ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޕީޕީއެމްގެ އެތެރޭގެ ވާހަކަތަކާއިއެކު ޕާޓީ ދޫކޮށް، ގާސިމްގެ އަރިހަށް ވަޑައިގެން ސަބަބު ޑރ ވަހީދު ތަފްސީލުކޮށްދެއްވައިފި!

ޖުމްހޫރީ ޕާޓީއިން ކުޅުދުއްފުށީގައި ބޭއްވި ކެމްޕެއިން ޖަލްސާ.
ޝެއާރކޮށްލާ ކަހަލަދޯ؟

އިދިކޮޅު ޕީޕީއެމް ދޫކޮށް، ޖުމްހޫރީ ޕާޓީއާއި ގުޅިވަޑައިގެން ސަބަބު ކުރީގެ ރައީށް ޑރ މުހައްމަދު ވަހީދު ތަފްސީލުކޮށްދެއްވައިފިއެވެ.

ޖުމްހޫރީ ޕާޓީގެ ލީޑަރ ގާސިމް އިބްރާހީމްގެ ކެމްޕެއިންއަށް ހދ ކުޅުދުއްފުށީގައި ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން ޑރ ވަހީދު އެންމެ ފުރަތަމަ އަލިއަޅުއްވާލެއްވީ ތާރީހަށެވެ. އެގޮތުން މީގެ އެތައް އަހަރެއް ކުރިން ކުޅުދުއްފުށީގައި ތާރު އެޅުމަށް ކުރި މަސައްކަތާއި، ދިމާވި ގޮންޖެހުންތަކާއި ގުޅޭ ގޮތުން ވާހަކަދެއްކެވިއެވެ. ތާރު އަޅާއިރަށް، ތާރު ހަލާކު ކޮށްލި ނަމަވެސް އެއީ ރަށުގެ ރައްޔިތުން ގާތު އަހައި އޮޅުންފިލުވައިގެން، ރައްޔިތުން ބޭނުންވާ ގޮތަށް ކުރެއްވި މަސައްކަތެއްކަމަށް ޑރ ވަހީދު ވިދާޅުވިއެވެ.

އެއަށްފަހު ޑރ ވަހީދު ވިދާޅުވީ ގިނަ ދުވަސްތަކެއް ވަންދެން އޭނާ ޕީޕީއެމްގައި ހުންނެވުމަށް ފަހު އެ ޕާޓީއާއި ވަކިވެވަޑައިގަތީ މަޖުބޫރުވެގެންކަމަށެވެ. މިދިިޔަ އަހަރުގެ ތެރޭގައި އިދިކޮޅުގެ ރިޔާސީ ޓިކެޓު ރަސްމީކޮށް ހަވާލުކުރި، ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްއަށް ވާދަނުކުރެވިއްޖެ ހާލަތެއްގައި، އިދިކޮޅުގެ ރިޔާސީ ޓިކެޓު އޭނާއަށް ލިބިވަައިގެންފާނެކަމަށް އުއްމީދުކުރިކަމަށް ޑރ ވަހީދު ވިދާޅުވިއެވެ.

ޕީޕީއެމްގައި އޭރު އޮތީ 3 އޮޕްޝަނެއްކަމަށާއި، އެގޮތުން ޕްލޭން އޭއަކީ ރައީސް ޔަމީން މިނިވަންވުންކަމަށް ފާހަގަކޮށް ޑރ ވަހީދު ވިދާޅުވީ، ޕްލޭން ބީގައި އޮތީ ރައީސް ޔާމީން މިނިވަން ނުވެއްޖެ ހިނދެއްގައި ޕީޕީއެމްއިން އެހެން ކެނޑިޑޭޓެއް ނެރުންކަމަށެވެ. ޕްލޭން ސީގެ ގޮތުގައި ޑރ ވަހީދު ވިދާޅުވީ ޕްލޭން ސީ ވޯކް ނުކޮށްފި ހާލަތެއްގައި ޕީއެންސީއިން ކެނޑިޑޭޓަކު ނެރުމެވެ.

އަޅުގަނޑަށް ކޮންމެ ބޭފުޅެއްގެ އަރިހުގައިވެސް ހުރެވިދާނެ. ދެން އަޅުގަނޑު ވިސްނީ ދިވެހި ރާއްޖެއަށް އެންމެ ރަނގަޅު ގޮތް ވަނީ ކިހިނެއް ހެދިއްޔާތޯ.

ޑރ ވަހީދު ވިދާޅުވިއެވެ.

ވަގުތު ލިބުނު ނަމަވެސް، ކަންތައްތައް ހިނގައިދިޔައީ ރައީސް ޔާމީން އެނދުނު ގޮތަކަށް ނޫންކަމަށާއި، ބޮއިކޮޓްކުރުމަށް ނުވިސްނާކަމަށް ރައީސް ޔާމީން އެންގެވިކަމަށް ޑރ ވަހީދު ވިދާޅުވިއެވެ. ޕީޕިއެމްއިން ކެނޑިޑޭޓަކު ނެރުމަށް ރައީސް ޔާމީން އެދުނު ނަމަވެސް ޕީޕީއެމްގެ އެއްވެސް މެންބަރަކަށް މި އިންތިހާބުގައި ވާދަކުރުމުގެ ފުރުސަތު ނުދިންކަމަށް ޑރ ވަހީދު ވިދާޅުވިއެވެ.

ޑރ ވަހީދު ވިދާޅުވީ އޭނާ 10 އަހަރު ދުވަހު އެ ޕާޓީގައި ހުރިއިރު، އެއްވެސް އިހުތިރާމެއް ނެތި ކަންކަން ދިއުމުން އެ ޕާޓީގައި ހުންނަންޖެހޭކަމަށް ގަބޫލު ނުކުރައްވާކަމަށެވެ.

އެހެންކަމުން އޭނާ ވިސްނީ ގައުމަށް އެންމެ ފައިދާ ހުރި، ގައުމު ސަލާމަތުގެ އައްސޭރިއަކަށް ގެންދެވޭނެ ގޮތްކަމަށް ފާހަގަކޮށް ޑރ ވަހީދު ވިދާޅުވީ، ގާސިމް އާއި ގުޅިވަޑައިގަތީ އެގޮތުގެ މަތިންކަމަށެވެ. އަދި އިޝާރާތްކުރެއްވީ އެންމެ ފުރަތަމަ އެމްޑީޕީ އުފެދިގެން އައިރު، ދެބޭފުޅުން އެކުގައި ކުރެއްވި މަސައްކަތަށެވެ. ގާނޫނު އަސާސީއަށް އިސްލާހު ގެނައުމަށްވެސް މަސައްކަތް ކުރެއްވިންކަމަށާއި އަދި އައި ކޮންމެ ސަރުކާރެއް ގެނައުމަށްވެސް ގާސިމް ވަނީ މަސައްކަތްކޮށްދެއްވާފައިކަމަށް ޑރ ވަހީދު ވިދާޅުވިއެވެ. ސަރުކާރު ގެނައުމަށްފަހު، ވުޒާރާތައް ހިންގެވުމުގައިވެސް ގާސިމް މަސައްކަތް ކުރައްވާފައިވާކަމަށާއި، ކޮންމެ ދާއިރާއަކުން ނަމަވެސް ގާސިމްގެ ތަޖުރިބާ ހުންނަވާނެކަމަށް ވިދާޅުވިއެވެ.

ދެ ގޮތެއް ނެތި، 40 އަކަށް އަހަރު ގާސިމް ވަނީ ގައުމަށް ހިދުމަތްކޮށްދެއްވާފައިކަމަށް ޑރ ވަހީދު ވިދާޅުވިއެވެ. އޭނާ ގާސިމްއަށް އިތުބާރު ކުރަންކަމަށް ފާހަގަކޮށް ޑރ ވަހީދު ވިދާޅުވީ، ގައުމަށް ކުރިމަތިވެފައިވާ ދަރަނިން ގައުމު ސަލާމަތްކޮށްދީ، މިނިވަންކަން ދެމެހެއްޓޭނީ ގާސިމްއަށްކަމަށާއި، ރައްޔިތުންގް ފޯރުންތެރިކަމާއި، އުފެންދުންތެރިކަން އިތުރުކޮށްދެވޭނީވެސް ގާސިމްއަށްކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 100%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: