ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އިބުރާ އަލީ އާޒިމްއަށް: އެމްޑީޕީ ތެރޭގައި ޑީއާރްޕީ ހިންގަން ނޫޅޭތި!

އެމްޑީޕީގެ ޕީޖީ ލީޑަރ އަލީ އާޒިމް: އަދި އެމްޑީޕީގެ ކުރީގެ ރައީސް އިބްރާހިމް އިސްމާއީލް: ފައިލް ފޮޓޯ
ޝެއާރކޮށްލާ ކަހަލަދޯ؟

ސަރުކާރު ހިންގާ މައި ޕާޓީ އެމްޑީޕީގެ ތެރޭގައި ޑީއާރްޕީ ހިންގަން އުޅުއްވައިގެން ނުވާނެ ކަމަށް ވިދާޅުވެ އެމްޑީޕީގެ ކުރީގެ ރައީސް އިބްރާހިމް އިސްމާއީލ (އިބުރާ) އެމްޑީޕީގެ ޕާލަމެންޓްރީ ގުރޫޕްގެ ލީޑަރ އަދި މެދު ހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމްއަށް ބަހުގެ ހަމަލާތަކެއް ދެއްވައިފިއެވެ. 

އިބްރާހިމް އިސްމާއީލްގެ ބަހުގެ ހަމަލާތަކެއް އަލީ އާޒިމްއަށް އަމާޒްކޮށްފައި މިވަނީ އިކޮނަމިކް މިނިސްޓަރ ކަމުގެ މަގާމުގައި ހުންނެވި އިބްރާހިމް އިސްމާއީލްގެ ކޮށްކޮ ފައްޔާޒް އިސްމާއީލްގެ އިތުބާރު ނެތް ކަމުގެ މައްސަލައެއް މަޖިލީހަށް ހުށަހެޅުމަށް މަސައްކަތް ކުރަމުންދާތީއެވެ. 

މިނިސްޓަރ ފައްޔާޒް އިސްމާއީލްގެ އިތުބާރު ނެތް ކަމުގެ މައްސަލައެއް މަޖިލީހަށް ހުށަހެޅުމުގެ މަސައްކަތް ކުރެއްވުމުގައި އިސްކޮށް އުޅުއްވަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސް ރައީސް މުހައްމަދު ނަޝީދުއާއި ޕީޖީ ލީޑަރ އަލީ އާޒިމް ކަމަށް ތުހުހުމަތު ކުރެއެވެ. 

އެމްޑީޕީ ތެރޭގައި ޑީއާރްޕީ ހިންގަން އުޅެގެން ނުވާނެ ކަމަށް އިބްރާހިމް އިސްމާއީލް ވިދާޅުވުމުން އަލީ އާޒިމް ވަނީ އިބުރާއަށް ރައްދު ދެއްވާފައެވެ. 

އަލީ އާޒިމް ވިދާޅުވީ  އޭނާ އަކީ އަބަދުވެސް ޓީމަށް ކުޅެން އެނގޭ އަދި ކްލަބް ވެސް ހިންގަވަން އެނގިވަޑައިގަންނަވާ ބޭފުޅެއް ކަމަށެވެ. އަދި ކުޅެން ގެންގުޅޭ ބޯޅަ އާއި ވިކެޓް ބައި ހިފައިގެން ގެއަށް ވަޑައިނުގަންނަވާނެ ކަމަށްވެސް އާޒިމް ވިދާޅުވިއެވެ. އަދި ވިދާޅުވީ  ބަދަލު ހޯދުމުގެ ނަމުގައި ރައްޔިތުންގެ ޓެކްސް ފައިސާ އިން 200 މިލިއަން ރުފިޔާ ދަމައިގަންނަން ދުވަހަކު ވެސް ނޫޅުއްވާނެ ކަމަށެވެ. އާޒިމް އެހެން ވިދާޅުވީ އިބްރާ  މަންދު ކޮލެޖު ހިންގި އެމްއީއެސްގެ އިމާރާތް އަތުލި މައްސަލައިގައި ބަދަލު ހޯދަން ދައުވާ ކޮށްފައި ވާތީއެވެ. 

މިނިސްޓަރ ފައްޔާޒްގެ އިތުބާރު ނެތް ކަމުގެ މައްސަލައެއް މަޖިލީހަށް ހުށަހަޅަން އުޅޭ ކަމުގެ އަޑުތަކެއް ފެތުރުނު ހިސާބުން ފެށިގެން އެމްޑީޕީގެ އެތެރޭގައި ވަނީ ބޮޑު ކޯޅޫމެއް އުފެދިފައެވެ. އެގޮތުން އެމްޑީޕީގެ ޕާލަމެންޓްރީ ގުރޫޕްގެ މެމްބަރުން ގެންދަވަނީ އެއް މެމްބަރަކު އަނެއް މެމްބަރަކަށް ބަހުގެ ހަމަލާތައް ދެއްވަމުންނެވެ. އަދި އެމްޑީޕީގެ ގައުމީ މަޖިލީހުގެ ވަޓަސްއަޕް ގުރޫޕުގައި ދެކެވުނު ވާހަތަކެއްގެ ސްކްރީން ޝޮޓްތަކެއް ވެސް ވަނީ ސާޝަލް މީޑިއާގައި ލީޚްވެފައެވެ. 

މިނިސްޓަރ ފައްޔާޒް ވިދާޅުވެފައި ވަނީ އެމަނިކުފާނުގެ އިތުބާރު ނެތް ކަމުގެ މައްސަލައިގެ ސަބަބުން އެމްޑީޕީގެ ގައުމީ މަޖިލީހުގެ މެމްބަރުންގެ މެދުގައި ނުތަނަވަސްކަން އުފެދޭ ފަދަ ކަމަކަށް އެކަން ވިޔަ ނުދެއްވުމަށް އާދޭހާއިއެކު އެދިވަދައިގަންނަވާ ކަމަށެވެ. އަދި ވިދާޅުވީ އެމަނިކުފާންގެ އިތުބާރު ނެތް ކަމުގެ މައްސަލަ ތަގުދީރުގައި ލިޔެވިފައި އޮތް ގޮތަކަށް ހިނގާ ނިމިދާނެކަމަށާއި އެމަނިކުފާނުގެ ދިފާއުގައި ހެޔޮބަސް ވިދާޅުވި ބޭފުޅުންނަށް ޝުކުރު އަދާކުރައްވާކަމަށް ފައްޔާޒް ވިދާޅުވިއެވެ. އަދި ވިދާޅުވީ ސިޔާސީގޮތުން އެބަޔަަކަށް އެވަގުތެއްގައި ކުރަންޖެހޭކަމަށް ފެންނަ ކަންކަން ކުރަންޖެހޭނެ ކަމަށާއި އެކަންކަމަށް ޖާގަ އޮންނަން ޖެހޭނެ ކަމަށް ފައްޔާޒް ވިދާޅުވިއެވެ.  

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: