ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އަންހެނެއްގެ އަނގަޔަށް ލައްފިލުވާއެޅި މީހަކަށް ގަސްދުގައި މީހަކު މަރަން އުޅުނުކަމުގެ ދަޢުވާ އުފުލައިފި

ރ.އަލިފުށި. ފޮޓޯ: ސޯޝަލް މީޑިއާ
ޝެއާރކޮށްލާ ކަހަލަދޯ؟

ރ. އަލިފުށީގައި އަންހެނެއްގެ އަނގަޔަށް، އޭނާގެ ކުރީގެ ފިރިމީހާ ލައްފިލުވާއެޅި މައްސަލައިގައި ގަސްދުގައި މީހަކު މަރަން އުޅުނުކަމުގެ ދަޢުވާ އުފުލައިފިއެވެ.

ރ.އަލިފުށީގައި އަންހެނެއްްގެ އަނގަޔަށް، އޭނާގެ ކުރީގެ ފިރިމީހާ ލައްފިލުވާއެޅި މައްސަލައެއް ފުލުހުންނަށް ހުށަހެޅުނީ ހުސްވި ޖުލައިމަހުގެ 01 ވީ ބުދަދުވަހުގެރޭ 21:45 ގައެވެ. މި މައްސަލައާއި ބެހޭގޮތުން، ފުލުހުން އޭރު ބުނީ ރ.އަލިފުށީގެ ގެއެއްގައި ނަމާދުކުރަން ހުރި އަންހެނެއްްގެ އަނގަޔަށް، އޭނާގެ ކުރީގެ ފިރިމީހާއަށް ލައްފިލުވާއަޅާފައިވާކަމަށެވެ.

މި މައްސަލައާއި ގުޅިގެން ޕްރޮސެކިއުޓަރ ޖެނެރަލްއިން ބުނީ ރ.އަލިފުށީ ކަސްތޫރިގޭ ޢަލީ އަމީންގެ މައްޗަށް ގަސްދުގައި މީހަކު މަރަން އުޅެފައިވާކަމުގެ ދަޢުވާގެ އިތުރުން އެނގިހުރެ ހުއްދައެއް ނެތް ތަނަކަށް ވަނުމުގެ ދަޢުވާއާއި އަނިޔާދިނުމުގެ ދަޢުވާ އުފުލައި ކޯޓަށް މައްސަލަ ހުށަހަޅާފައިވާކަމަށެވެ.

މި ހާދިސާއާއި ގުޅިގެން ޢުމުރުން 32 އަހަރުގެ ޢަލީ އަމީން ހައްޔަރުކުރީ ޖުލައި މަހުގެ 02 ވަނަ ދުވަހުގައެވެ. މި މައްސަލައިގައި ޢަލީ އަމީން އޭނާގެ ކުރީގެ އަންހެނުންގެ އަނގަޔަށް ލައްފިލުވާއެޅީ ކީއްވެކަމެއް ނޭނގެއެވެ.

މި މައްސަލައިގައި އަނިޔާ ލިބުނު އަންހެން މީހާ ވަގުތުން އެ ރަށު ހެލްތް ސެންޓަރަށް ގެންގޮސްފައިވާ ކަަމަށް ފުލުހުން އޭރު ބުނެފައިވެެއެވެ. އަދު އެ މީހާގެ ހާލު ރަނގަޅުކަމަށް ވެސް ފުލުހުން އޭރު ބުނެފައިވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: