ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެމްޕީއެލްގެ ފްލެޓް: މުވައްޒަފުންގެ ޝަކުވާތަކަށް ހައްލު ހޯދައިދީފި

މޯލްޑިވްސް ޕޯޓްސް ލިމިޓެޑްގެ 36 ވަނަ އަހަރީ ދުވަހުގެ ޖަލްސާގެ ތެރެއިން.
ޝެއާރކޮށްލާ ކަހަލަދޯ؟

މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން ހިޔާ މަޝްރޫއުގެ ދަށުން އިމާރާތްކޮށްފައިވާ ފްލެޓްތަކަށް ފައިސާ ދެއްކުމަށް ލުއި ގޮތްތަކެއް ހަމަޖައްސާފައިވާ ކަމަށް އެ ކުންފުނީގެ ސީއީއޯ ޝާހިދު އަލީ ވިދާޅުވެއްޖެއެވެ.

މޯލްޑިވްސް ޕޯޓްސް ލިމިޓެޑަށް 36 އަހަރު ފުރުމާއި ގުޅިގެން ބޭއްވި ހަފްލާގައި ވާހަކަ ދައްކަވަމުން ޝާހިދު ވިދާޅުވީ މުވައްޒަފުންނަށް ފްލެޓް އެލޮކޭޓްކުރެވި ފްލެޓަށް ފައިސާ ދެއްކުމަށް ގިނަ އޮޕްޝަންތަކެއް ދީފައިވާ ކަމަށާއި، ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ސަރުކާރުން އެމްޕީއެލްގެ ހިޔާ މަޝްރޫއު ފެށިއިރު އޮތީ މުވައްޒަފުން އެއްފަހަރާ ފައިސާ ދައްކަން ޖެހޭ ގޮތަށް ނުވަތަ ބޭންކް މެދުވެރިކޮށް ފައިސާ ދައްކާ ގޮތަށްކަމަށެވެ. ނަމަވެސް ރައީސް އިބްރާހިމް މުހައްމަދު ސާލިހުގެ ސަރުކާރުން ވަނީ މި ފައިސާ 20 އަހަރު ތެރޭގައި ދައްކާ ގޮތަށް ބަދަލުކޮށްފައިކަމަށް ޝާހިދު ވިދާޅުވިއެވެ.

އެމްޕީއެލުން އިމާރާތްކުރާ ތިން ޓަވަރުގައި ހިމެނޭ 534 އެޕާޓްމެންޓް ހިމެނޭއިރު، ޝަހިދު ވިދާޅުވީ ގެނައި ބަދަލުތަކުގެ ސަބަބުން ގިނަ މުވައްޒަފުންނަށް މި ފްލެޓްތައް އަމިއްލަ ކުރުމުގެ ފުރުސަތު ފަހިވެގެން ދާނެކަމަށެވެ.

ފްލެޓްތަކުގެ ޑައުންޕޭމަންޓާ ގުޅިގެން މުވައްޒަފުންގެ ޝަކުވާ ލިބޭކަމަށާއި އެ ޝަކުވާތަކަށް ރިއާޔަތްކޮށް އެމްޕީއެލްއިން ފްލެޓްތަކަށް ޑައުންޕޭމަންޓް ދެއްކުމަށް ހަތަރު އޮޕްޝަނެއް ތައާރަފް ކޮށްފައިވާކަމަށް ޝާހިދު ވަނީ ފާހަގަކުރައްވާފައެވެ.

އޭގެ ތެރޭގައި މެއިންޓެނަންސް ފީ ކުޑަކުރުމާއި އަދި ބުކިން ފީ އަކީ ޑައުންޕޭމަންޓްގެ ބައެއްގެ ގޮތުގައި ހަމަޖެއްސުން ހިމެނެއެވެ. ބުކިން ފީ އަކީ ޑައުންޕޭމަންޓްގެ ބައެއްގެ ގޮތުގައި ކުންފުނީގެ މާލީ ގާބިލްކަމަށް ރިއާޔަތްކޮށް ދެވެން އޮތް ލުއިތަކެއް ދިނުމަށް މަސައްކަތްކުރާނެކަމަށް ޝަހިދު ވިދާޅުވިއެވެ.

ޝާހިދު ވިދާޅުވީ ކުންފުނިން މަސައްކަތްކުރަނީ ފްލެޓުތައް އަންނަ އަހަރުގެ ކުރީކޮޅަށް ނިންމުމަށްކަމަށެވެ.

އެމްޕީއެލްގެ ހައުސިން ސްކީމުގެ ދަށުން ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި އިމާރާތްކުރާ ތިން ޓަވަރުން ފްލެޓް ލިބުނު މީހުންނަށް ފައިސާ ދެއްކުމަށް ކުންފުނިން ލުއި ގޮތްތަކެއް ހޯދައިދީފައިނުވާ ކަމަށް ބުނެ އެކަން ބަލައިދޭން ހައުސިން މިނިސްޓަރު މުހައްމަދު އަސްލަމްގެ ފަރާތުންވެސް ފްލެޓު ލިބުނު މުވައްޒަފުން ވަނީ އެދިފައެވެ.

އޭރު މުވައްޒަފުން ބުނީ ފްލެޓް ލިބިފައިވާ މުވައްޒަފުންގެ ތެރެއިން 99 ޕަސެންޓް މުވައްޒަފުންނަކީ ކުއްޔަށް މާލޭގައި އުޅޭ މުވައްޒަފުން ކަމަށާއި ދެ ކެޓަގަރީގެ މުވައްޒަފުންނަށް ދެ ތަނަށް ކުލި ދައްކަމުން ފްލެޓަށް ޑައުންޕޭމަންޓް ހަމަކުރުމަކީ ވާނެ ކަމެއް ނޫން ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: