ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އުންމީދުގެ ހުޅުކޮޅު ނިއްވައިނުލާށެވެ!

ޝެއާރކޮށްލާ ކަހަލަދޯ؟

އުންމީދު ގެ އަލިކަން އެ ގެނައި ކުޑަކުޑަ ސިއްރުން އުންމީދު އުފައްދައިފިޔެ މުޅި ދޭހަށަ ރަމްޒުން: އިބްރާހިމް ޝިހާބް

އާދޭހެވެ. އުންމީދަކީ ވަރަށް ވެސް ބޮޑު އެއްޗެކެވެ. އަޅުގަނޑު އިސްވެ މި ބަޔާންކުރި އަލްމަރުޙޫމުލް އުސްތާޛު އިބްރާހިމް ޝިހާބުގެ އެންމެ ބައިތަކުން ވެސް އެކަން ހާސާ(ހާމަ) ވެއްޖެއެވެ. ތެދެކެވެ. އެ ބައިތުގައިވާ ބީދައިން އުންމީދުގެ އަލިކަމުގެތެރެއިން އަންނަ ކުޑަކުޑަ ކަމަކުން ވެސް އެތައް ހާސް އުންމީދެއް އުފެދިދާނެެއެވެ.

ޒަމާނަށް ލޯހުޅުވައިލައި ކަމާބަހާއި ހުރިމަގު ދެނެގަނެގެން އިންސާނާ ހިނގައިގަންނަނީ ވަރަށް ވެސް ފޮނިފޮނި އުންމީދުތަކަކާއި އެކީގައެވެ. ދުނިޔެއަށް އުފަންވީއްސުރެ އިންސާނާ އަންނަނީ އެތަކެއް އުންމީދަކާއިގެންނެވެ. އިންސާނާގެ ޅަފުރާއިން ޒުވާންފުރާއަށް ޒުވާންފުރާއިން ދެވަންފުރާއަށް އަދި ކީއްތަ ދެވަންފުރާއިން  މުސްކުޅިފުރާއަށް ވާސިލުވިޔަސް އެ އުންމީދުތައް އާލާވެ ހުރެއެވެ. ނަމަވެސް އެއިން އުންމީދެއް ހާސިލުވަނީ މަދުފަހަރަކުއެވެ. މަދު ބަޔަކަށެވެ.

މިހައި ހިސާބުން ބަލައިލަން މި ޖެހެނީ އިންސާނާކުރާ އުންމީދުތައް ނުވަތަ ދެކޭ ހުވަފެންތައް ޙަޤީޤަތަކަށް ހަދައިދިނުމުގައި އަނެކާގެ ހިއްސާ އޮންނަންޖެހެނީ ކިހާވަރަކަށް ކަމެވެ. އާދޭހެވެ. އެކަކު ކުރާ އުންމީދުތަކަށް ޙަޤީޤީ ސިފަ ގެނައުމަށްޓަކައި އަނެކާގެ ހިއްސާއަކީ ވަރަށް ބޮޑު އެއްޗެކެވެ. މި ގޮތުން ބަލާއިރު ތުއްތު ދަރިފުޅުގެ އުންމީދުތަކުގައި ކުލަ ޖައްސައިދޭން މައިންބަފައިން މަސައްކަތްކުރަނީ އެހެންވެގެންނޫންތޯއެވެ. އާޝިގާގެ އުންމީދުތަކަށް އަސްލު ސިފަ ގެންނަން އާޝިގު މަސައްކަތްކުރަނީ ވެސް އެހެންވެގެންނޫންތޯއެވެ. އަނބިމީހާގެ އުންމީދަށް އަލިކަން ގެނެސްދޭން ފިރިމީހާ މަސައްކަތްކުރަނީ ވެސް އެހެންވެގެންނޫންތޯއެވެ. ދަރިވަރުގެ އުންމީދުތައް ހާސިލުކޮށްދޭން މުދައްރިސް މަސައްކަތް ކުރަނީ ވެސް އެހެންވެގެންނޫންތޯއެވެ. ރައްޔިތުންގެ އުންމީދުތައް ޙަޤީޤަތަކަށް ހައްދަވައިދެއްވަން ވަލިއްޔުލްއަމްރު މަސައްކަތްޕުޅުކުރައްވަނީ ވެސް އެހެންވެގެންނޫންތޯއެވެ.

ނަމަވެސް މި ކަންކަން އިދިކޮޅަށް ޖެހިއްޖެނަމަ އެ އަންނަނީ އަޅުގަނޑު ކުރިން ބުނި ވާހަކައެވެ. އުންމީދުގެ ހުޅުކޮޅު ނިއްވައިލުމަށް އެނގިހުރެ ވެސް ނުވަތަ ނޭނގި ހުރެވެސް ފެންޖަހައިލުމުން ވާގޮތޭތޯއެވެ. މައިމީހާ ނުވަތަ ބަފައިމީހާ ދަރިފުޅުގެ ކުރިއެރުމަށް ހުރަސްއެޅޭފަދަ ކަންކަންކުރާނަމަ ދެންވާނެ ގޮތޭތޯއެވެ. އާޝިގު އާޝިޤާގެ ހިތްފުރާލަދީ ވަޢުދާއި އަހުދުތައްކޮށް އެ ކަންކަން ފުނޑުފުނޑުކޮށްލީމާ ވާގޮތޭތޯއެވެ. އަނބިމީހާގެ ޙައްޤުތަކަށް އިހުމާލުވެ ފަރުވާކުޑަކޮށްލައިފިނަމަ އަނބިމީހާގެ އުންމީދުތަކަށް ވާގޮތޭތޯއެވެ. ދަރިވަރާމެދު މުދައްރިސް ހަރުކަށިވެއްޖެނަމަ އެ ދަރިވަރުގެ މުސްތަޤުބަލަށް ވާގޮތޭތޯއެވެ. ރައްޔިތުންނަށް އުންމީދުއާކޮށްދެއްވައި ޤައުމު ހަމަމަގަށް އަޅުވާނަމޭ ވިދާޅުވެ ރައްޔިތުންގެ މަތިން ވަލިއްޔުލްއަމްރު ހަނދުމަފުޅުނެތްނަމަ ޤައުމަށް ވާގޮތޭތޯއެވެ.

އެހެންކަމަށްވުމުން އުންމީދު އައުކޮށްދީފައި އެ ކަން މަތިން ހަނދާންނައްތައި ނުލައްވައްޗެވެ. ފަރުވާކުޑަ ނުކުރައްވައްޗެވެ. ކޮންމެ މީހަކު ވެސް އަނެކާގެ އުންމީދުގެ ހުޅުކޮޅު ނިވުނަނުދީވޭތޯ މަސައްކަތްކޮށް އެ ހުޅުކޮޅުން އޭނާއަށް އަލިކޮށްދީ ހިނގާނެ މަގު ތަނަވަސްކޮށްދެއްވައްޗެވެ. ނޭނގިހުރެ ވެސް އެނގިހުރެ ވެސްއުންމީދުގެ ހުޅުކޮޅު ނިއްވައިލަން މަސައްކަތްނުކުރައްވައްޗެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 100%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: