ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ދިވެހިންގެ މަސްލަހަތައް އެންމެ ރަނގަޅުގޮތަކީ ޗައިނާއާއިވެސް ގުޅިގެން މަސައްކަތްކުރުން: ޑރ ވަހީދު

ކުރީގެ ރައީސް ޑރ މުހައްމަދު ވަހީދު ހަސަން މަނިކު
ޝެއާރކޮށްލާ ކަހަލަދޯ؟

ދިވެހިރާއްޖޭގެ ކުރިމަގު ބިނާ ކުރުމަށް އެންމެ ރަނގަޅު މަގަކީ، ޗައިނާވެސް ހިމެނޭހެން ހުރިހާ ގައުމަކާއި ގުޅިގެން މަސައްކަތް ކުރުންކަމަށް ކުރީގެ ރައީސް ޑރ މުހައްމަދު ވަހީދު ހަސަން މަނިކު ވިދާޅުވެއްޖެއެވެ.

ޗައިނާގެ ފޮރިން މިނިސްޓްރީގެ ކުރީގެ ނައިބު ވަޒީރު އިސްވެ ހުންނަވައިގެން ކުރިއަށް ގެންދިޔަ ޗައިނާ- އިންޑިއަން އޯޝަން ރީޖަން ފޯރަމް އޮން ޑިވެލޮޕްމެންޓް އެންޑް ކޯޕަރޭޝަންގައި ރައީސް ވަހީދު ބައިވެރިވެލެއްވުމާއި އެކު، ދިވެހި ސަރުކާރުން އެމަނިކުފާނު ބައިވެރިވެލެއްވީ ރާއްޖޭގެ ފަރާތުން ނޫންކަމަށް ބުނުމާއި އެކު، ޗައިނާއިންވަނީ އެ ބައްދަލުވުމުގައި ރަސްމީގޮތުން ދިވެހިރާއްޖެ ބައިވެރި ނުވުމަކީ ހިތާމަވެރި ކަމެއް ކަމަށް ސިފަކޮށްފައެވެ.

ފޯރަމްގައި ރައީސް ވަހީދު ބައިވެރިވުމާއި އެކު އުފެދިފައިވާ މައްސަލައަށް އަލިއަޅުވައި އެމަނިކުފާނު ވަނީ ބަޔާނެއް ނެރުއްވާފައެވެ. ރައީސް ވަހީދު ވިދާޅުވެފައިވާގޮތުން ދިވެހިރާއްޖޭގެ މަސްލަހަތައް އެންމެ ރަނގަޅު ގޮތަކީ ޗައިނާވެސް ހިމެނޭހެން އެހެނިހެން ގައުމުތަކާއި އެކު މަސައްކަތް ކުރަމުންދިއުންކަމަށެވެ. އަދި ޗައިނާއަށް ދިވެހިރާއްޖޭގެ ތަރައްގީއަށް ކޮށްދީފައިވާ އަގު ހުރި ކަންކަމަށް މުޅި ދިވެހި ގައުމު ޝުކުރުވެރިވާކަމަށް ރައީސް ވަހީދު ވިދާޅުވިއެވެ.

ރައީސް ވަހީދު ވިދާޅުވީ، އެމަނިކުފާނު އެ ފޯރަމުގައި ބައިވެރިވެލެއްވީ އެ ބައްދަލުވުމުގައި ވާހަކަދެއްކެވުމަށް ލިބިލެއްވި ދައުވަތެއްގެ މަތިންކަމަށެވެ. އަދި އެމަނިކުފާނު ބައިވެރިވެލެއްވީ އިސްވެ ރިކޯޑުކުރެވިފައިވާ ވީޑިއޯ މެސެޖެއްގެ ޒަރިއްޔާއިންކަމަށާއި ވިޑިއޯގައި އެމަނިކުފާނުވަނީ ނޫ އިގްތިސާދެއް ބިނާ ކުރުމަށް ޗައިނާއިން އިސްނަގައިގެން ކުރަމުންދާ މަސައްކަތްތަކަށް މަރުހަބާ ކިޔާ، މޫސުމީ ބަދަލުތަކުގެ ސަބަބުން ކުރަމުންދާ ނޭދެވޭ އަސަރުތައް ކުޑަ ކުރުމަށް ކުރަމުންދާ މަސައްކަތްތަކަށް އަލި އަޅުއްވާފައިކަމަށް ރައީސް ވަހީދު ވިދާޅުވިއެވެ.

ރައީސް ވަހީދު ވިދާޅުވީ، އެމަނިކުފާނަށް ދައުވަތު ދެއްވާފައިވަނީ އަމިއްލަ ހައިސިއްޔަތުން ވާހަކަދެއްކެވުމަށްކަމަށެވެ. އަދި ދައުވަތު ލިބިފައިވަނީ އެމަނިކުފާނު ހާސިލުކޮށްފައިވާ ތައުލީމާއި ތަޖުރިބާގެ މައްޗަށް ބިނާކޮށްކަމަށްވެސް ރައީސް ވަހީދު އިޝާރާތްކުރެއްވިއެވެ.

މީގެ އިތުރުން ރައީސް ވަހީދު ވިދާޅުވީ، އެމަނިކުފާނު އަބަދުވެސް ދިވެހިންގެ މަސްލަތަައްޓަކައި މަސައްކަތްކޮށްދެއްވާނެކަމަށެވެ. އެހެން ނަމަވެސް އެއްވެސް ތަނެއްގައި އެމަނިކުފާނުގެ ހައިސިއްޔަތު އަދި އަދާކުރައްވާ ރޯލު އޮޅުވާ ނުލައްވާނެކަމަށްވެސް ރައީސް ވަހީދު ފާހަގަކުރެއްވިއެވެ.

ވަރަށް ގަދަ
100%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: