ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރައީސް ޔާމިނުގެ މައްޗަށް ކުރެވިފައިވާ އިތުރު 02 ދަޢުވާގެ ޝަރީޢަތް މާދަމާއަށް ތާވަލްކުރުމުން އިދިކޮޅުން ކަންބޮޑުވުން ފާޅުކޮށްފި

.ކުރީގެ ރައީސް ޔާމިނު ޢަބްދުލްޤައްޔޫމު. ފޮޓޯ: ސޯޝަލްމީޑިއާ
ޝެއާރކޮށްލާ ކަހަލަދޯ؟

މަނީ ލޯންޑްރިންގެ ކުށް ސާބިތުވާކަމަށް ބުނެ ފަސް އަހަރު ދުވަހުގެ ޙުކުމެއްކޮށް ޖަލަށްލާފައިވާ ކުރީގެ ރައީސް ޢަބްދުﷲ ޔާމީނުގެ މައްޗަށް ކޮށްފައިވާ އިތުރު ދެ ދަޢުވާގެ ޝަރީޢަތް އަންނަ އާދިއްތަ ދުވަހަށް ތާވަލްކޮށްފައިވާތީ އިދިކޮޅު ކޯލިޝަނުން ކަންބޮޑުވުން
ފާޅުކޮށްފިއެވެ.

ދަޢުލަތުން ރައީސް ޢަބްދުﷲ ޔާމީނުގެ މައްޗަށް އިތުރު ދެ ދަޢުވާއެއްކޮށް ވޭތުވެދިޔަ ޖޫންމަހުގައި ވަނީ ކޯޓަށް ފޮނުވާފައެވެ. އެ ދެ ދަޢުވާ ކުރަން ދަޢުލަތުން ނިންމާފައިވަނީ އެމްއެމްޕީއާރުސީ މެދުވެރިކޮށް ރ. ފުށްގިރި ކުއްޔަށް ދޫކުރުމުގެ މުއާމަލާތާ ގުޅިގެންނެވެ.

މި ކަމާއި ގުޅިގެން އިދިކޮޅު ކޯލިޝަނުން މިރޭ ނެރުނު ނޫސްބަޔާނުގައިވަނީ ރައީސް ޔާމިނާއި އެ މަނިކުފާނުގެ ވަކީލުންނާއި ބައްދަލުނުވެ އެތައް ދުވަހެއް ފާއިތުވެގެން ގޮސްފައިވާއިރު އެކަން ހަމަނުޖެހި އުޅެނިކޮށް ދަޢުލަތުގެ ފަރާތުން އިތުރު ދެ ދަޢުވާއެއް ކްރިމިނަލް ކޯޓަށް ހުށަހަޅާފައިވާ މައްސަލައެއް އެ ކޯޓުން މާދަމާއަށް ތާވަލްކޮށްފައިވާތީ އިންތިހާއަށް ކަންބޮޑުވާކަމަށް ބުނެފައެވެ.

މީގެ އިތުރުން ރައީސް ޔާމިނާއި އެ މަނިކުފާނުގެ ވަކީލުންނާއި ބައްދަލުނުވެ އެތައް ދުވަހެއް ފާއިތުވެގެންދާތީ އެ ކަން ހަމަޖެއްސެވުމަށް ހައިކޯޓުން އަމުރުކުރެއްވި ފަހުން މަހަކަށްވުރެ ގިނަ ދުވަސް ފާއިތުވެފައިވާކަމަށް ބަޔާނުގައި ބުނެފައިވެއެވެ. އަދި މަސް ދުވަސް ފާއިތުވެދިޔައިރު ވެސް ކަރެކްޝަނުން އެ އިންތިޒާމު ހަމަޖައްސައިދީފައިނުވާ ކަމަށާއި މި ގޮތުން އެ ކަން ހަމަޖައްސވައިދިނުމަށްއެދި މި މަހުގެ 13 ވަނަ ދުވަހު ހޯމް މިނިސްޓަރު އިމްރާން ޢަބްދުﷲ ގެ އަރިހުން ވެސް ރައީސް ޔާމިނާއި އެ މަނިކުފާނުގެ ވަކީލުންނާއި ބައްދަލުކުރުމުގެ އިންތިޒާމު ހަމަޖައްސައިދިނުމަށް އެދިފައިވާނެކަމަށް ވެސް އިދިކޮޅު ކޯލިޝަނުން ފާހަގަކޮށްފައިވެއެވެ.

މީގެ އިތުރުން އިދިކޮޅު ކޯލިޝަނުންވަނީ ރައީސް ޔާމިނާއި ގުޅިގެން ކުރެވޭ ދަޢުވާތަކާއި ހިންގޭ ޝަރީޢަތްތަކުގައި ހަމަހަމަކަމާއި އިންސާފުވެރިކަން އިސްކޮށް ޤާނޫނު އަސާސީން ކަށަވަރުކޮށްދީފައިވާ ޙައްޤުތައް ހުރިހައި އެންމެނަށް ވެސް ހަމަހަމަކަމާއެކު ހަމަޖައްސައިދީ އަނިޔާވެރިވުމަށް ފުރުސަތުނުދީ އިންސާފުން ކަންކަން ގެންދިއުމަށް ސަރުކާރަށް ގޮވާލާފައެވެ. އަދި ރައީސް ޔާމިނަށް ވަކީލުންނާއި ބައްދަލުކުރެއްވުމުގެ ފުރުސަތުދިނުމަށްފަހު ނޫނީ ޝަރީޢަތުގެ ކަންކަން ކުރިއަށް ނުގެންދިއުމަށާއި އެ މަނިކުފާނާއި މެދު ތަފާތުކުރުން ނުގެންގުޅުމަށް ވެސް އިދިކޮޅުން ގޮވާލާފައިވެއެވެ.

 

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: