ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މިއީ ކުރިން ދިވެހިން ދަންނަ ރާއްޖެއެއް ނޫން، ރާއްޖެ މިހާލަތައް ވެއްޓުނު ސަބަބު ބަލަން ޖެހޭ: ޑރ ވަހީދު

ކުރީގެ ރައީސް ޑރ.ވަހީދު /ފޮޓޯ: ޓްވިޓަރ
ޝެއާރކޮށްލާ ކަހަލަދޯ؟

މިއީ ކުރިން ދިވެހިން ދަންނަ ރާއްޖެ ނޫންކަމަށާއި ރާއްޖެ މިހާލަތައް ވެއްޓުނު ސަބަބު ބަލަންޖެހޭކަމަށް ކުރީގެ ރައީސް ޑރ މުޙައްމަދު ވަހީދު ހަސަން މަނިކު ވިދާޅިވެއްޖެއެވެ.

އަނިޔާވެރިގޮތަކަށް ރޭ މާލޭގައި މަރާލާފައިވާ އުމުރުން 22 އަހަރުގެ އަންހެންކުއްޖާގެ މައްސަލައާ ގުޅިގެން އެކަމުގެ ކަންބޮޑުވުން ފާޅުކޮށް ޑރ ވަހީދު ކޮށްފައިވާ ފޭސްބުކް ޕޯސްޓެއްގައިވަނީ ރާއްޖެ މިހާލަތައް ވެއްޓުނު ސަބަބާމެދު ވިސްނާ ފިކުރުކޮށް ކަންކަން ރަނގަޅުކުރަން މަސައްކަތް ކުރަން ޖެހޭކަމަށެވެ.

ރޭ ހިނގި އަނިޔާވެރި މަރުގެ ހާދިސާއާއެކު މުޅި ޤައުމު އޮތީ ސިހުމެއްގެ ތެރޭގައިކަމަށް ސިފަކުރައްވާ ވަހީދުވިދާޅުވީ މިއީ ދިވެހީން ކުރިން ދެކުނު ރާއްޖެ ނޫނަކަމަށާއި މީގެ އަހަރުތަކެއް ކުރިން ރާއްޖެއަކީ މީހަކު މެރިކަމުގެ އަޑުވެސް އިވިފައިވާ ޤައުމެއް ނޫންކަމަށާއި މިއަދު ރާއްޖެ މިހާލަތައް ދިޔަ ސަބަބު ތަކާމެދު ވިސްނާ ފިކުރު ކުރަން ޖެހޭކަމަށް އެ ޕޯސްޓުގައި ވެއެވެ.

”އަޅުގަނޑު އުއްމީދުކުރަން އަޅުގަނޑުމެން އެއް މުޖުތަ އުއެއްގެ ގިޮތުގައި ހުއްޓިތިބެ މި ކަންކަމާއިމެދު ވިސްނާ މިކަންކަން ނުހިނގާނެ ގޮތްތަކާމެދު ވިސްނާ ކަންކަން ރަނގަޅުކުރަން މަސައްކަތް ކުރާނެކަމަށް” ރައީސް ވަހީދުގެ ޕޯސްޓިުގައި ވިދާޅުވެފައިވެއެވެ.

އަނިޔާވެރި ގޮތަކަށް ޝިއާއު މަރާލާފައި ވަނީ އޭނާގެ ބޮލާއި އަދި އަތްފައި ވަކިކޮށްގެންނެވެ. ހާދިސާ ހިނގަން މެދުވެރިވީ ސަބަބު އަދި ސާފު ނުވާއިރު ރޭ ގަތުލު ހިނގުމުގެ ކުރިން އެ ސަރަހައްދުގައި އުޅޭ މީހުންނަށް ވަނީ އެ ދެ މީހުންގެ ޒުވާބުގެ އަޑު އިވިފަ އެވެ.

މައްސަލައިގައި ޝާހިލް ހައްޔަރު ކުރީ ކުށުގެ ވެށީންނެވެ. އޭނާ ހައްޔަރު ކުރިކަން ހިއްސާ ކުރުން ފިޔަވައި އިތުރު އެއްވެސް މައުލޫމާތެއް ފުލުހުން ނުދެ އެވެ. ނަމަވެސް ފުލުހުން އެކަން ކަށަވަރުކޮށް ނުދެ އެވެ. މީޑިއާތަކުގެ ސުވާލުތަކަށް ވިދާޅުވީ، މައްސަލައިގެ ވަރަށް ކުރީކޮޅުކަމުން އިތުރު މައުލޫމާތެއް ދެވެން ނެތް ކަމަށެވެ.

ހަށިގަނޑު ދުށް ބައެއް މީހުން ބުނާ ގޮތުގައި ޝާހިލް ވަނީ ޝިއާއުގެ ހަށިގަނޑު ނައްތާލުމަށް މަސައްކަތްކޮށްފަ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: