައްތަ މަސައްކަތް ވެސް ވަނީ ނިންމާފައެވެ.

https://twitter.com/MTCCPlc/status/1285445683718221824?s=19https://twitter.com/MTCCPlc/status/1284699697504894976?s=19

އޭގެ އިތުރުން ގދ.ތިނަދޫ އައިސްޕްލާންޓް ސަރަހައްދުގެ އެއްގަމު ތޮށިލުމުގެ މަސައްކަތާއި
ށ. ކޮމަންޑޫ ބަނދަރު ތަރައްޤީކުރުމުގެ މަޝްރޫޢުގެ 73 އިންސައްތަ މަސައްކަތް ވެސް ވަނީ ނިންމާފައެވެ.

އެމްޓީސީސީން ވަނީ ދ.ހުޅުދެލީ ބަނދަރު ބޮޑުކުރުމުގެ މަސައްކަތްތަކާއި ހއ.ކެލާ ބަނދަރު ތަރައްޤީކުރުމުގެ މަޝްރޫޢުގެ ދެވަނަ ފިޔަވަހީގެ މަސައްކަތްތަށް ވެސް ފަށާފައެވެ. އަދި ތިލަފުށި ހާބަރ ރީހެބިލިޓޭޝަން މަޝްރޫޢުއަށް ބޭނުންވާ ޓްރެންޗް ބޮލްކް ކާސްޓް ކުރުމުގެ މަސައްކަތާއި ރިއިންފޯސްމަންޓްގެ މަސައްކަތްތައް ވެސް ވަނީ ފަށާފައެވެ. މި މަޝްރޫޢުއަކީ ޒަމާނީ ފެންވަރެއްގެ ސަރަހައްދީ ކުނި މެނޭޖުކުރާނެ މަރުކަޒެއް ގާއިމުކުރުމުގެ ގޮތުން ކުރިއަށްގެންދާ މަޝްރޫޢުއެއްކަމަށް އެމްޓީސީސީން ބުނެފައިވެއެވެ.

https://twitter.com/MTCCPlc/status/1285789844149436416?s=19https://twitter.com/MTCCPlc/status/1283319807174049793?s=19

ހަމަ އެފަަދައިން ފުވައްމުލަކު ސިޓީގެ އެތެރޭ މަގުތައް ހެދުމުގެ މަޝްރޫޢުގެ އަމަލީ މަސައްކަތްތަކާއި ވ. ރަކީދޫގެ ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ ދަށުން ބަނދަރު ފުންކުރުމުގެ މަސައްކަތާއި ރ. އުނގޫފާރު މަގުތައް ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ މަސައްކަތްތަކުގެ ތެރެއިން ހޮޅިވަޅުލުމުގެ މަސައްކަތްތަކާއި އައްޑޫ ސިޓީ ހުޅުދޫ ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ ދަށުން ބަނދަރު ފުންކުރުމުގެ މަސައްކަތް ހަލުވިކަމާއެކު ދަނީ ކުރިއަށެވެ. ‏

ހދ. ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލް ބޮޑުކޮށް، މަރާމާތު ކުރުމުގެ މަޝްރޫޢު ވެސް ދަނީ ކުރިއަށެވެ. ހަމައެއާއެކު ހއ.ހޯރަފުށި ވައިގެބަނދަރު ތަރައްޤީކުރުމުގެ ގޮތުން ތާރުއެޅުމަށް ބޭނުންވާ ހުރިހައި ސާމާނެއް މިހާރު ވަނީ ހޯރަފުށްޓަށް ގެންގޮސްފައެވެ.

https://twitter.com/MTCCPlc/status/1285074158213201920?s=19https://twitter.com/MTCCPlc/status/1293815234314948608?s=19

އާދޭހެވެ. މި މަޝްރޫޢުތަކުގެ އިތުރުން ވެސް އެމްޓީސީސީގެ ބޮޑެތި ބިޔަ މަޝްރޫޢުތައް ‘ފަތުއަޑުކިޔާފައި’ އެހެރަ ކުރިއަށް ދަނީއެވެ. އަޅުގަނޑު އިސްވެ މި ބަޔާންކުރި ވާހަކަތައް މި ކަމުގެ ބުރުހާނަކަށް ފުދޭ އެހެންނޫންތޯއެވެ.

ހަމަކަށަވަރެވެ. ރާއްޖޭގެ ރައްޔިތުން މި ކަންކަން ޤަބޫލުކުރާނެއެވެ. ހިތްހަމަ ނުޖެހޭ ބަޔަކު ތިބެދާނެއެވެ. ނަމަވެސް އެމްޓީސީގެ ޚިދުމަތްތަކުގެ ފަސޭހަތައް ހަމަ އެބައިމީހުންނަށް ނުވިސްނެނީއެވެ. އަދި ވިސްނޭނެއެވެ. އަޅުގަނޑު އެދެނީ އެމްޓީސީސީގެ ސަބަބުން ރާއްޖޭގެ ތަރައްޤީގެ މަޝްރޫޢުތައް ވިދުވަރެއްހައި ހަލުވިކަމާއެކު ކުރިއަށް ދިޔުމެވެ. އެމްޓީސީސީއަށް ކާމިޔާބެވެ. ޤައުމަށް އުފާވެރިކަމެވެ.

 

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: