ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ބަރުލަމާނީގެ ހުރިހާ ފައިދާއެއް އޮތީ ފައިސާގެ އަޅުންނަށް!

ރައްޔިތުންގެ މަޖިލިސް ހުޅުވުމުގެ ޖަލްސާ:_ ފޮޓޯ: މަޖލިސް އިދާރާ
ޝެއާރކޮށްލާ ކަހަލަދޯ؟

ނުރައްކާތެރި ބަލިމަޑުކަމެއްގައި ރާއްޖޭގެ ރައްޔިތުން ހަނާވެ މަރުވަމުންދާއިރު މި ނާޒުކު ދަނޑިވަޅުގައިވެސް ފެންނަމުން މިދަނީ އަބަދު ކޮންމެވެސް އެއްބަޔަކާއި ދިމާކޮށް ރައްޔިތުންގެމެދުގައި ނަފްރަތުއުފައްދައި ޤައުމު ބައިބައިކޮށް ސަރުކާރު ހިންގަންވެސް ދަތިވާގޮތަށް މަސައްކަތްކުރާތަނެވެ. ވަކިން ޚާއްސަކޮށް މި ޙާލަތަކީ ރާއްޖޭގެ ވެރިކަމުގެ ނިޒާމާއި މެދު ބަހުސް ކުރަން އެންމެ ރަނގަޅު ވަގުތު ޤަބޫލުކުރާނީ ވަރަށްވެސް ވިސްނުން ކޮށިވީމައެވެ. ވެރިކަމުގެ ނިޒާމުގެ ނިޒާމުގެ ވާހަކަ އެއް ފަރާތްތަކަށް ޖައްސާލާ، ސަރުކާރާއި ގުޅިގެން ޤައުމުގެ އިޤުތިޞާދާއި ރައްޔިތުން ސަލާމަތްވޭތޯ މަސައްކަތް ކުރުން މިވަގުތަށް މާ އައުލާކަން ބޮޑުވެގެންވެއެވެ.

ރައްޔިތުންގެ ބަސްނެތި، ވެރިކަމުގެ ނިޒާމު ބަދަލެއްނުކުރެވޭނެއެވެ. ރައީސް މައުމޫނުގެ ވެރިކަމުގައި ވޯޓު އޮޅުވާލެއްވިޔަސް އަދި އޮޅުވާ ނުލެއްވިޔަސް މައްސަލައެއްނެތެވެ. މިހާރުވެސް ވޯޓުލާންވީއެވެ. އިސްލާހީ އެޖެންޑާގައި ރައީސް މައުމޫނުވެސް އިއުލާން ކުރެއްވީ ބަރުލަމާނީ ނިޒާމެއްގެ ވާހަކައެވެ. ނަމަވެސް އާޚިރުގައި އެކަން ބދަލުވެގެން ދިޔައީއެވެ. ހަމައެހެންމެ ރާއްޖެފަދަ އިޚްލާސްތެރިން މަދު، ކޮރަޕްޓް މެންބަރުން ގިނަ ޤައުމެއްގައި ބަރުލަމާނީ ނިޒާމަކަށް ތާޢީދު ކުރާނީ ކަނޑުކޮހުންނެވެ. ރައްޔިތުންގެ މަންދޫބުންނޭ ކިޔައިގެން ރައްޔިތުންގެ މަޖިލީހުގައި ތިއްބެވި ގިނަ މެންބަރުންނަކީ ފައިސާގެ އަޅުންނެވެ. އެކަން މިހާރު ހިނގަމުން އަންނަ އެމްއެމް ޕީއާރުސީގެ ތަހުޤީޤުން އެދަނީ ހާމަވަމުންނެވެ.

ރޯވެ އަނދަމުންދާ ހުޅުގަނޑު ދުވަހެއް ދުވަހަކަށް މިދަނީ ބޮޑުވެ ފެތުރެމުންނެވެ. ވެރިކަމަށް ފެންބޮވައިގެންފައިވާ ބޭފުޅުންގެ ހިތުތެރޭގައި ރާވަމުންދާ ކަންކަން އެތިއެތި ކޮޅުން ބޭރުކުރަމުން ގޮސް އެންމެފަހުން އެހީތެރިން މަތިން ހަނދާންނެތި ކާންދިން އަތްތަކުގައި ފާޅުގައި ދަތް އަޅަންވެސް ފަށައިފިއެވެ. އެކަމަކު އެއީ ގޮނޑިކޮއްކޮ ކަމަށް ދެކޭ ފަރާތްތައް އެތިބީ އުފަލުން ފޮޅިފައެވެ. މީވިސްނާލުން މުހިތްމު ނުކުތާއެކެވެ. މި ރާއްޖެމަތީ ނުރައްކަލު ސާލު އެޅުމުގެ ކުރިން ސަލާމަތް ނުވެވިއްޖެނަމަ އަޅާ ކަރުނައިން ކޯރުހެދޭނެކަން ކަށަވަރެވެ.

ދިވެހިރާއްޖޭގައި ސިޔާސީ އޮއިވަރު މިހާރު ހިނގަމުން އަންނަ ގޮތާއި ޒަމާނުއްސުރެ މާލޭގެ ބޮޑުންގެ މެދުގައި ހިނގަމުން އަންނަ ސިޔާސީ ވާދަވެރިކަމަށް ބަލާއިރު ރާއްޖޭގެ ސިޔާސީ ހަލަބޮލިކަން ތަރާދަށް އެޅުވޭނީ ވަކި ފުރިހަމަ ނިޒާމެއް ނެތެވެ. ނަމަވެސް ކޮންމެ ބަދަލެއް ގެނަޔަސް ގެންނަންވާނީ ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް ގޮސްގެންނެވެ. އެކަމަކު މިއީ ނިޒާމުގެ ބަހުސްކުރަން އެންމެ ރަނގަޅު ވަގުތެއްވެސް ނޫނެވެ. ހަމަ އެއާއެކު ނިޒާމީ ވޯޓު އޮޅުވާނުލާކަން ބުއްދީގެ ހަމަތަކުންވެސް ގަބޫލުކުރެވެއެވެ. އޭރު ބަރުލަމާނީއަށް ތާއީދުކުރީ އެމްޑީޕީއިން އެކަންޏެވެ. އެދުވަސްވަރު އެމްޑީޕީއަށް އެކަނި އިންތިހާބެއް ކާމިޔާބު ކުރެވޭ ވަރަށް ރައްޔިތުންގެ ތާއީދު ނެތްކަން 2008 ގެ ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުންވެސް ކަށަވަރުވެއެވެ. އެހެންވީމާ ރިޔާސީ ނިޒާމަށް ކުރި ލިބުމަކީ އިންތިހާބުގެ ނަތީޖާއާ ދޭތެރޭ ސުވާލު އުފައްދަންޖެހޭ ސަބަބެއް ނޫނެވެ. އަސްލު މައްސަލައަކީ ބަރުލަމާނީ ނިޒާމަށް ދިވެހިން ބީރަށްޓެހިވުމެވެ. ދެން މިހާރުގެ ހާލަތަށް ބަލިނަމަވެސް އެމަގުން އެކަމެއް ނުހިނގާނެއެވެ. ސަބަބަކީ ހުވަފެންތަކެއް ދެކިގެން ގެނައި ވެރިކަމުން ރައްޔިތުން މާޔޫސްކޮށްލުމެވެ. އެމްޑީޕީގެ ތާޢީދު ފަޑުވަމުންދިޔުމެވެ.

ވެރިކަން ކުރުމުގެ ނިޒާމާއިމެދު އަރާރުންނުވެ ރައްޔިތުންނަށް އަބަދުވެސް ރައްޔިތުންގެ ކަންކަން ނިންމުމުގެ ހައްޤު ސުވިޒެލެންޑްގައި އޮންނަގޮތަށް “ޑައިރެކްޓް ޑިމޮކްރަސީ” ގެ ނިޒާމު މިޤަޢުމަށް ގެނައުންވެސް މާ ރަނގަޅުވާނެއެވެ. އެކަމަކު މިހެން ބުނާއިރުވެސް މި ސިޔާސީ މީހުންގެ ބާރުކެނޑި ތަޢުލީމެއް ހިލްމެއްނެތް މީހުންތައް މަތީ ފަޑީގައި ކޮރަޕްޝަން ހިންގަން ނުތިބެވޭނެތީ މި ފަދަ ނިޒާމަކާއިމެދު ވިސްނާންވެސް އެވެރިން ބޭނުމެއް ނުވާނެއެވެ.

ބަރުލަމާނީ ނިޒާމުނަމަ މަޖިލިސް އޮންނާނީ ފައިސާއަށް ވިކިވިކިއެވެ. ވެރިކަން އޮންނާނީ ނީލަމުގައެވެ. ކާމިޔާބު ސޭޓެއްވެއްޖިއްޔާ ފިހާރައެއް ނުވަތަ ރިޒޯޓެއް ވިއްކާލާފައި ވެރިކަން ހޯދަފާނެއެވެ. ނަމަވެސް ބިރު ބޮޑީ ނާކާމިޔާބު ވިޔަފާރިވެރިންނާއި އާއިލާ ފޫގަޅާނީ ޤައުމުގެ މިނިވަންކަން ވިއްކާލާފައިވިޔަސް ނޫނީ ބިރު ދައްކައިގެންވިޔަސް ވެރިކަން ހޯދަންކަމަށްވާތީއެވެ. މިހާރު މިފެންނަނީ އެއްވެސް ބަޔަކަށް ނާޖާއިޒު ބާރު ނުހިންގިގެން އުޅޭތަނެވެ. އެހެންވެ ރައްޔިތުންނަށް މާ އިންސާފުވެރި ގޮތުގައި ޖަވާބުދާރީ އެބަ ކުރެވެއެވެ.

ވެރިކަމުގެ ނިޒާމާއި ގުޅޭގޮތުން ކުރެވޭ ބަހުޘަށް ހަޖޫ ޖަހާނަމަ، ރާއްޖެ އަށް އެންމެ ކަމުދަނީ ރިޔާސީ ނިޒާމެއްވެސް އަދި ބަރުލަމާނީ ނިޒާމެއްވެސް ނޫނެވެ. ރާއްޖެއަށްވެސް އަދި ދުނިޔޭގެ ގައުމުތަކަށްވެސް ބޭނުންވަނީ އޮޓޮކްރަސީ ނިޒާމެކެވެ. މިސާލަކަށް ދިވެހިރާއްޖެ، މިސްރު، ލީބިޔާ، އިންޑިއާ، އަފްޣާނިސްތާން، ސީރިއާ، އިރާގް މީ މިފަހަކުން މާ ޑިމޮކްރަސީވެގެންދިޔަ ޤައުމުތަކެވެ. ޑިމޮކްރަސީ އާއި ބަރުލަމާނީ ގެނައުމުން ގައުމުތަކަށް ވީގޮތަކީ 3 އިރު ހަމައަށް ރައްޔިތަކަށް ކާއެއްޗެއް ނުލިބުމެވެ. އެކަމަކުވެސް މިރާއްޖޭގައި ރައްޔިތުން ހަނާވެ ނިމިދާއިރުވެސް، ލީޑަރުން ތިއްބެވީ ނިޒާމުގެ ކޯޅުމެއްގައެވެ.

ވަރަށް ގަދަ
100%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: