ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކޮވިޑު ޖެހިގެން ފަރުވާދެމުން ދިޔަ ބިދޭސީއެއް ނިޔާވެއްޖެ

މާލޭގައި އަނެއްކާވެސް ކޮވިޑު ފެތުރުން ވަނީ އިތުރުވެފައި/ ފޮޓޯ: ސޯޝަލް މީޑިއާ
ޝެއާރކޮށްލާ ކަހަލަދޯ؟

ކޮވިޑު ޖެހިގެން ފަރުވާ ދެމުންދިޔަ ބިދޭސީއެއް ނިޔާވެފައިވާކަމަށް ހެލްތް ޕްރޮޓެކްޝަން އޭޖެންސީން ހާމަކޮށްފިއެވެ.

ނިޔާވެފައިވަނީ އުމުރުން 62 އަހަރުގެ ބަންގްލަދޭޝްގެ މީހަކެވެ. އަދި އޭނާ ނިޔާވެފައިވަނީ ދަރުމަވަންތަ ހޮސްޕިޓަލުގެ ޑީއެޗް-11 ގައި ފަރުވާ ދެމުން ދިޔަ މީހެކެވެ.

އެޗްޕީއޭއިން ބުނެފައިވަނީ ބިދޭސީ މީހާ ކޮވިޑަށް ޕޮޒިޓިވްކަން އެނގިފައިވަނީ މި މަހުގެ 16 ގައި ކަމަށެވެ.

ރާއްޖޭގައި ކޮވިޑަށް ޕޮޒިޓިވްވާ މީހުންގެ އަދަދުތައް ވަނީ، ލަފާ ކުރި އަދަދުތަކަށް ވުރެ މައްޗަށް އަރާފައެވެ. ވޭތުވެދިޔަ 24 ގަޑިިއިރުގެ ތެރޭގައި ވެސް ކޮވިޑަށް ޕޮޒިޓިވް ވި މީހުންގެ އަދަދު 190 އިން މައްޗަށް އަރައެވެ.

މާލެ ސިޓީގައި ކޮވިޑު ވަރަށް ބޮޑަށް ފެތުރިފައިވާއިރު، ފަހަކަށް އައިސް ކޮވިޑަށް ޕޮޒިޓިވްވާ މީހުންގެ ތެރޭގައި ގިނައީ އެއްވެސް ކްލަސްޓައަކާއި ގުޅުމެއް ނެތް އިންޓިޕެންޑެންޓް ކޭސްތަކެވެ. ނުވަތަ ބަލި އެރީ ކާކުގެ ފަރާތުންކަން ނޭނގޭ ކޭސްތަކެވެ. އަދި މިކަމުގެ ކަންބޮޑުވުންތައް ހެލްތް އިމަޖެންސީ އޮޕަރޭޝަންސް ސެންޓަރުން ވެސް ވަނީ ހިއްސާކޮށްފައެވެ. ހާއްސަކޮށް، ޕޮޒިޓިވްވާ ގިނަ މީހުންގެ މޫވްމެންޓުތައް ގިނަވުމާއި، އާއްމުން ގިނައިން އެއްވާ ތަންތަނަށް ދިއުން އަދި ޕާޓީތައް ބޭއްވުމާއި މަސް ދަތުރު ދިއުން ފާހަގަކުރެވެއެވެ.

އެންމެ ފަހުން ވެސް ފެނުނު ޕޮޒިޓިވް ކޭސްތަކަށް ބަލާއިރު، ކޮންޓެކްޓްސްތައް ގިނަވެފައި މޫވްމެންޓުތައް ވެސް ގިނަ ކަމަށް އެޗްއީއޯސީން ވަނީ ބުނެފައެވެ. އަދި މިހާރަކަށް އައިސް ފެންނަ ކޭސްތަކުގެ ކޮންޓެކްޓްސްތައް ގިނައިން ފާހަގަވަނީ ވެސް އޮފީސްތަކުން ކަމަށް ބުނެފައިވެއެވެ.

ކުރިޔަށް އޮތްތަނުގައި ރާއްޖޭގެ ހާލަތު ގޯސްވެދާނެކަމަށް، ކޮވިޑަށް ތައްޔާރުކޮށްފައިވާ ޕްރޮޖެކްޝަންއިން ދައްކައެވެ. އެ އަދަދުތައް ދައްކާގޮތުން ޑިސެމްބަރު މަހާއި ހަމައަށް ވެސް ބަލި ކޮންޓްރޯލް ނުކުރެވި ގޮސްދާނެއެވެ. އަދި އޭގައި ވާ ގޮތުން އެންމެ ގިނަ އަދަދެއްގެ ޕޮޒިޓިވް ކޭސްތައް ފެންނާނެކަމަށް ލަފާކޮށްފައި ވަނީ މި މަހުގެ ތެރޭގައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: