ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މިއަދު ކޮވިޑަށް ޕޮޒިޓިވް ވީ 96 މީހެއް، މީގެ ތެރޭގައި 64 ދިވެހިން ހިމެނޭ!

މާލޭގައި ކޮވިޑުގެ ކޭސްތައް ދަނީ ވަރަށް ބޮޑުތަނުން އިތުރުވަމުން/ ފޮޓޯ: އަވަސް
ޝެއާރކޮށްލާ ކަހަލަދޯ؟

ރާއްޖޭގައި ކޮވިޑަށް ޕޮޒިޓިވްވާ މީހުންގެ އަދަދުތައް ވަރަށް ބޮޑަށް އިތުރުވެފައިވާ ދަނޑިވަޅެއްގައި ބައްޔަށް ޕޮޒިޓިވްވި މީހުންގެ އަދަދު 96 އަށް މިއަދު އަަރައިފިއެވެ.

މިވޭތުވެ ދިޔަ ދެ ހަފްތާއެއްހާ ދުވަހުގެ ތެރޭގައި ކޮވިޑަށް ޕޮޒިޓިވްވާ މީހުންގެ އަދަދުތައް ވަނީ ވަރަށް ބޮޑުތަނުން އިތުރުވެފައެވެ. އަދި ލޮކްޑައުންގެ ލުއިތަކަށް ފަހު، ފެންނަ ކޭސްތައް ވަނީ ވަނީ ވަރަށް ބޮޑުތަނުން މަތިވެފައެވެ.

މިއަދު ކޮވިޑަށް ޕޮޒިޓިވްވެގެން ރިޕޯޓު ކުރި މީހުންގެ ތެރޭގައި 64 ދިވެހިން ހިމެނެއެވެ. އަދި ބަންގްލަދޭޝްގެ 26 މީހަކާއި، އިންޑިއާގެ މީހެއް، އަދި ސްރީލަންކާގެ 04 މީހަކާއި، ނޭޕާލްގެ މީހެއް ވަނީ ކޮވިޑަށް ޕޮޒިޓިވްވެފައެވެ.

މާލެ ސިޓީގައި ކޮވިޑު ވަރަށް ބޮޑަށް ފެތުރިފައިވާއިރު، ފަހަކަށް އައިސް ކޮވިޑަށް ޕޮޒިޓިވްވާ މީހުންގެ ތެރޭގައި ގިނައީ އެއްވެސް ކްލަސްޓައަކާއި ގުޅުމެއް ނެތް އިންޓިޕެންޑެންޓް ކޭސްތަކެވެ. ނުވަތަ ބަލި އެރީ ކާކުގެ ފަރާތުންކަން ނޭނގޭ ކޭސްތަކެވެ. އަދި މިކަމުގެ ކަންބޮޑުވުންތައް ހެލްތް އިމަޖެންސީ އޮޕަރޭޝަންސް ސެންޓަރުން ވެސް ވަނީ ހިއްސާކޮށްފައެވެ. ހާއްސަކޮށް، ޕޮޒިޓިވްވާ ގިނަ މީހުންގެ މޫވްމެންޓުތައް ގިނަވުމާއި، އާއްމުން ގިނައިން އެއްވާ ތަންތަނަށް ދިއުން އަދި ޕާޓީތައް ބޭއްވުމާއި މަސް ދަތުރު ދިއުން ފާހަގަކުރެވެއެވެ.

ރާއްޖޭގެ ރަށްތަކުގައި ހޯމް ކަރަންޓީނުގައި ތިބޭ މީހުން ވެސް ދަނީ ކޮވިޑަށް ޕޮޒިޓިވްވަމުންނެވެ.

ރާއްޖޭގައި ކޮވިޑުގެ ކޭސްތައް އިތުރުވުމާއި ގުޅިގެން، ފިޔަވަޅުތައް ވަރުގަދަ ކުރުމަށް ވެސް މަޝްވަރާކޮށްފައިވެއެވެ. އޭގެ ތެރެއިން މިރޭ އިއުލާނުކޮށްފައިވަނީ މާދަމާ ރެއިން ފެށިގެން ރޭގަނޑު 8:00 އިން ފެށިގެން ފަތިހުގެ 05:00 ޖެހުމާއި ހަމައަށް އެއްވެސް ވެހިކަލްއެއް މަގުމަތީގައި ދުއްވުން މަނާ ކުރުމެވެ.

ކުރިޔަށް އޮތް ދުވަސްތަކުގައި ރާއްޖޭގައި ކޮވިޑުގެ ހާލަތު ގޯސްވެ، ގިނަ ބަޔަކަށް ހޮސްޕިޓަލުގައި ފަރުވާދޭން ޖެހި މިހާލަތު އަހަރު ނިމެންދެން އޮވެދާނެކަމަށް ބައްޔާ ގުޅޭ ގޮތުން ސަރުކާރަށް ލަފާ ދެއްވާ ކޮންސަލްޓަންޓް ޑރ. ޝީނާ މޫސާގެ ޕްރޮޖެކްޝަންސްތަކުން ވެސް ދައްކައެވެ. އޮގަސްޓު މަހު ރާއްޖޭން ފެންނަ ކޭސްތަކުގެ އަދަދު އެވްރެޖު ގޮތެއްގައި 170 ގައި ހުންނާނެކަމަށް ޑރ. ޝީނާ ވަނީ ލަފާކޮށްފައެވެ. އަދި މުޅި މަސް ނިމިގެންދާއިރު އެކަނިވެސް އެ އަދަދުތައް 2،300 އިން މައްޗަށް އަރާނެކަމަށް ބެލެވޭކަމުގައި ޑރ. ޝީނާ ވިދާޅުވިއެވެ. ޑރ. ޝިނާ ވިދާޅުވީ ބަލި ޖެހިގެން ރިޕޯޓު ކުރާ މީހުންގެ ތެރެއިން 475 މީހަކަށް ފަރުވާ ދޭންޖެހޭނީ ހޮސްޕިޓަލުގައި ކަމަށް ލަފާ ކުރެވޭ ކަމަށެވެ.

މާލެއިން ކޮވިޑުގެ ކޭސްއެއް ފެނުމާއި އެކު މުޅި މާލެ ސަރަހައްދު އެއްކޮށް ލޮކްޑައުންކޮށްފައިވަނީ އޭޕްރިލް 14 ގައެވެ. އެއަށްފަހު ކޭސްތައް ދަށް ވާން ފެށުމުން އަޅާފައި ހުރި ފިޔަވަޅުތަލަށް ލުއިތަކެއް ދިނީ މިދިޔަ މޭއި މަހުގެ 28 ވަނަ ދުވަހުއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: