ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ހިޔާ ފްލެޓް އެއްބަސްވުމުގައި ސޮއިނުކުރެވި ތިބި މީހުންނަށް އިތުރު ފުރުސަތެއް

ހިޔާ އެގްރިމެންޓުގައި ސޮއިކުރުން ކުރިއަށް ދަނީ/ ފޮޓޯ: އަވަސް
ޝެއާރކޮށްލާ ކަހަލަދޯ؟

ހުޅުމާލޭ ދެވަނަ ފިޔަވަހީގައި އިމާރާތްކޮށްފައި ވާ ހިޔާ ފުލެޓު ލިބުނު މީހުންގެ ތެރެއިން އެއްބަސްވުމުގައި ސޮއި ނުކުރެވުނު މީހުންނަށް އިތުރު ފުރުސަތެއް ދީފިއެވެ.

އެޗްޑީސީން ބުނީ ހިޔާ ފުލެޓު ލިބިފައިވާ ފަރާތްތަކުގެ ތެރެއިން ޖުލައި 14، 2021 އިން ނޮވެމްބަރު 24، 2011 އާ ދެމެދު އެއްބަސްވުމުގައި ސޮއިކުރުމަށް ތާވަލްކޮށް އެކި ސަބަބުތަކާހުރެ އެއްބަސްވުމުގައި ސޮއިކުރަން ނާދެވުނު ފަރާތްތަކާއި އަދި މިހާތަނަށް ސޮއިކުރަން އެ ކޯޕަރޭޝަނުން ގުޅާފައިނުވާ ފަރާތްތަކުން، އެއްބަސްވުމުގައި ސޮއިކުރުމަށް ގަޑިތައް ތާވަލުކޮށްފައިވާ ކަމަށެވެ.

އެޗްޑީސީން ސޮއިކުރުމަށް ތާވަލްކޮށްފައިވާ ފަރާތްތަކުގެ ލިސްޓު ހިއްސާކޮށްފައިވާއިރު ސޮއިކުރުމުގެ ކަންކަން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ މިމަހު 28 އަދި 29 ވަނަ ދުވަހު ކަމަށް އެޗްޑީސީން ބުނެއެވެ.

މި ލިސްޓްގައި ހިމެނޭ ފަރާތްތަކުގެ ތެރެއިން ފޯމު ނަންބަރު.HF2 (ޒިންމާ ވާ ފަރާތުގެ ފޯމު) އެޗްޑީސީއަށް ހުށަހަޅާފައިނުވާ ފަރާތްތަކުން އެފަރާތްތަކުގެ އެއްބަސްވުމުގައި ސޮއިކުރުމަށް ކަނޑައަޅާފައިވާ ގަޑިއަށް ހާޒިރުވާއިރު އެ ފޯމު ހުށަހެޅުމުން، މައުލޫމާތު ކަށަވަރު ކުރުމަށްފަހު އެއްބަސްވުމުގައި ސޮއި ކުރުމުގެ އިންތިޒާމު ހަމަޖައްސައިދެވޭނެ ކަމަށް ވެސް އެޗްޑީސީން ބުނެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: