ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މިއަހަރު ނިމެންދެން ފަތުރުވެރިންނަށް ބާލީ ބަންދު

ޝެއާރކޮށްލާ ކަހަލަދޯ؟

ޗުއްޓީއަށް ގިނަ އަދަދެއްގެ މީހުން ޒިޔާރަތް ކުރާ އިންޑޮނޭޝިއާގެ ރަށެއް ކަމަށްވާ ބާލީ، ފަތުރުވެރިންނަށް މިއަހަރު ދެން ހުޅުވާނުލާނެ ކަމަށް އެޤައުމުގެ ސަރުކާރުން ނިންމައިފިއެވެ.

ބާލީގެ ގަވަރުނަރު ވަޔަން ކޮސްޓާ ވިދާޅުވި ގޮތުގައި ކޮރޯނާވައިރަހާ ގުޅިގެން އިންޑޮނޭޝިއާގެ ހާލަތު އޮތް ގޮތުން އެގައުމަށް ބޭރުގެ ފަތުރުވެރިން ގެންދެވޭކަށް އަދި ނެތެވެ.

ންޑޮނޭޝިއާގައި ކޮރޯނާވައިރަސް ފެތުރުން ހުއްޓުވުމުގެ ގޮތުން އެގައުމަށް ބޭރުގެ ފަތުރުވެރިން ދިޔުން މިދިޔަ މާޗް މަހު ބަންދު ކުރި ނަމަވެސް، އެގައުމުގެ ރައްޔިތުންނަށް ޗުއްޓީ ހޭދަ ކުރުމަށް ބާލީ ވަނީ މިދިޔަ ޖުލައި މަހު ހުޅުވާފަ އެވެ. އަދި އަންނަ މަހުގެ 11ގައި ބާލީ ބޭރުގެ ފަތުރުވެރިންނަށް ހުޅުވަން އޭރު ރޭވި އެވެ.

ނަމަވެސް މިހާރު އެ ނިންމުމަށް ބަދަލު ގެނެސް، ބޭރު ގައުމުތަކުގެ ފަތުރުވެރިންނަށް ދެން ބާލީ ހުޅުވާލާނެ އިރެއް ކޮސްޓާ ހާމަ ނުކުރައްވަ އެވެ. އޭނާ ވިދާޅުވި ގޮތުގައި ބާލީ އަލުން ހުޅުވަން ޖެހޭނީ ރައްކާތެރިވެ ތިބެ، އެކަމަށް ރަނގަޅަށް ތައްޔާރުވެގެންނެވެ.

ފަތުރުވެރިކަމުގެ ދާއިރާއަށް ވަރަށް ބޮޑަށް ބަރޯސާވެފައިވާ އިންޑޮނޭޝިއާގެ މިނިންމުމުގެ ސަބަބުން އިޤްތިޞާދަށް ކޮށްފާނެ އަސަރަކާއިމެދު އެޤައުމުގެ ރައްޔިތުން އަންނަނީ ކަންބޮޑުވުން ފާޅު ކުރަމުންނެވެ.
ބާލީގެ ރީތި ބީޗުތަކާއި، ޤުދުރަތީ ރީތިކަމުގެ ތެރޭގައި ހަދާފައި ހުންނަ ތަފާތު އެކިކަހަލަ އުނދޯއްޔާއި އެހެނިހެން އެކި ބިނާތައް ބަލާލުމަށްޓަކައި ކޮންމެ އަހަރަކު އެރަށަށް މިލިއަނަކަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރަތް ކުރެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: