ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ފުލެޓް ލިސްޓް އާންމުކޮށް، ޝަކުވާއަށް ހުޅުވާލައިފި!

ހިޔާ ފްލެޓުތައް ނޫސްވެރިންނަށް ދައްކާލުމަށް ބޭއްވި ޓްރިޕްގެ ތެރެއިން/ ފޮޓޯ: ސަންގު
ޝެއާރކޮށްލާ ކަހަލަދޯ؟

ހިޔާ މަޝްރޫއުގެ ދަށުން ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ތަރައްގީ ކޮށްފައިވާ ފުލެޓްތަށް ލިބޭނެ ފަރާތްތަކުގެ ލިސްޓު އާންމުކޮށް ޝަކުވާ ހުށައެޅުއްވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

މިއަދު އާންމު ކޮށްފައިވަނީ  H4 ޑަކްޓަރުންނާއ ނަރުހުންގެ ލިސްޓާއި، H5 ޓީޗަރުންގެ ލިސްޓާއި، H8 ޚާއްސައެހީއަށް ބޭނުންވާ ފަރާތްތަކުގެ ލިސްޓާއި، H10 މާލޭ ރަށްވެހިންނަށް ޚާއްސަ ލިސްޓެވެ.

ލިސްޓުތަކާގުޅޭގޮތުން ޝަކުވާއެއް އޮތްނަމަ hcp.presidency.gov.mv އަށް 14 ސެޕްޓެންބަރު 2020 އާ ހަމައަށް ހުށަހެޅުއްވޭނެއެވެ.

ލިސްޓު އާންމުކޮށް ޝަކުވާއަށް ހުޅުވާލާފައިވާއިރުު، ފުލެޓް ތަކަށް ޝަރުތު ހަމަވެ، ފްލެޓު ލިބުނުކަމަށް ސަރުކާރުން ލިޔުން ދޫކޮށްފައިވާ މީހުންގެ ތެރެއިން، މި ސަރުކާރުގައި އިއުލާންކުރާ ލިސްޓުން ނަން އުނިކޮށްފައިވާ މީހުންނަށް ހިލޭ ގާނޫނީ އެހީތެރިކަން ދޭން ނިންމާފައިވާ ކަމަށް އިކުއިޓީ ޗެމްބާޒް އިން ވަނީ ބުނެފައެވެ.

އެގޮތުން “ހިޔާ” މަޝްރޫއުގެ ފްލެޓުތަކަށް ޝަރުތު ހަމަވެ، ފްލެޓު ލިބުނުކަމަށް ސަރުކާރުން ލިޔުން ދޫކޮށްފައިވާ ފަރާތްތަކާއި، ފްލެޓް ލިބުނުކަމަށް ޝަރުތު ހަމަވެ، ނަން ގެޒެޓުކުރެވިފައިވާ ފަރާތްތަކުގެ ތެރެއިން، ސަރުކާރުން “ބޭއިންސާފުން” އެ ލިސްޓުތަކުން އުނިކުރާ ފަރާތްތަކަށް އިންސާފު ހޯދައިދިނުމުގެ މަސައްކަތް އެ ލޯފާމުގެ ފަރާތުން ހިލޭ ސާބަހަށް ކޮށްދިނުމަށް ނިންމާފައިވާ ކަމަށް ބުނެފައިވެއެވެ.

ކުރީ ސަރުކާރުން އެކުލަވާލި ލިސްޓުގައި ހިމެނޭ ފަރާތްތަކުގެ ތެރެއިން 50 ޕަސެންޓަށް ވުރެ ދަށުން ޕޮއިންޓް ލިބިގެން ޖުމްލަ 111 މީހަކު ވަނީ ހަތަރު ކެޓަގަރީއިން ޑިސްކޮލިފައިކޮށްފަ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 100%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: