ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ނިއުޒިލެންޑްގެ 51 މީހުން މަރާލި މީހާ އުމުރަށް ޖަލަށް

ޝެއާރކޮށްލާ ކަހަލަދޯ؟

2019 ވަނަ އަހަރު ނިއުޒިލޭންޑްގެ ދެ މިސްކިތަކަށް ޙަމަލާދީ ގަތުލު އާންމު ހިންގި އޮސްޓްރޭލިޔާ މީހާ ބްރެންޓޮން ޓަރެންޓް ގެ މައްޗަށް ކުށް ސާބިތުވުމުން އޭނާ އުމުރަށް ޖަލަށްލުމަށް ނިއުޒިލޭންޑްގެ ކޯޓަކުން ހުކުމް ކޮށްފިއެވެ.

މިދިޔަ އަހަރުގެ މާޗު މަހު ނިއުޒިލެންޑުގެ ކްރައިސްޓްޗާޗްގެ ދެ މިސްކިތަކަށް ވަދެ، ހުކުރު ނަމާދަށް ތިބި މީހުންގެ ގަޔަށް ބަޑި ޖަހައި އަދި އިތުރު ބަޔަކު ޒަހަމްކޮށްލި ބްރެންޓަން ޓަރަންޓްގެ މައްޗަށް ނިއުޒިލެންޑް ހައި ކޯޓުން މިއަދު ކުރި ހުކުމަކީ ޕެރޯލް ނުލިބޭ ގޮތަށް އުމުރަށް ޖަލަށްލާން އެ ގައުމުގައި ފުރަތަމަ ފަހަރަށް ކުރި ހުކުމެވެ. އަދި މިއީ ޓެރަރިޒަމްގެ ކުށެއް އެ ގައުމުގައި ސާބިތުވި ފުރަތަމަ ފަހަރު ވެސް މެ އެވެ.

މީހަކު މެރުމުގެ 51 ދައުވާ އާއި މަރާލަން އުޅުމުގެ 40 ދައުވާއެއްގެ އިތުރުން ޓެރަރިޒަމްގެ ދައުވާ އަށް ބްރެންޓަން ވަނީ އެއްބަސްވެފަ އެވެ. ހުކުމް އިއްވަމުން ފަނޑިޔާރު ކެމެރަން މެންޑާ ވިދާޅުވީ ޕެރޯލް ނުލިބޭ ގޮތަށް އުމުރަށް ޖަލަށްލުމަކީ މީހުން މެރުމުގެ އެންމެ އަނިޔާވެރި އަމަލުތަކަށް ދެވޭނެ އަދަބެއް ކަމަށާއި ބްރެންޓަންއަކީ އެ އަދަބު ލިބެން އެންމެ އެކަށީގެންވާ މީހާ ކަމަށެވެ.

އެއީ ނިޒުޒިލެންޑްގައި ތާރީޚުގައި ހިނގި އެންމެ ބޮޑު ޓެރަރިސްޓް ހަމަލާ އެވެ. އެ ހާދިސާއަށް ފަހު ނިއުޒިލެންޑްގައި ހަތިޔާރު ގެންގުޅުމުގެ ގާނޫނުތައް ހަރުކަށިކުރި އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 100%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: