ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރައީސް ނަޝީދަކީ ކޮރޮޕްޝަނަށް ހުޅިފައިވާ ދޮރުތައް ބަންދު ކުރުމަށް މަސައްކަތް ކުރައްވާ ބޭފުޅެއް: އާދަމް ޝަރީފް

މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް އުމަރު: ފައިލް ފޮޓޯ
ޝެއާރކޮށްލާ ކަހަލަދޯ؟

ރައްޔިތުންގެ މަޖިލީހުގެ ރައީސް ރައީސް މުހައްމަދު ނަޝީދުއަކީ ކޮރޮޕްޝަނަށް ހުޅުވިފައިވާ ދޮރުތައް ބަންދު ކުރުމަށް ވަރަށް ހީވާގި ކަމާއިއެކު މަސައްކަތް ކުރައްވާ ލީޑަރެއް ކަމަށް އިދިކޮޅު ޕީއެންސީގެ ޕާލަމެންޓްރީ ގުރޫޕްގެ ލީޑަރ އަދި މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް އުމުރު ވިދާޅުވެއްޖެއެވެ.

އާދަމް ޝަރީފް މިފަދައިން ވިދާޅުވީ ކޮރަޕްޝަން މަދު ކުރުމަށާއި އެފަދަ ހިޔާނާތްތަކުގައި ޒިންމާވާ ފަރާތްތަކާ މެދު އަވަހަށް ފިޔަވަޅުތައް އެޅުމަށް ގޮވާލާ އޭނާ މަޖިލީހަށް ހުށަހެޅުއްވި ކުއްލި މައްސަލައަށް ވާހަކަފުޅު ދައްކަވަމުންނެވެ.

އެގޮތުން އާދަމް ޝަރީފް ވިދާޅުވީ ރައީސް ނަޝީދަކީ ކޮރޮޕްޝަން ހުއްޓުވުމަށް ވަރަށް ހީވާގި ކަމާއިއެކު މަސައްކަތްޕުޅު ކުރައްވާ ބޭފުޅެއް ކަމަށާއި އެކަމުގެ ހެއްކަކީ ކޮރޮޕްޝަނާއި ދެކޮޅަށް އޭނާ މަޖިލީހަށް ހުށަހެޅި ކުއްލި މައްސަލަ ބަލައިގަތުން ކަމަށް އާދަމް ޝަރީފް އުމަރު ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ސަރުކާރުގެ އެކިއެކި މުއައްސަސާތަކުގެ ތެރޭގައި އިންތިހާއަށް ކޮރޮޕްޝަން އެކުލެވިފައި ވީނަމަވެސް ރައްހިތުންގެ މަޖިލީސް އޮތީ ކޮރޮޕްޝަނާއި ދެކޮޅަށް ކަމަށަށް ވިދާޅުވިއެވެ.

ކޮވިޑާއި ގުޅިގެން އޮޑިޓަރ ޖެނެރަލް ނެރުއްވާފައިވާ ހެލްތް މިނިސްޓްރީއާއި އަދި ޓޫރިޒަމް މިނިސްޓްރީގެ އޮޑިޓް ރިޕޯޓުތަކުގައިވާ މައްސަލަތަކަކީ ވަަރަށް ސީރިޔަސް މައްސަލަތަކެއް ކަމަށާއި އެ މައްސަލަތަކަކީ އަވަހަށް ތަހުގީގުކޮށް ފިޔަވަޅު އަޅަން ޖެހޭ މައްސަލަ ތަކެއް ކަމަށް އާދަމް ޝަރީފް އުމަރު ވިދާޅުވިއެވެ.

އާދަމް ޝަރީފް ވިދާޅުވީ އޮޑިޓަރ ޖެނެރަލް ނެރުއްވާފައިވާ ރިޕޯޓުތަކާއި އަދި މަޖިލީހުގެ ކޮމެޓީގައި އޮޑިޓަރ ޖެނެރަލް ދެއްކެވި ވާހަތަކަށް ބަލާއިރު ގާނޫނުތަކާއި ގަވާއިދުތައް ހުރި ގޮތުން އަދި ވެސް ކޮރޮޕްޝަންގެ އަމަލުތައް ހިންގުމަށް ޖާގަ ލިބިގެންދާ ކަމަށެވެ.

އެގޮތުން މުއައްސަސާތަކުގެ ވެރިން ކޮރޮޕްޝަންގެ އަމަލުތަކުން ކުޑަކޮށް ދުރަށް ޖެހިލުމަށް ފަހު ދެން ފެންނަނީ އިސްވެރިންގެ ދަށުން މަސައްކަތް ކުރަން ތިބޭ މީހުން ގަވާއިދުތަކުގައިވާ ހަނި ދޭތެރެތައް ބޭނުން ކޮށްގެން ކޮރޮޕްޝަންގެ އަމަލުތައް ހިންގާ މަންޒަރު ކަމަށެވެ. އެހެން ކަމުން މިފަދަ ކަންކަން ނުކުރެވޭނެ ގޮތަށް ގަވާއިދުތަކަށް ބަދަލު ގެންނަން ޖެހޭ ކަމަށް އާދަމް ޝަރީފް އުމަރު ވިދާޅުވިއެވެ.

އާދަމް ޝަރީފް ހުށަހެޅުއްވި މައްސަލާގައި ބުނީ ކޮވިޑާއި ގުޅިގެން ރައްޔިތުން ހާލުގައި ޖެހިފައިވަނިކޮށް ދައުލަތުގެ ސިއްހީ ވުޒާރާ އާއި ފަތުރުވެރިކަމާ ބެހޭ ވުޒާރާގެ ތެރޭގައި ކޮރަޕްޝަންގެ އަމަލުތަކެއް ހިންގައި، އޮޑިޓް ރިޕޯޓުތަކުން ބޮޑެތި ހިޔާނާތުގެ މައްސަލަތައް ފެންމަތިވެ، ރައްޔިތުންގެ ކަންބޮޑުވުންތައް އިންތިހާ އަށް އިތުރުވެފައިވާ ކަމަށެވެ.

ކޮވިޑްގެ ކަންކަން އިންތިޒާމު ކުރުމަށް ބޭނުންވާ ވެންޓިލޭޓަރާއި މާސްކު ފަދަ ތަކެތި ހޯދުމުގެ ނަމުގައި ސަރުކާރުގެ ވުޒާރާތަކުން ހިންގާފައިވާ އެތައް މިލިއަން ރުފިޔާގެ ހިޔާނާތާއި، މާލިއްޔަތު ގާނޫނާއި ގަވާއިދާ ހިލާފަށް ހިންގާފައިވާ މުއާމަލާތްތަކާއި ބޮޑެތި އަދަދުތަކުން މާލީ ވުޒާރާއިން ފައިސާ ދޫކުރަމުންދިޔައިރު އެ މުއާމަލާތް ކުރަމުންދަނީ ގާނޫނާއި ގަވާއިދާ އެއްގޮތަށްކަން ސަރުކާރުގެ ވުޒާރާތަކުން ބަލާފައި ނުވާ ކަމަށްވެސް ބުނެފައިވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: