ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ގާސިމް މި އިންތިހާބު ކާމިޔާބު ކުރާނީ އެއްބުރުން، އެހެން ފަރާތަކަށް ފުރުސަތެއް ނުދޭނަން: ޑރ ވަހީދު

ކުރީގެ ރައީސް ޑރ މުހައްމަދު ވަހީދު ހަސަން މަނިކު ގާސިމްގެ ކެމްޕެއިންގައި ވާހަކަދައްކަވަނީ.
ޝެއާރކޮށްލާ ކަހަލަދޯ؟

ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެނޑިޑޭޓު ގާސިމް އިބްރާހީމް މިއަހަރުގެ ރިޔާސީ އިންތިހާބު ކާމިޔާބު ކުރައްވާނީ އެއްބުރުންކަމަށް ގާސިމް އާއި ދާދި ފަހުން ގުޅިވަޑައިގަތް ކުރީގެ ރައީސް ޑރ މުހައްމަދު ވަހީދު ހަސަން މަނިކު ވިދާޅުވެއްޖެއެވެ.

މިލަންދޫގައި ބޭއްވި ގާސިމްގެ ކެމްޕެއިން ޖަލްސާގައި ވާހަކަދައްކަވަމުން ޑރ ވަހީދު ވިދާޅުވީ، އޭނާ ގާސިމްއާއިއެކު ހުންނެވި ސަބަބަކީ ގާސިމްއަކީ މިއަހަރުގެ ރިޔާސީ އިންތިހާބަށް ކުރިމަތިލައްވާފައިވާ ބޭފުޅުންގެ ތެރެއިން އެންމެ ރަނގަޅު ބޭފުޅާއަށްވާތީކަމަށެވެ. ޑރ ވަހީދު ވިދާޅުވީ މި ސަރުކާރުގެ ދަރަނި އެހެން ސަރުކާރުތަކަށްވުރެ ވަރަށް ބޮޑުކަމަށެވެ. އެހާ ގިނަ އަދަދެއް ދަރަނީގެ ގޮތުގައި ހުރީ، ރަހުމަތްތެރިންނާއި ރަށްޓެއްހިންނަށް ބަދަލުގެ ނަމުގައި ފައިސާ ބެހުމުންކަމަށެވެ.

މިރޭ ށ މިލަންދޫގައި ޖޭޕީއިން ބޭއްވި ގާސިމްގެ ކެމްޕެއިން ޖަލްސާގެ ތެރެއިން.

މިކަމުގެ ސަބަބުން ގައުމު އޮތީ ވަރަށް ނުރައްކާ ހާލަތެއްގައިކަމަށް ފާހަގަކޮށް ޑރ ވަހީދު ވިދާޅުވީ މި ސަރުކާރަށް ދެވަނަ ދައުރެއް ދެއްވައިފިނަމަ ގައުމު ހާލަތު ވަރަށް ގޯސްވެގެންދާނެކަމަށެވެ.

އަޅުގަނޑު ގަބޫލުކުރާ ގޮތުގައި މިކަން ކުރެވޭނެ އެހެން ކެނޑިޑޭޓަކު ނެތީ، އެހެންވެގެން ގާސިމްގެ ފަހަތުގައި މިހުރީ.

ޑރ ވަހީދު ވިދާޅުވިއެވެ.

މިއަހަރުގެ ރިޔާސީ އިންތިހާބު ގާސިމް ކާމިޔާބު ކުރައްވާނީ އެއްބުރުންކަމަށް ފާހަގަކޮށް ޑރ ވަހިދު ވިދާޅުވީ، ފުރުސަތު ދޭންޖެހޭ ހަމައެކަނި ކެނޑިޑޭޓަކީ ގާސިމްކަމަށެވެ. ޑރ ވަހީދު ވިދާޅުވީ ހަމަޖެހިގެން ގޭގައި މަޑު ކުރެވެން އޮތް ނަމަވެސް ނިކުމެވަޑައިގެން އެ ހުންނެވީ ރާއްޖެއަށް ދިމާވި ނުރައްކާތަކުން ގައުމު ސަލާމަަތްކުރަން މީގެ ކުރިން ކުރި ބުރަ މަސައްކަތުން ހޯދައިދިން ހައްގުތައް ގެއްލިގެންދާތީ އެ ހައްގުތައް ރައްޔިތުންނަށް އަނބުރާ ކަށަވަރުކޮށްދިނުމަށްކަމަށެވެ.

އެގޮތުން ޑރ ވަހީދު ގައުމުގެ ސަލާމަތާއި މިނިވަންކަން ގާއިމްކުރުމަށްޓަކައި ގާސިމްއާއިއެކު ގިނަ މަސައްކަތްތަކެއް ކުރެވިފައި އެބަހުރިކަމަށެވެ. އެގޮތުން ޖީއެމްއާރުގެ ފަރާތުން މައި އެއާޕޯޓު ހޯދުންވެސް ފާހަގަކުރެއްވިއެވެ. އަދި ރާއްޖޭގެ ހަރު މުދާތައް އެހެން ފަރާތްތަކުގެ އަތް މައްޗަށް ނުގޮސް ހިފެހެއްޓުމަށްވެސް ގިނަ މަސައްކަތްތަކެއް ކުރެވިފައިވާނެކަމަށް ފާހަގަކޮށް ޑރ ވަހީދު ވިދާޅުވީ، އެހެންކަމުން ފަހަތަށް ޖެހެވެން ނެތްކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 100%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: