ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެއީ ކޮންކަހަލަ އިޙުސާސެއް!

ޝެއާރކޮށްލާ ކަހަލަދޯ؟

”އެއީ ޠަބީޢަތުގައި ހުންނަ ގޮތެވެ.” މިހެން ބުނެފައި ސަލާމަތުގެ އައްސޭރިއަށް ދެވިދާނެހެއްޔެވެ. ހަޔާތުގައި ތިމާ ޢަޒުމު ކަނޑައެޅި ލަނޑުދަނޑިއަށް ވާސިލުވެވިދާނެ ހެއްޔެވެ. ހާސިލުމުރާދު ފުދިދާނެހެއްޔެވެ.

އަޖާއިބެކެވެ. ދުނިޔެއަކީ ފާޑެއްގެ އެއްޗެކެވެ. އެކި ފަހަރު ދައްކަނީ އެކި ކުލައެވެ. އެކި ފަހަރު ލިބިދެނީ އެކި ރަހައެވެ. އާނއެކޭ ދުނިޔެ ހިނގަނީ ތޮށަލި ދުޅައަކަށެވެ. ކަން މިހެން ހުރިއިރު ހަޔާތުގެ މައިދާނުގައި ތަފާތު ހަމަލާތަކާއި ކުރިމަތިލާންޖެހެއެވެ. ދުރާއި ގާތުން ތުރާތައް އައުދެއެވެ. ދެން ފަހެ ބަލަންވީ ހަފަރާތުން އަންނަ ތުރާތައް ގިރާކޮށް މުރާދު ހާސިލުވެވޭނެ ގޮތަކީ ކޮބައިކަމެވެ.

އިންސާނުން ޚަލްޤުކުރައްވާފައިވަނީ އެކި ސިފަސިފައިގައެވެ. އެކި ގޮތަށެވެ. އެކި ކުލައަށެވެ. ނަމަވެސް މި ތަފާތުތަކަށް ދޫނުކުރާ ތަފާތުތަކަކީ އެ މީހެއްގެ ގައިގާ ހުންނަ އިޙުސާސްތަކެވެ. މި އިޙުސާސްތަކާއެކު އެކި މީހުންގެ އުޅުން ހުންނަނީ އެކި ގޮތަށެވެ. އެއީ ލޯތްބެވެ. އެއީ އުފަލެވެ. އެއީ ހިތާމައެވެ. އެއީ މަޖަލެވެ. އެއީ ރުޅިއެވެ.

މި އިޙުސާސްތައް އެކި މީހުންގެ ކިބައިގާ އެކި މިންވަރަށް މަސައްކަތްކުރާއިރު އޭގެތެރެއިން ވިސްނައިލަންޖެހޭ އިޙުސާސެއް އެބަވެއެވެ. އޭގެ މާނައަކީ ދެން ހުރި އިޙުސާސްތައް އުތުރިއަރައިދާއިރު ތިމާގެ ނަފުސު މަތަނުކުރާށެކޭ ނޫނެވެ. އެހެނަސް މި ފާހަގަކުރާ އިޙުސާސަކީ އެ އިޙުސާސް ހަށިގަނޑުގެތެރޭގައި އުތުރިއަރައިގަތުމުން ކޮންމެހެން ވެސް ނަފުސު ހަލާކަށް ވައްޓައިނުލާ މައިތިިރިކުރަންޖެހޭ އިޙުސާސެވެ. އާނއެކެވެ. އެއީ ރުޅިއެވެ.

ރުޅިއަކީ ހުރިހައި ފިތުނަފަސާދައެއްގެ އަސްލެވެ. ރުޅި އައިސް ތިބާ ޝިކާރަކޮށްލިޔަ ނުދޭށެވެ. ތިބާ ތިބާގެ ރުޅި ޝިކާރަކޮށްލާށެވެ. އެގޮތީ ރުޅި އިންސާނާގެ މައްޗަށް ގަދަވެގެންފިނަމަ ދެން އެއްވެސް ކުރެވޭކަމެއް ރަނގަޅެއް ނުވާނެއެވެ. އަދި ކިއެއްތަ! ފިކުރާއި ޚިޔާލާތާއި ވިސްނުން ބޮއްސުންލައިފާނެއެވެ.

ހަމަ ކަށަވަރެވެ. އިސްވެ ފާހަގަކުރި ފަދައިން ދުނިޔެ ދައްކާނީ އެކި ކުލައެވެ. އެހެންކަމަށްވުމުން ހިތްއެދޭ ކަންކަމާއި ހިތްނޭދޭ ކަންކަން އަންނާނެއެވެ. ނުރުހުމާއި ނޭއްގާނިކަން ވެސް އަންނާނެއެވެ. ނުޤަބޫލާއި އިދިކީލިކަން ވެސް ފެންނާނެއެވެ. ނުދަތުމާއި ނަހަމަގޮތް ވެސް ފެންނާނެއެވެ. އެހެނީ ދުނިޔޭގައި އުޅޭނީ އެކި ކަހަލަ މީހުންނެވެ.

ހަމަގައިމު ވެސް ތިބާއަކަށް އެންމެން ރަނގަޅެއް ވެސް ނުކުރެވޭނެއެވެ. އެންމެން ރުއްސައިގެނެެއް ވެސް ނުގެންގުޅެވޭނެއެވެ. ހާލަތު މިހެން ހުރިއިރު އެކި އިންސާނުންގެ ފަރާތުން ރުޅި އަންނަ ކަންކަން ދިމާވުމީ ދުނިޔޭގެ ޤާނޫނެވެ. ދުނިޔޭގެ އާދައެވެ. އެކަމާ ތިބާ ނުވިސްނާށެވެ. ފަހެ އެއީ ވެސް އިންސާނެކެވެ. ތިއީ ވެސް އިންސާނެކެވެ.

ވީމާ ތިމާގެ ކަންކަން ތިމާ ރަނގަޅުކުރާށެވެ. ފުރަތަމަ ތިމާއެވެ. ދެން އެހެން މީހުންނެވެ. ރުޅި މަތަކުރާށެވެ. ކޮންމެކަމެއްކޮށްފައި ޠަބީޢަތުގައި ހުރިގޮތޭ ނުބުނާށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: