ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކުޑަ ކުރި ސިޔާސީ މީހުންގެ މުސާރަތައް އަލުން މުސާރައިގެ އޮނިގަނޑަށް!

ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރު: ފައިލް ފޮޓޯ
ޝެއާރކޮށްލާ ކަހަލަދޯ؟

ރާއްޖެއަށް ވެސް ދިމާވި، ކޮވިޑް-19 ގެ ބަލިމަޑުކަމުގެ ތެރެއިން ކުޑަ ކުރި ސިޔާސީ މީހުންގެ މުސާރަތައް ތިން މަސް ދުވަހަށް ފަހު އަލުން އިޔާދަ ވެއްޖެއެވެ.

ރާއްޖޭގެ އިގްތިސާދަށް ކުރިމަތިވީ ހީނަރުކަމުގެ ސަބަބުން، ރައްޔިތުންގެ މަޖިލީހުން ވަނީ ހަތަރު ކެޓަގަރީއެއްގެ މުސާރަތައް ކުޑަކުރަން ފާސްކޮށްފައެވެ. އޭގެ ތެރޭގައި ހިމެނެނީ، މަޖިލީހުގެ މެމްބަރުންމާއި، ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އާއި ނައިބް ރައީސް އަދި މިނިވަން މުވައްސަސާތަކާއި، ސިޔާސީ މަގާމުތަކުގައި ތިބި ފަރާތްތަކެވެ. އޭގެ އިތުރުން ސިވިލް ސާވިސް މަގާމުތަކުގެ ތެރެއިން، 20،000 ރުފިޔާއިން މަތިން މުސާރަ ލިބޭ މީހުންގެ މުސާރަ ވެސް ދަށް ކުރިއެވެ.

“ސަންގު” އާއި ވާހަކަ ދައްކަވަމުން ފިނޭންސް މިނިސްޓްރީގެ މީޑިއާ އޮފިޝަލް ވިދާޅުވީ ކުޑަ ކުރި މުސާރަތައް އަލުން އިޔާދަވީ، ރައްޔިތުންގެ މަޖިލީހުން މުސާރަތައް ދަށް ކުރުމަށް ފާސް ކުރި ގަވައިދުގެ މުއްދަތު ހަމަވުމުން ކަމަށެވެ. އަދި މި މަސް ނިމުމަށްފަހު މަޖިލީހުގެ މެމްބަރުންނާއި، ސިޔާސީ މަގާމުތަކުގައި ތިބި ފަރާތްތަކަށް މުސާރަ ލިބޭނީ ކުރީގެ އޮނިގަނޑާއި އެއްގޮތަށް ކަމަށެވެ. އޮފިޝަލް ވިދާޅުވީ މި ތިން މަހުގެ ތެރޭގައި 12 މިލިއަންއަށް ވުރެ ގިނަ ރުފިޔާ ސަލާމާތް ކުރެވުނު ކަމަށެވެ.

ރާއްޖޭގެ މާލީ ހާލަތު ދަށްވުމާއި، އަދި އިގްތިސާދަށް އައި ދަތިތަކުގެ ސަބަބުން 20،000 ރުފިޔާ އާއި 30،000 ރުފިޔާ އާއި ދެމެދުގެ މުސާރަ ލިބޭ މީހުންގެ މުސާރައިން 20 އިންސައްތަ އުނި ކުރިއެވެ. އަދިި 30،000 ރުފިޔާ އާއި 60،000 ރުފިޔާ އާއި ދެމެދުގެ މުސާރަ ލިބޭ މީހުންގެ މުސާރައިން 30 އިންސައްތަ ވަނީ ދަށްކޮށްފައެވެ، އޭގެ އިތުރުން 60،000 އަށް ވުރެ މަތީ މުސާރަ އެއް ލިބޭ މީހުންގެ މުސާރައިން 25 އިންސައްތަ އުނިކުރިއެވެ. ރައްޔިތުންގެ މަޖިލީހުން މި އުސޫލު ފާސްކޮށްފައިވަނީ މެއި މަހުގެ 16 ވަނަ ދުވަހު ތިން މަސް ދުވަހުގެ މުއްދަތަަކަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: