އިދިކޮޅު ޕީޕީއެމް އިން ހުކުރު ދުވަހު މާލޭގައި ބޭއްވި ސައިކަލް ބުރާއި ގުޅިގެންނެވެ.

ރައީސް ވަހީދަށް ފަސޭހަފުޅު ވަގުތެއްގައި ފުލުސް އޮފީހަށް ހާޒިރުވާން ފުލުހުން އެންގުމުން އެމަނިކުފާނު ނިންމަވާފައި ވަނީ މިއަދު ހަވީރު 16:00 ގައި ފުލުހުންގެ އިދާރާއަށް ހާޒިރުވުމަށެވެ.

ޕީޕީއެމް އިން ބޭއްވި ސައިކަލް ބުރާއި ގުޅިގެން ރައީސް ވަހީދު ފުލުހަށް ހާޒިރު ކުރާއިރު، ޕީޕީއެމްގެ ސައިކަލް ބުރުގައި ބައިވެރިވި މީހުންނާއި މުހާތަބުކޮށް ރައީސް ވަހީދު ވާހަކަފުޅު ދައްކަވާފައި ވާތީ ކުރީގެ ރައީސް މުހައްމަދު ނަޝީދާއި އެމްޑީޕީއަށް ނިސްބަތްވާ ރައްޔިތުން މަޖިލީހުގެ މެންބަރުން ވެސް ވަނީ ރައީސް ވަހީދަށް ފާޑުވިދާޅުވެފައެވެ.