ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

” ވަގުން ހިފާނަން، މިކުރަނީ އެކަަން “: ޔައުޤޫބު

Dhaandhoo MP Yaugoob Abdulla
ދާންދޫ ދާއިރާގެ މެންބަރު، ޔައުޤޫބު އަބްދުﷲ ޕޮޓޯ: މަޖިލިސް
ޝެއާރކޮށްލާ ކަހަލަދޯ؟

ރައްޔިތުން މަޖިލީހުގެ ދާންދޫ ދާއިރާގެ މެންބަރު ޔައުޤޫބު އަބުދުﷲ، މަޖިލިސް އިންތިހާބުގެ ކުރިން ބޭއްވި ކެނޑިޑޭޓުންގެ ބަހުސްގައި އޭނާ އަކީ އޮޑިޓަރެއް ކަމަށާއި، މަޖިލީހަށް ކުރިމަތި ލެއްވީ ވަގުން ހިފާނެ ގޮތް އެނގިހުރެ، ވަގުން ހިފުމަށް ކަމަށް ވިދާޅުވި ވާހަކަ އަށް ސޯޝަލް މީޑިއާގައި ފާޑު ކިޔަމުން ދަނިކޮށް އެ ވާހަކަ ތަކަށް އޭނާ ރައްދު ދެއްވައިފިއެވެ.

ޔައުޤޫބު އަތުލިޔުމުން ލިޔުއްވާ ޓުވިޓަރ އަށް ދޫކޮށްލެއްވި ނޯޓުގައި ވިދާޅުވީ އޭނާ އަކީ އޮޑިޓަރެއް ކަމަށާއި ވަގުން ހިފާނެ ކަމަށެވެ. ހުވަދޫ ބަހުން ޔައުޤޫބު ލިޔުއްވި ލިޔުމުގައި ވިދާޅުވީ ” ވަގުން ހިފާނަން. އަދިވެސް މިކުރަނީ އެކަން. ދެންވެސް ކުރާނަން. ” މިހެންނެވެ. ބިރުގަނެ ފަހަތައް ނުޖެހޭނެ ކަމަށާއި އޭނާ އަށް އެނގިގެން ވަށްކަން ކުރިޔަ ނުދޭނެ ކަމަށް ޔައުޤޫބު ވިދާޅުވިއެވެ. ޔައުޤޫބަށް ފާޑު ކިޔަން ފަށާފައިވަނީ ކޯވިޑު19އާ ގުޅިގެން ހެލްތު މިނިސްޓްރީ އާއި ޓޫރިޒަމް މިނިސްޓްރީ އިން ކުރި ހަރަދު ތަކުގެ އޮޑިޓުން ހިޔާނާތުގެ އެތައްކަމެއް ފެންމަތިވުމުންނެވެ.

ކޯވިޑާއި ގުޅިގެން ރާއްޖެއަށް 145 ވެންޓިލޭޓަރު ގެންނަން ތިން ކުންފުންޏަކާ ހަވާލު ކުރިއިރު، އޭގެ ތެރެއިން އެންމެ ބޮޑު ކޮރަޕްޝަނެއް ހިންގައިފައިވަނީ 75 ވެންޓިލޭޓަރު ގެންނަން ދުބާއީގެ ކުންފުންޏަކާ ހަވާލުކުރުމުގެ ކަންތަކުގައެވެ. ހެލްތު މިނިސްޓްރީ އިން ބުނި ގޮތުން އެކުންފުންޏާ ވެންޓިލޭޓަރު ގެންނަން ހަވާލު ކުރީ ޑަބްލިއުއެޗްއޯގެ ލަފާގެ މަތިންނެވެ. ނަމަވެސް އެ ކުންފުންޏަކީ ޑަބްލިއުއެޗްއޯ އިން ރިކޮމެންޑް ކުރި ކުންފުންޏެއް ނޫން ކަމަށް އެ ޖަމިއްޔާއިން ބުނެފައިވާ ކަމަށް އޮޑިޓު ރިޕޯރޓުގައި ފާހަގަ ކޮށްފައިވެއެވެ. ރާއްޖެ އަށް ގެނެސްފައިވަނީވެސް އޯރޑަރު ކުރި ވެންޓިލޭޓަރު ތަކެއް ނޫން ކަމަށާއި، އެއީ ފެންވަރުދަށް އަދި އަގު ބޮޑު ވެންޓިލޭޓާރު ތަކެއް ކަމަށްވެސް ފާހަގަ ކޮށްފައިވެއެވެ.

އެމްޑީޕީގެ ޓިކެޓުގައި ޔައުޤޫބު މަޖިލީހަށް ވަޑައިގަތީ ވަގުން ހިފާނެ ކަމަށް ވިދާޅުވެ ނަމަވެސް، އޭނާ ތަމްސީލު ކުރައްވާ ޕާރޓީ އިން ވެރިކަން ކުރާ މައި ޕާރޓީގެ ގޮތުގައި އޮށްވައި ސަރުކާރުގެ ތެރެއިން ހިންގި ވަށްކަންތަކާއި ގުޅިގެން އެމްޑީޕީއާއި ސަރުކާރަށް ދަނީ ބޮޑެތި ފާޑު ކިޔުން ތަކެއް އަމާޒު ވަމުންނެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 100%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: