ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ހިޔާ ފްލެޓުތަކަށް ރައީސް ސޯލިހު ވަޑައިގަންނަވަނީ!

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު... ފައިލް ފޮޓޯ
ޝެއާރކޮށްލާ ކަހަލަދޯ؟

ރައީސުލް ޖުމުހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު، ހިޔާ ފްލެޓްތަކުގެ އަހުލުވެރިންނާއި ބައްދަލު ކުރައްވަން މިރޭ އެތަނަށް ވަޑައިގަންނަވާނެއެވެ.

ހިޔާ ފްލެޓްތަކާއި މެދު ވާހަކަދައްކަވަމުން، އެތަނަކީ މީހުން ދިރިއުޅެން ކަމުނުދާތަނެއްކަމަށް ރައީސް ސޯލިހު މީގެ ކުރިން ވިދާޅުވެފައިވާކަން ފާހަގަކުރެވެއެވެ.

7000 ހައުސިންގް ޔުނިޓް ހުންނަ ހިޔާ ފްލެޓްތަކަކީ، ތަޅާލަން ޖެހޭތަނެއް ކަމަށްވެސް ރައީސް ސޯލިހު ވިދާޅުވެފައިއެވެ. އަދި އެތަނުގެ ފިނިޝިންގް މަސައްކަތް ފުރިހަމަ ނުކުރައްވަން ނިންމަވާ ރައީސް ސޯލިހުވަނީ ފްލެޓްތަކުގެ ހައްގުވެރިންނާއި އެތަންތަން ހަވާލުނުކޮށް ދެއަރަގެ މުއްދަތެއްގެ އިންތިޒާރެއް ކުރުވާފައިއެވެ.

ރައީސް ޔާމިންގެ ސަރުކާރުގައި އަޅުއްވާފައިވާ ހިޔާ ފްލެޓްތަކުގެ ކުލި އެ ސަރުކާރުން 7000 ރުފިޔާ ގޮތަށް ކަނޑައަޅާ ނިންމާފައިވާއިރު، ރައީސް ސޯލިހުވަނީ އެތަނުގެ ކުލި 8500 ރުފިޔާ ބޮޑުކޮށްފައިއެވެ.

ދެއަހަރުގެ އިންތިޒާރެއް ކުރުވުމަށް ފަހު ފްލެޓުތަކުގެ ހައްގުވެރިންނަ އެތަނަށް ވަދެވޭ ވަރުވީ އިރު، އެ ސަރަހައްދުގައި އަސާސީ ހިދުމަތްތައްވެސް ގާއިމު ކުރެވިފައި ނުވެއެވެ. މިސްކިތެއް ނެތުމުން އެއްވަަނަ ފިޔަވެއްސައް ދާން ޖެހުމާއި، ވިޔަފާރި އަދި ކިޔެވުމުގެ ބޭނުމުގައިވެސް ދާންޖެހުނީ އެއްވަނަ ފިޔަވެއްސައްކަން ފާހަގަކުރެވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: