ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކޮވިޑުގެ އޮޑިޓް ރިޕޯޓުތައް ލިބުނުހާ އަވަހަކަށް ފިޔަވަޅުތައް އަޅާނަން: ރައީސް

ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަނީ/ ފޮޓޯ: ރައީސް އޮފީސް
ޝެއާރކޮށްލާ ކަހަލަދޯ؟

 ކޮވިޑުގެ ބަލިމަޑުކަމުގެ ތެރޭގައި ވެންޓިލޭޓަރު ހޯދަން ހެލްތު މިނިސްޓްރީން ހިންގި މުއާމަލާތުތަކުގައި ހިންގާފައިވާ ސުވާލު އުފެދޭ ކަންކަން ބަލައި އަޅަންޖެހޭ ފިޔަވަޅު އެޅުމާއި، އަދި ޓޫރިޒަމް މިނިސްޓްރީގެ އޮޑިޓު ރިޕޯޓުން ވެސް ފާހަގަކުރެވޭ ކަންތައް ބައްލަވާނެކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެއެވެ.

ސަންގުން ދެންނެވި ސުވާލަކަށް ޖަވާބު ދެއްވަމުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވީ އެމަނިކުފަނަށް ރިޕޯޓު ލިބުނުހާ އަވަހަކަށް އޭގައިވާ ކަންތައްތަކަށް އަޅަންޖެހޭ ފިޔަވަޅުތައް އަޅުއްވާނެ ކަމަށެވެ.

މީގެ އިތުރުން ސަރުކާރުގެ ތަރުޖަމާނު އިބްރާހިމް ހޫދު ވެސް ވިދާޅުވީ އޮޑިޓު ރިޕޯޓު ރައީސް އޮފީހަށް ރަސްމީކޮށް ލިބޭނީ މާދަމާ ކަމަށެވެ. އެއަށްފަހު އަޅަން ޖެހޭ ފިޔަވަޅުތައް އަޅާނެކަމަށް ހޫދު ވިދާޅުވިއެވެ. އަދި ވިދާޅުވީ އެއީ ކޮންމެ މީހަކަށް ވެސް ފިޔަވަޅެއް އެޅުމަށް ފަހެއް ނުޖޭހޭނެ ކަމަށެވެ.”

މާލިއްޔަތު ގާނޫނާއި ހިލާފަށް އެޑްވާންސް ޕޭމަންޓް ގެރެންޓީއަކާނުލައި ހެލްތް މިނިސްޓްރީއިން ވެންޓިލޭޓަރުތަކަށް 30.9 މިލިއަން ރުފިޔާ ދުބާއީގެ އެގްޒެކިއުޓާ ޖެނަރަލް ޓްރޭޑަށް ދައްކާފައިވާކަމަށް އޮޑިޓް ރިޕޯޓުން ވަނީ ހާމަވެފައެވެ. މިދިޔަ މޭއި މަހުގެ ތެރޭގައި ލިބޭނެކަމަށް ބުނި ވެންޓިލޭޓަރުތައް އޮގަސްޓު މަސް ފެށުނުއިރު ވެސް ރާއްޖެއާއި ހަމައަށް އައިސްފައި ނުވާއިރު އޮޑިޓު ރިޕޯޓުގައި ބުނެފައިވާ ގޮތުން، ދުބާއީ ކުންފުނީގެ ސައްހަކަން ހެލްތް މިނިސްޓްރީއިން އެއްވެސް ވަރަކަށް ބަލާފައި ނުވެއެވެ.

މީގެ އިތުރުން، އެ ވެންޓިލޭޓަރުތަކަކީ ވޯލްޑް ހެލްތް އޯގަނައިޒޭޝަން ޑަބްލިއުއެޗްއޯގެ ރެކޮމެންޑޭޝަންއެއްކަމަށް ބުނާއިރު، އޭގައި އެއްވެސް ހަގީގަތެއް ނެތްކަމަށް އޮޑިޓް ރިޕޯޓުގައި ވަނީ ބުނެފައެވެ. އަދި ވެންޓިލޭޓަރުތައް ގެނައުމަށް ކުރި މަސައްކަތުގައި އަމަލުކޮށްފައިވަނީ މާލިއްޔަތު ގާނޫނާއި ހިލާފަށްކަމަށް ރިޕޯޓުން ދައްކައެވެ.

އެޑްވާންސް ޕޭމަންޓް ގެރެންޓީއެއް ނުހޯދައި، ޕްރޮޖެޓްގެ ޖުމްލަ އަގުގެ ބޮޑު އަދަދެއް އެޑްވާންސްގެ ގޮތުގައި ދީފައިވުމުގެ ސަބަބުން، އެގްޒެކިއުޓާސްގެ ފަރާތުން މަސައްކަތް ފުރިހަމަ ނުކޮށްފިނަމަ، އެޑްވާންސްގެ ގޮތުގައި ދެއްކި ފައިސާ އަނބުރާ ހޯދުމަކީ ދަތިކަމަކަށް ވާނެކަމަށާއި ނަތީޖާއެއްގެ ގޮތުން، މާލީގޮތުން ބޮޑު ގެއްލުމަކަށް ދައުލަތް ހުށަހެޅިފައި އޮތްކަމަށް އޮޑިޓު ރިޕޯޓުގައި ވަނީ ބުނެފައެވެ.

މީގެ އިތުރުން ޓޫރިޒަމް މިނިސްޓްރީން ވެސް، މެންޑޭޓުން ބޭރުން ހަރަދުތަކެއް ކުރިކަން އޮޑިޓުން ވަނީ ހާމަވެފައެވެ. ފެސިލިޓީތައް ހެދުމާއި އަދި އެ ނޫންވެސް މަސައްކަތްތަކުގައި އަމަލުކޮށްފައިވަނީ ޑިޒާސްޓާރ މެނޭޖްމެންޓު އޮތޯރިޓީން އެދިފައިވާ ގޮތަށް ނޫންކަމަށް ވަނީ ބުނެފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: