ޖާބިރު ވިދާޅުވީ، ރާއްޖޭގައި އޮންނަން ޖެހޭނީ ރިޔާސީ ނިޒާމެއް ކަމަށް ރައްޔިތުންގެ ވޯޓުން ކަނޑައެޅި ނަމަވެސް ގާނޫނު އަސާސީގައި ރާއްޖޭގެ ވެރިކަން ކުރުމުގެ ނިޒާމަކީ ރިޔާސީ ނިޒާމެއް ކަމަށް ސާފުކޮށް ބަޔާންކޮށްފައި ނުވާ ކަމަށެވެ.

އޭގެ އިތުރަށް ގާނޫނު އަސާސީ ބައްޓަން ކޮށްފައި ވަނީ ބަރުލަމާނީ ގިނަ ސިފަތައް ވެސް ހިމެނޭ ގޮތަށް ކަމަށް ޖާބިރު ވިދާޅުވިއެވެ. ބަރުލަމާނީ ނިޒާމެއްގައި ވެސް ރައީސުލްޖުމްހޫރިއްޔާގެ މަގާމަށް މީހަކު އިންތިހާބު ގެންދާނެތީއާއި ރައްޔިތުން އިންތިހާބު ކުރާ މަޖިލީހެއް ވެސް އޮންނާނެތީ އެ އިސްލާހު ގާނޫނު އަސާސީއާ ތައާރަޒު ނުވާނެ ކަމަށް ވިދާޅުވިއެވެ.

ޖާބިރުގެ ބިލްގައި ވަނީ، ވެރިކަން ހިންގުމުގެ ބާރު ބޮޑުވަޒީރަށް ލިބިދޭ ގޮތަށް ވުމަށެވެ.