ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ބޯޑަރު ހުޅުވައިލިފަހުން ރާއްޖެއައި ފަތުރުވެރިންގެ ޢަދަދު 5000 އާއި ގާތްކޮށްފި

ޝެއާރކޮށްލާ ކަހަލަދޯ؟

ރާއްޖޭގެ ބޯޑަރު ބަންދުކޮށްފައި އޮތުމަށްފަހު ބޯޑަރު އަލުން ހުޅުވައިލިފަހުން ފަސްހާހާ ގާތަށް ފަތުރުވެރިން ރާއްޖެ އައިސްފައިވާކަމަށް މޯލްޑިވްސް އިމިގުރޭޝަނުން ބުނެފިއެވެ.

ކޮވިޑް-19 އާއި ގުޅިގެން ރާއްޖޭގެ ބޯޑަރު ބަންދުކޮށްފައި އޮތުމަށްފަހު ބޯޑަރު އަލުން ހުޅުވައިލީ ހުސްވި ޖުލައިމަހުގެ 15 ވަނަ ދުވަހުގައެވެ.

ބޯޑަރު ހުޅުވިތާ 01 މަސްވެފައިވާއިރު މި މަހުގެ 13 ވަނަދުވަހާއި ހަމައަށް ރާއްޖެ އައިސްފައިވަނީ ޖުމްލަ 4806 ފަތުރުވެރިންކަމަށް އިމިގުރޭޝަނުން ބުނެއެވެ. އިމިގުރޭޝަނުން ހާމަކުރިގޮތުގައި އޭގެތެރޭގައި ހިމެނެނީ ހުސްވި ޖުލައި މަހުގައި ރާއްޖެއައި 1752 ފަތުރުވެރިންނާއި މި މަހުގައި ޒިޔާރަތްކުރި 3054 ފަތުރުވެރިންނެވެ.

ކޮވިޑް-19 އިގެ ސަބަބުން ފަތުރުވެރިން ޤައުމުތަކަށް ދަތުރުކުރުން މިވަނީ ބޮޑުތަނުން މަދުވެފައެވެ. ނަމަވެސް ހުސްވި ޖުލައި މަހާއި އަޅާބަލާއިރު އޯގަސްޓު މަހުގައި ފަތުރުވެރިން ރާއްޖެ ޒިޔާރަތްކުރި ޢަދަދު މިވަނީ އިތުރުވާން ފަށާފައެވެ.

އިމިގުރޭޝަނުން މީގެ ކުރިން ހާމަކުރި ގޮތުގައި ރާއްޖެއަށް ފަތުރުވެރިން އެންމެ ގިނައިން ޒިޔާރަތްކޮށްފައިވަނީ އިނގިރޭސި ވިލާތުންނާއި އެމެރިކާއިންނާއި ޔުނައިޓެޑް އަރަބް އެމިރޭޓްސް އާއި ޖަރުމަނު ވިލާތުގެ އިތުރުން ސްވިޒަރލޭންޑުންނެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: