ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރިޔާސީ ނިޒާމު ދިފާއުގައި މައުމޫން، ނަޝީދު ރަތަށް!

ޝެއާރކޮށްލާ ކަހަލަދޯ؟

ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް، ރިޔާސީ ނިޒާމާ އެއްކޮޅަށް ރޭ ކުރެއްވި ޓުވީޓާ އެކު، ކުރީގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ވަރަށް ބޮޑަށް ހިތްޕުޅު ހަމަޖެހިވަޑައިނުގެން ހޫނު ރައްދެއް ދެއްވައިފި އެވެ.

ވެރިކަމުގެ ނިޒާމުގެ މައްސަލައިގައި ނަޝީދު ނުރުހުންވެ، ފާޅުގައި ޓުވީޓު ކުރެއްވީ ރާއްޖޭގެ ސިޔާސީ، އިޖުތިމާއީ، އިގުތިސާދީ ހާލަތަށް ބަލާއިރު، އެންމެ ކަމުދަނީ ރިޔާސީ ނިޒާމުކަން ކަށަވަރު ކަމަށް މައުމޫން ރޭ ވިދާޅުވުމުންނެވެ. އެ މަނިކުފާނު އެހެން ވިދާޅުވީ، ވެރިކަން ހިންގުމުގެ ނިޒާމު ބަރުލަމާނީ ނިޒާމަށް ބަދަލުކުރަން ކާށިދޫ ދާއިރާގެ މެމްބަރު އަދި ޑީއާރުޕީގެ ލީޑަރު އަބްދުﷲ ޖާބިރު ގާނޫނުއަަސާސީ އަށް އިއްޔެ އިސްލާހެއް ހުށަހަޅުއްވާފައި ވަނިކޮށެވެ.
ރައީސް މައުމޫން ރިޔާސީ ނިޒާމުު ދިފާއު ކުރައްވާ އަނެއްކާވެސް ޓުވީޓު ކުރެއްވުމުން، ރައްދުގައި ނަސީދު ޓުވީޓު ކުރެއްވީ، މައުމޫންގެ ވެރިކަމުގައި ނެގި ވޯޓުތައް އޮޅުވައިލެއްވި ކަމަށް ތުހުމަތުކޮށްފައެވެ. އެ ގޮތުން  މައުމޫންގެ ހަޔާތްޕުޅުގައި ނެގި ކޮންމެ ވޯޓެއްގައި އެ މަނިކުފާނު ވަނީ މަކަރު ހައްދަވައި، އޮޅުވާލައްވާފަކަމަށް ނަސީދު ތުހުމަތު ކުރިއެވެ.
“2007 ގެ ނިޒާމީ ވޯޓްވެސް ކަނޑައެޅިން އޮޅުވާލެއްވި. މަނިކުފާނަށް އޮޅުވާނުލެއްވުނީ ހަމައެކަނި2008 ގެ ވޯޓް. އެއިންވީ ބަލި” ނަސީދުުގެ ވިދާޅުވިއެވެ.

ނަޝީދަކީ، ފެށުނީއްސުރެ ބަރުލަމާނީ ނިޒާމަށް ތާއީދު ކުރައްވާ އަދި ރާއްޖޭގެ ވެރިކަން އެ ނިޒާމަށް ބަދަލުކުރައްވަން ބޭނުންފުޅުވާ ބޭފުޅެކެވެ. ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ މި ވެރިކަމުގެ މެދުތެރެއިން ވެސް ބަރުލަމާނީ ނިޒާމަށް ވެރިކަން ބަދަލުކުރަން ނަޝީދު ބޭނުންފުޅުވާ ކަމުގެ ތުހުމަތު ބައެއް މީހުން ކުރެ އެވެ. ބަރުލަމާނީ ނިޒާމަށް ވެރިކަން ބަދަލުކުރުމަށް ގާނޫނުއަސާސީ އަށް ޖާބިރު އިސްލާހު ހުށަހެޅުއްވުމުގެ ފަހަތުގައި ފޮރުވިފައިވާ ސިއްރަކީ އެއީ ކަމަށް ވެސް ސިޔާސީ ބައެއް ފަރާތްތަކުން ބުނެ އެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އެންމެ ފަހުން ވިދާޅުވެފައި ވަނީ ވެރިކަން ހިންގުން ބަރުލަމާނީ ނިޒާމަކަށް ބަދަލު ކުރަން ވިސްނަވާކަށް އެ މަނިކުފާނަށް ވަގުތެއް ނެތް ކަމަށާއި ހުރިހާ ވަގުތެއް ހުސްކުރައްވަން ބޭނުންފުޅު ވަނީ ރައްޔިތުންނަށް ވެވަޑައިގަތް ވައުދުތައް ފުއްދަވަން ކަމަށެވެ.

މި އަހަރުގެ ޖޫން 23 ގައި ރައީސް އޮފީހުގައި އޮތް ނިއުސް ބްރީފިންއެއްގައި ރައީސް ވިދާޅުވެފައި ވަނީ، ވެރިކަމުގެ ނިޒާމް ބަދަލުކުރުމާ މެދު ވިސްނެވުމަށް ވުރެ މުހިއްމު ކަންކަން ކުރައްވަން ޖެހިވަޑައިގެންފައި އެބަހުރި ކަމަށެވެ. އިސްކަން ދެއްވަނީ ފަސް އަހަރަށް ވެވަޑައިގަތް ވައުދުތައް ފުއްދަވަން ކަމަށް ރައީސް ވިދާޅުވި އެވެ. އެ މަނިކުފާނު ވިދާޅުވެފައިވާ ގޮތުގައި ވެރިކަމުގެ ނިޒާމު ކަނޑައެޅުމުގައި ދެން ވެސް ގޮތް ނިންމާނީ ރައްޔިތުންނެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: