ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

111 މީހަކު ޑިސްކޮލިފައިކޮށް ހިޔާ ފްލެޓް ލިބޭ ވަގުތީ ލިސްޓްތަކެއް އާންމުކޮށްފި

ހިޔާ ފްލެޓުތައް ނޫސްވެރިންނަށް ދައްކާލުމަށް ބޭއްވި ޓްރިޕްގެ ތެރެއިން/ ފޮޓޯ: ސަންގު
ޝެއާރކޮށްލާ ކަހަލަދޯ؟

ޝަރުތުހަމަނުވާ ފަރާތްތައް ޑިސްކޮލިފައި ކުރުމަށް ފަހު ހިޔާ މަޝްރޫއުގެ ހަތަރު ކެޓަގަރީއަކުން ފްލެޓް ލިބޭނެ ފަރާތްތަކުގެ ވަގުތީ ލިސްޓު، ކުރީ ސަރުކާރުން ފްލެޓުގެ ދިން ގޮތް ބެލުމަށް އެކުލަވާލާފައިވާ ރިޔާސީ ކޮމިޝަނުން މިއަދު އިއުލާންކޮށްފި އެވެ.

އިއުލާންކުރި ވަގުތީ ލިސްޓްތަކުގައި ފްލެޓް ލިބޭ މީހުންގެ ވަނަވަރާއި ޕޮއިންޓް ލިބިފައިވާ އަދަދު ވަނީ ތަފްސީލާ އެކު ހިމަނައިފަ އެވެ.

ފްލެޓް ލިބެން ޝަރުތު ހަމަވަނީ 50 ޕޮއިންޓަށް ވުރެ މަތިން ލިބުމުންނެވެ. އެއަށް ވުރެ ދަށް ޕޮއިންޓް ލިބުނު ފަރާތްތައް ވަނީ ޑިސްކޮލިފައިކޮށްފަ އެވެ.

ފްލެޓް ކޮމިޓީއިން މިއަދު އިއުލާން ކުރި ވަގުތީ ލިސްޓުތަކަކީ؛

1. ޑޮކްޓަރުންނާއި ނަރުހުންނަށް ހާއްސަ – H4
2. ޓީޗަރުންނަށް ހާއްސަ – H5
3. މާލޭ ރަށްވެހިންނަށް ހާއްސަ – H8
4. ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކާއި އާއިލާތަކަށް ހާއްސަ – H10 ކެޓަގަރީގެ ލިސްޓްތަކެވެ.

ކުރީ ސަރުކާރުން އެކުލަވާލި ލިސްޓުގައި ހިމެނޭ ފަރާތްތަކުގެ ތެރެއިން 50 ޕަސެންޓަށް ވުރެ ދަށުން ޕޮއިންޓް ލިބިގެން ޖުމްލަ 111 މީހަކު ވަނީ ހަތަރު ކެޓަގަރީއިން ޑިސްކޮލިފައިކޮށްފަ އެވެ. އެ ލިސްޓުވެސް ވަނީ ވަނަވަރާއި ޕޮއިންޓް ލިބުނު ގޮތާ އެކު ވަކިން އިއުލާންކޮށްފަ އެވެ.

އެ ހުރިހާ ލިސްޓްތަކަށް، ޝަކުވާ ހުށަހެޅުމުގެ ފުރުސަތު މިއަދުން ފެށިގެން އަންނަ މަހުގެ 14 ވަނަ ދުވަހުގެ ހަވީރު 3:00ގެ ނިޔަލަށް ވަނީ ހުޅުވާލައިފަ އެވެ. ޝަކުވާ ހުށަހަޅަން ޖެހެނީ ފްލެޓް ކޮމިޓީގެ ހާއްސަ ޕޯޓަލްއަކަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 100%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: