ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޑރ.ވަހީދު އާއި ޑރ.ޝައިނީ ޖުމްހޫރީ ޕާޓީއަށް

ޝެއާރކޮށްލާ ކަހަލަދޯ؟

ކުރީގެ ރައީސް ޑރ.މުހައްމަދު ވަހީދު ހަސަން މަނިކު އާއި ކުރީގެ ފިޝަރީޒް މިނިސްޓަރ ޑރ.މުހައްމަދު ޝައިނީ ޖުމްހޫރީ ޕާޓީއަށް ސޮއި ކުރައްވައިފިއެވެ.

ދެބޭފުޅުން ޖުމްހޫރީ ޕާޓީއަށް ސޮއި ކުރެއްވީ މާމިގިލީގައި ކުރިއަށްދިޔަ ޖުމްހޫރީ ޕާޓީގެ ކެމްޕޭން ޖަލްސާގައެވެ. ރައީސް ވަހީދު އާއި ޝައިނީގެ ފޯމާއި ހަވާލުވެވަޑައިގެންނެވީ ގާސިމްއެވެ.

ރައީސް ވަހީދު ފާއިތުވި ދިހަވަރަކަށް އަހަރު ހުންނެވީ ޕީޕީއެމްގައެވެ. ވަހީދު ޕީޕީއެމް އިން އިސްތިއުފާ ދެއްވީ އެޕާޓީން ރިޔާސީ ކެންޑިޑޭޓަކު ނެރުމަށް ލިބުނު ފުރުސަތުގެ ބޭނުން ނުކުރިކަމަށް ވިދާޅުވެއެވެ.

ރައީސް ޔާމީންގެ ސަރުކާރުގައި މުހިއްމު ޒިންމާތަކެއް އަދާކުރެއްވެވި ޝައިނީ ރައީސް ޔާމީންގެ ސަރުކާރު ނިމުނުފަހުން ސިޔާސީ މައިދާނުން ނުފެނި ހުރުމަށްފަހު ރޭ ޖުމްހޫރީ ޕާޓީއާއި ގުޅިވަޑައިގެން ޝައިނީވަނީ ދިވެހި ރައްޔިތުން ގާސިމްއަށް ވޯޓް ދެއްވަންވީ ކުރިއަށް އޮތް ފަސް އަހަރުގެ ތެރޭގައި މިގައުމު އަނދަވަޅުގަނޑަކަށް ވެއްޓުމުން ސަލާމަތްކުރުމަށްކަމުގައި ވިދާޅުވެފައެވެ. އަމިއްލަ މަސްލަހަތު ދޫކޮށް ގައުމަށްޓަކައި މަސައްކަތްކުރާނެ ކެނޑިޑޭޓަކަށް ހުންނެވީ ގާސިމްކަަމަށް ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: