ހުޅުމާލޭގައި ރޭ ނިޔާވި 21 އަހަރުގެ ޒުވާނާ ކޮވިޑަށް ޓެސްޓު ކުރިއިރު ބައްޔަށް ޕޮޒިޓިވްވެފައިވާކަމަށް ހެލްތް އިމަޖެންސީ އޮޕަރޭޝަންސް ސެންޓަރުން ހާމަކޮށްފިއެވެ.
ރޭގެ ވަގުތެއްގައި އެ އަންހެން ކުއްޖާ ހޮސްޕިޓަލަށް ގެންދިޔަ އިރު ވެސް ވަނީ ނިޔާވެފައެވެ. ރޭގެ 11:30 ހާއިރު ހިނގި އެ ހާދިސާގެ މައްސަލަ ފުލުހުން މިހާރު ދަނީ ބަލަމުންނެވެ.
މިހާރު އޮންނަ އުސޫލުގެ ދަށުން ކުއްލި މަރުތަކުގައި މަރުވާވީހުން ކޮވިޑަށް ޓެސްޓު ކުރެއެވެ. އެގޮތުން ރޭ ހޮސްޕިޓަލަށް ގެނައި ޒުވާނާ ވެސް ޓެސްޓު ކުރިއިރު ބައްޔަށް ޕޮޒިޓިވް އެވެ.
އެޗްއީއޯސީ މީޑިއާ ގްރޫޕުގައި މިއީ ކޮވިޑު މަރެއްތޯ ސުވާލު ކުރުމުން، އެ ސެންޓަރުން ބުނެފައިވަނީ މިއީ ކޮވިޑު މަރެއް ނޫން ކަމަށެވެ.

