ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކޮވިޑް-19 އަށް އިތުރު 106 މީހުން ޕޮޒިޓިވްވެއްޖެ

ޝެއާރކޮށްލާ ކަހަލަދޯ؟

ރާއްޖެއިން ކޮވިޑް-19 އިގެ އިތުރު   106 ކޭސް ފެނިއްޖެއެވެ.

މި ހުރިހައި ކޭސްތަކަކީ ވެސް ހޮނިހިރުދުވަހުގެ ހަވީރު 18:00 އިން ފެށިގެން މިއަދު ހަވީރުގެ އެ ވަގުތާއި ހަމައަށް ފެންމަތިވެފައިވާ ޕޮޒިޓިވް ކޭސްތަކެވެ.

މި ކަން ހާމަކޮށް އެޗްޕީއެއިން މިރޭ ކުރި ޓްވީޓެއްގައި ބުނީ ކޮވިޑް-19 އަށް އިތުރު 106 މީހަކު ޕޮޒިޓިވްވެ ބަލިޖެހުނު މީހުންގެ އަދަދު 5785 އަށް އަރާފައިވާ ކަމަށެވެ. 

މި ގޮތުން އެންމެ ފަހުން ޕޮޒިޓިވްވެފައިވަނީ 79 ދިވެހިންނާއި ބަންގްލަދޭޝްގެ 21 މީހުންނާއި އިންޑިއާގެ 05 މީހުންނާއި ނޭޕާލުގެ މީހެއްކަމަށް އެޗްޕީއޭއިން ބުނެއެވެ. އޭގެތެރޭގައި ހިމެނެނީ މާލޭ ސަރަހައްދުން ފެނުނު 99 ކޭސްގެ އިތުރުން ރާއްޖޭގެ ބައެއް ރަށްރަށުން ފެނުނު 07 ކޭސްކަމަށް އެޗްޕީއޭއިން ބުނެއެވެ.

އެޗްޕީއޭގެ ތަފާސް ހިސާބުތަކުން ދައްކާގޮތުން ބަލިޖެހުނު މީހުންގެތެރެއިން އިތުރު 141 މީހުން ރަނގަޅުވެ ޖުމްލަ އަދަދުވަނީ 3349 އިތުރުވެފައެވެ. އަދި މި ވަގުތު ފަރުވާދެމުން އަންނަނީ 2414 މީހުންނަށްކަމަށާއި އޭގެތެރެއިން 146 މީހަކަށް ފަރުވާދެމުންދަނީ ހޮސްޕިޓަލުގައިކަމަށް ވެސް އެޗްޕީއޭގެ ތަފާސް ހިސާބުތަކުގައި ބުނެފައިވެއެވެ.

ރާއްޖެއިން ކޮވިޑް ޖެހުނު މީހުންގެ ޖުމްލަ ޢަދަދު މިހާރު ވަނީ 5785 އަށް އިތުރުވެފައިވާއިރު ބަލިޖެހުނު މީހުންގެތެރެއިނ 22 މީހަކު ވަނީ ނިޔާވެފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: