ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކުޑަކުދިންގެ ޕާކުތަކަށް ބޭނުންވާ ސާމާނު ހޯދުމަށް ކުންފުންޏަކާ ހަވާލުކޮށްފި

ޝެއާރކޮށްލާ ކަހަލަދޯ؟

އިންޑިއާގެ ސަރުކާރުގެ ހިލޭ އެހީގައި ކުޅިވަރާ ބެހޭ ވުޒާރާއިން އެޅުމަށް ހަމަޖެހިފައިވާ 67 ރަށެއްގައި ކުޑަކުދިންގެ ޕާކް ގާއިމްކުރުމަށް ބޭނުންވާ ސާމާނު ސަޕްލައި ކޮށްދިނުމަށް ކުންފުންޏަކާ އެކު ކޮންޓްރެކްޓްގައި ސޮއިކޮށްފިއެވެ.

މި މަސައްކަތުގެ ދަށުން 35 ދުވަހުގެ ތެރޭގައި މި ސާމާނު ގެންނަން ޖެހޭއިރު މި މަސައްކަތް ހަވާލުކޮށްފައިވަނީ 7،999،682.2 ރުފިޔާއަށެވެ. މި މަޝްރޫއަކީ އިންޑިއާ ސަރުކާރުގެ ހިލޭ އެހީގެ ދަށުން ކުރިޔަށް ގެންދާ މަޝްރޫއަކަށް ވާއިރު ޕާކްތައް ގާއިމްކުރެވިގެންދާނީ މިނިސްޓްރީއިން ކަނޑައަޅާ ރަށްތަކެއްގައެވެ.

މީގެކުރިން ވެސް މިނިސްޓްރީއިން ވަނީ 15 ރަށެއްގެ ކުޑަކުދިންގެ ޕާކް ސެޓްތައް ގެނެސް ރަށްރަށާއި ހަވާލުކޮށްފައެވެ. ބައެއް ރަށްރަށުގައި ޕާކް ސެޓްތައް އިންސްޓޯލްކޮށް ނިމިފައިވާއިރު އަނެއްބައި ރަށްރަށުގައި ދަނީ އިންސްޓޯލް ކުރުމުގެ މަސައްކަތް ކުރަމުންނެވެ.

މި މަސައްކަތް  ހަވާލުކޮށްފައިވަނީ ބްރިލިއަންޓް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑާއެވެ. މިއަދު ކުޅިވަރާ ބެހޭ ވުޒާރައިގައި ބޭއްވި ސޮއި ކުރުމުގެ ރަސްމިއްޔާތުގައި މިނިސްޓްރީގެ ފަރާތުން މިނިސްޓަރ އަޙްމަދު މަޙްލޫފް ސޮއިކުރެއްވިއިރު ބްރިލިއަންޓް ކޮމްޕެނީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޑިރެކްޓަރ މުހައްމަދު ޝަފްވާން އަބްދުﷲ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: