ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މިއީ މިހާތަނަށް އަޅުގަނޑަށް ފެނުނު އެންމެ ތަހުޒީބު، ބަރަކާތްތެރި މަޖިލީސް: ޖާބިރު

މެމްބަރު ޖާބިރާއި މަޖިލީހުގެ ރައީސް ނަޝީދު
ޝެއާރކޮށްލާ ކަހަލަދޯ؟

19 ވަނަ ރައްޔިތުންގެ މަޖިލީހަކީ މިހާތަނަށް ފެނުނު އެންމެ ތަހުޒީބު، ބަރަކާތްތެރި މަޖިލީސްކަމަށް ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު ވިދާވެއްޖެއެވެ.

ރިޔާސީ ނިޒާމު ބަރުލަމާނީ ނިޒާމަކަށް ބަދަލުކުރުމަށް ގާނޫނޫ އަސާސީއަށް ހުށައެޅި އިސްލާހަށް ބަހުސްކުރުމަށް ހުޅުވާލި ފުރުސަތުގައި މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް ދެއްކެވި ވާހަކަތަކަށް ރައްދު ދެއްވައި ޖާބިރު ވިދާޅުވީ މިއީ ބަރުލަމާނީ ނިޒާމަކަށް ބަދަލުކުރުމަށް އެންމެ މުނާސަބު ވަގުތު ކަމަށެވެ. އަދި ރިޔާސީ ނިޒާމަކުން ބަރުލަމާނީ ނިޒާމަކަށް ބަދަލުކުރުމުގެ ބާރު ކޮންމެ އިރަކު މަޖިލީހުގައި އޮންނަ ކަމަށާއި މިއީ މިކަން ކުރަން އެންމެ ރަނގަޅު މަޖިލީސް ކަމަށެވެ. މިއީ އެބޭފުޅާ އިންނަވަން ލިބުނު އެންމެ ތަފާތު، ބަރަކާތްތެރި އަދި ތަހުޒީބު ރައްޔިތުންގެ މަޖިލިސް ކަމަށް ވިދާޅުވިއެވެ.

މެމްބަރު ޖާބިރު ހުށައެޅުއްވި އިސްލާހަށް ބަހުސްކުރައްވަމުން ޝަރީފް ވިދާޅުވީ، މިވަގުތު ރިޔާސީ ނިޒާމަކުން ބަރުލަމާނީ ނިޒާމަކަށްބަދަލުކުރުމަށް ހުށައެޅި ހުށައެޅުމަކީ ބޮޑު ޖޯކެއް ކަމަށެވެ. މިއީ ކުރި ބޮޑު މަލާމާތެއް ކަމަށާއި ބޮޑު ޕެންޑަމިކެއް ތެރޭގައި ރައްޔިތުންގެ ވޯޓު ނެތި ނުކުރުރެވޭނެ ކަންކަން ތަސައްރަފު ފުދޭ މީހަކު މަޖިލީހަށް ހުށަނާޅާނެކަމަށް ޝަރީފް ވިދާޅުވިއެވެ. ލޯކަލް ކައުންސިލް އިންތިޚާބުވެސް ފަސްކޮށްފައިވާކަން ފާހަގަކުރައްވައި ޝަރީފް ވަނީ މިހާލަތުގައި އިންތިޚާބެއް ބޭއްވުމަށް އެފައިސާ ހޯދާނީ ކޮންގޮތަކުންތޯ ސުވާލު އުފައްދަވާފައެވެ.

މިއީ ސީދާ ރައްޔިތުން ބަނޑަށް ޖައްސައި، ސިޔާސީ ހަލަބޮލިކަމެއްގެ ތެރެއަށް ރައްޔިތުން ވައްޓާލުމަށް ކުރަމުންދާ ކަމެއް

މިވާހަކަތަކަށް ރައްދު ދެއްވައި ޖާބިރު ވަނީ ރިޔާސީ ނިޒާމަކުން ބަރުލަމާނީ ނިޒާމަކަށް ބަދަލުކުރުމަށް ހިނގާނީ ކޮން ހަރަދެއްތޯ ސުވާލު އުފައްދަވާފައެވެ. އަދި މިކަމަކީ ފިތަކަށް ފިތާލުމުން ވާން އޮތްކަމެއްކަމަށް ޖާބިރު ވިދާޅުވިއެވެ. އަދި މިހާރު އަމަލު ކުރަމުންމިދާ ރިޔާސީ ނިޒާމާއި ކޯލިޝަންގެ އުސޫލަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެ، ގާނޫނުއަސާސީގައި ކޯލިޝަން ހެދެން ނެތްކަމަށް ޖާބިރު ވިދާޅުވިއެވެ.

51 ޕަސެންޓް ނުލިބުނީމަ ވާދަވެރިން ގޮވައިގެން އައިސް، ރައީސްގެ ގޮނޑީގައި އިނދެ މިކިޔަނީ ކޯލިޝަނޭ. މިމައްސަލާގައި ބުރާސްފަތި ދުވަހު ކޯޓަށްވެސް ދާނަން! އަޅުގަނޑު ސީދާ މިކަމަށް ވަކާލާތު ކުރާނީވެސް

ޖާބިރު ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު އިންތިޚާބުވެފައި ހުރީ ގާނޫނާއި ޚިލާފަށް ކަމަށެވެ. ފަންސާސް އިންސައްތަ ނުލިބުމުން އަދާވާތްތެރިން ގޮވައިގެން އައިސް ކޯލިޝަން ހެދުމަކީ ގާނޫނު އަސާސީ ޖާގަދޭ ކަމެއް ނޫންކަމަށް ވިދާޅުވިއެވެ. އަދި އެގްރީމެންޓެއްގެ ދަށުންކަމަށް ބުނާއިރު، މިހާތަނަށް އެއެގްރީމަންޓެއް ފެންނަން ނެތްކަމަށްވެސް ޖާބިރު ވަނީ ވިދާޅުވެފައެވެ.

ސަރުކާރު ހިންގާ ނިޒާމަށާއި ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ފާޑު ވިދާޅުވަމުންދާއިރު، ޖާބިރަކީ ރައީސް ސޯލިހުުގެ ސްޕެޝަލް އެންވޯއީގެ މަގާމަށް އައްޔަންކުރެއްވި ބޭފުޅެކެވެ. އަދި މިވެރިކަން ގެނައުމަށް ޚަރަދުކުރެއްވިކަމަށް ޖާބިރު ވަނީ މީގެ ކުރިން އެތައް ފަހަރެއް މަތިން ތަކުރާރުކުރައްވާފައެވެ.

ވަރަށް ގަދަ
100%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: