ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ހޯރަފުށީ އެއަރޕޯޓުގައި ތާރުއެޅުމަށް ބޭނުންވާ ސާމާނު އެމްޓީސީސީން އެ ރަށަށް ގެންގޮސްފި

ހޯރަފުށި އެއާޕޯޓު ތަރައްޤީކުރުމަށް ތާރު އެޅުއްމަށް ބޭނުންވާ ސާމާނު އެ ރަށަށް ގެންދިއުމުގެތެރެއިން. ފޮޓޯ: އެމްޓީސީސީ
ޝެއާރކޮށްލާ ކަހަލަދޯ؟

ހއ. ހޯރަފުށި އެއާޕޯޓު ތަރައްޤީކުރުމަށް ތާރު އެޅުއްމަށް ބޭނުންވާ ހުރިހާ ސާމާނެއް އެ ރަށަށް ގެންގޮސްފައިވާކަމަށް އެމްޓީސީސީން ބުނެފިއެވެ.

މީޑިއާތަކަށް މަޢުލޫމާތުދެމުން އެމްޓީސީސީން މިއަދު ބުނީ ހޯރަފުށި އެއާޕޯޓު ތަރައްޤީކުރުމަށް ތާރު އެޅުއްމަށް ބޭނުންވާ ހުރިހާ ސާމާނެއް މިހާރު އެ ރަށަށް ގެންގޮސްފައިވާކަމަށެވެ.

އެ ގޮތުން ހުކުރުދުވަހުގައި ކޮމްޕެކްޓަރ،ޑަބަލް ޑްރަމް އަދި އެހެނިހެން ސާމާނު ވެސް ހޯރަފުށްޓަށޤ ގެންގޮސްފައިވާކަމަށް އެމްޓީސީސީން ބުނެއެވެ.

އެމްޓީސީސީން ހާމަކުރިގޮތުގައި ކޮވިޑްގެ ސަބަބުން ލޮޖިސްޓިކަލް ގޮންޖެހުންތަކެއް ހުރިނަމަވެސް މި މަޝްރޫޢުގެ މަސައްކަތްތައް ހަލުވި ދުވެއްޔެއްގައި ކުރިއަށް އެބަދެއެވެ. މި ގޮތުން މި މަޝްރޫޢުގެ މަސައްކަތްތައް އަންނަ އޮކްޓޫބަރުމަހުގެ ނިޔަލަށް ނިންމައިލެވޭނެކަމަށް އެ ކުންފުނިން ވަނީ ބުނެފައެވެ.

އެމްޓީސީސީން ހޯރަފުށީގައި އަޅާ އެއާރޕޯޓުގައި 1200 މީޓަރުގެ ރަންވޭއަކާއި 8635 ސްކޮޔާ މީޓަރުގެ އޭޕްރަންއެއް ޤާއިމުކުރާނެއެވެ.

މީގެ އިތުރުން ޓެކްސީ ވޭއެއްގެ އިތުރުން ސާވިސް މަގުތަކާއި 9473 ސްކޮޔާ މީޓަރުގެ ޕާކިން އޭރިއާއެއް ހަދާނެއެވެ. އަދި 1718 ސްކޮޔާ މީޓަރުގެ ފަޔަރ އެކްސެސް މަގަކާއި 720 މީޓަރުގެ ސަރަހައްދެއްގައި ފެންސް ޖެހުމުގެ މަސައްކަތްތައް ވެސް ކުރިއަށްދާނެއެވެ.

މި މަޝްރޫޢުގެ ދަށުން 842200 ކިއުބިކް މީޓަރުގެ ސަރަހައްދެއް ހުސްވި އަހަރުގެ އޯގަސްޓްމަހުގެ ތެރޭގައިވަނީ ހިއްކާ ނިންމާފައެވެ.

އޭގެ އިތުރުން މި އަހަރުގެ މާޗް މަހުގައި 1120 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމަންޓް ޖެހުމުގެ މަސައްކަތް ވެސް ވަނީ ނިންމާފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: