ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރައީސް ޔާމީން މިނިވަން ކުރޭ، ނޫނީ ހޯމަ ދުވަހު އިމްރާންގެ އިތުބާރު ނެތްކަމަށް ހުށަހަޅާނަން: ޖާބިރު

ޑީއާރުޕީއާއި ޕީޕީއެމް އެކުގައި މަސައްކަތް ކުރުމަށް ބޭއްވި މަޝްވަރާ ބައްދަލުވުމުގެ ތެރެއިން: ފޮޓޯ ޕީޕީއެމް
ޝެއާރކޮށްލާ ކަހަލަދޯ؟

މަނީ ލޯންޑްރިންގެ ކުށުގައި ފަސް އަހަރުގެ ޖަލު ހުކުމެއް އިއްވާފައިވާ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމަށް ވެސް ހަމަހަމަ ފުރުސަތު ލިބެންޖެހޭ ކަމަށާއި، ހައްގުތަކަށް ހުރަސް އަޅާނަމަ ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ވައްދާނެކަމަށް ޑީއާރުޕީން ބުނެފިއެވެ.

ޑިއާރުޕީއިން އިމްރާންގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ވައްދާނެކަމަށް ވިދާޅުވިއިރު އެ ޕާޓީން ދަނީ އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަނާއި ގުޅިގެން މަސައްކަތް ކުރަމުންނެވެ. ޑިއާރުޕީން މިއަދުކޮށްފައިވާ ޓްވީޓެއްގައި ބުނެފައިވަނީ ޖަލުގައި އެންމެނަށް ވެސް އަމަލު ކުރަންޖެހޭނީ އެއް ހަމަޔަކުން ކަމަށެވެ. އެހެން ނަމަވެސް ރައީސް ޔާމީނާއި މެދު ތަފާތު ކުރުން ގެންގުޅޭތީ އިމްރާނަށް އިތުބާރު ގެއްލިފައިވާ ކަމަށެވެ. އެހެން ކަމުން ސުޕްރީމް ކޯޓުން ވަކި ގޮތެއް އަންގަންދެން ރައީސް ޔާމީން ގެއަށް ބަދަލު ކުރަން ޖެހޭ ކަމަށް ޑީއާރުޕީން ވަނީ ބުނެފައެވެ.

މިގޮތަށް އަމަލު ނުކޮށްފިނަމަ އިމްރާންގެ މައްސަލަ މަޖިލީހަށް ހޯމަ ދުވަހު ހުށަހަޅާނެ ކަމަށާއި، މަޝްވަރާއަށް ވެސް ތައްޔާރުކަމަށް އެ ޕާޓީން ވަނީ ބުނެފައެވެ.

މިދިޔަ މާޗު މަހުން ފެށިގެން ރައީސް ޔާމީނަށް، އެމަނިކުފާނުގެ ލޯޔަރުންނާއި ބައްދަލު ކުރުމުގެ ފުރުސަތެއް ލިބިފައި ނުވެއެވެ. އެ މައްސަލައިގައި ގާނޫނީ ވަކީލުން ތަކުރާރުކޮށް ބުނަމުންދަނީ، ރައީސް ޔާމީނަށް ލިބިގެންވާ ހައްގުތަކަށް ހުރަސްއަޅަމުން ގެންދަނީ ހޯމް މިނިސްޓަރު އިމްރާން އާއި، ކަރެކްޝަންސްއިން ކަމަށެވެ.

ހައިކޯޓުގައި ކުރިޔަށްދާ ރައީސް ޔާމީންގެ އިސްތިއުނާފު މައްސަލައިގެ އަޑުއެހުމުގައި، ކޯޓުން ވަނީ ރައީސް ޔާމީނަށް ވަކީލުންގެ ބައްދަލުވުންތައް ހަމަޖައްސައިިނުމަށް އަންގާފައެވެ. އެހެން ނަމަވެސް މިއަދާއި ހަމަޔަށް ވެސް އެ ބައްދަލުވުންތަކަށް އެއްވެސް ފުރުސަތެއް ލިބިފައި ނުވާކަމަށް ވަކީލުން ވަނީ ބުނެފައެވެ.

ރައީސް ޔާމީންގެ މައްޗަށް މަނީ ލޯންޑްރިން އާއި، ރިޝްވަތުގެ ދައުވާތަކެއް އުފުލާ ކްރިމިނަލް ކޯޓުގައި ވަނީ އިބްތިދާއީ އަޑުއެހުން ވަނީ ބާއްވާފައެވެ. އެ މައްސަލަ ތާވަލު ކުރިއިރު ވެސް ވަކީލުންގެ ބައްދަލުވުންތައް ލިބިފައިނުވާތީ، ކޯޓުން ވަނީ ވަކީލުންގެ ބައްދަލުވުންތައް ހަމަޖެއްސުމަށް އަމުރުކޮށްފައެވެ.

ކޯޓުގެ އެންމެގުމާއި އެއްގޮތަށް ވަކީލުންގެ ބައްދަލުވުން ހަމަޖެހިފައިވާކަން އެނގުމުން، ވަކީލުން މިދިޔަ ހަފްތާގައި މަފުއްޓަށް ދަތުރުކުރުމުން ކަރެކްޝަންސްއިން ވަކީލުންނަށް އެ ފުރުސަތު ދީފައި ނުވެއެވެ. އަދި ބުނެފައިވަނީ ރަށަށް އެރުމުގެ ހުއްދަ މާފުށީ ކައުންސިލުންނާއި، ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ލިބިފައި ނުވާ ކަމަށެވެ.

މައްސަލައިގައި ރައީސް ޔާމީންގެ ވަކީލުން މީޑިއާތަކާއި ބައްދަލުކޮށް ބުނެފައިވަނީ ރައީސް ޔާމީނަށް ގާނޫނު އަސާސީން ލިބިދީފައިވާ ހައްގުތަކަށް ގަސްތުގައި ހުރަސް އަޅަމުން ގެންދާ ކަމަށެވެ. އަދި ކަމާއި ބެހޭ އިދާރާތަކާއި ބައްދަލުކޮށް ކަންބޮޑުވުން ހިއްސާ ކުރުމުން ރައީސް ޔާމީނަށް ޖަލުން ލިބޭ ހިދުމަތްތައް އިތުރު ކުރަން މަޝްވަރާކޯށްފިކަމަށް ބުނެ ހޯމް މިނިސްޓްރީން މީޑިއާއަށް ދިނީ ދޮގު މައުލޫމާތެއް ކަމަށެވެ.

ބައްދަލުވުންތައް ނުލިބޭ މައްސަލައިގައި ކޮމިޝަނާ އޮފް ޕްރިޒަންސް އަހުމަދު މުހައްމަދު ފުޅު މި މައްސަލައިގައި ވިދާޅުވެފައިވަނީ އެންމެ ފަހުން ބޭއްވި އަޑުއެހުމަށް ފަހު ވަކީލުން ރައީސް ޔާމީނާއި ބައްދަލު ކުރައްވަން އެދުމުން އެކަން ހަމަޖައްސައިދެއްވާނެ ކަން އެންގި ކަމަށެވެ. އަދި އެކަން ލިޔުމުން ވެސް ވަކީލުންނަށް ދީފައިވާނެ ކަމަށް ވިދާޅުވިއެވެ.

މި މަހުގެ 08 ވަނަ ދުވަހު ހައިކޯޓުގައި ބޭއްވި އަޑުއެހުމުގައި ވަކީލުންނާއި ބައްދަލުނުވާކަމަށް ބުނެ ކަންބޮޑުވުންފާޅު ކުރެއްވީ ރައީސް ޔާމީނެވެ. މި ވޭތުވެ ދިޔަ މުއްދަތުގެ ތެރޭގައި، ދިމާވި ހާލަތްތަކުގެ ސަބަބުން ވަކީލުންނާއި ބައްދަލު ކުރުމަށް އެއްވެސް ފުރުސަތެއް ލިބިފައިނުވާކަމުގެ ކަންބޮޑުވުންފާޅު ކުރައްވާ ރައީސް ޔާމީން ވިދާޅުވީ ވަކީލުންނާއި ބައްދަލުވަނީ 10 މިނެޓުގެ ފޯނު ކޯލަކުން ކަމަށެވެ. އަދި ވަކީލުންނާއި ސީދާ ބައްދަލުވެ އެ މަނިކުފާނު ވެސް ހިއްސާ ކުރަން ބޭނުންވާ ބައެއް ގާނޫނީ ކަންކަން ހިއްސާ ކުރުމަށް ފުރުސަތު ލިބިވަޑައި ނުގަންނަވާ ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: