ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މުއިއްޒު ޓިކެޓު ހޯދީ ސެނެޓު ގަނެގެން، އެއީ އެމްޑީޕީގެ އެޖެންޓެއްކަމަށް ބުނޭ: ޑރ ވަހީދު

ޑރ ވަހީދު ވަހީދު ރައީސް ޔާމީންގެ އިސް ގާނޫނީ ވަކީލު ޑރ ޖަމީލް އާއިއެކު.
ޝެއާރކޮށްލާ ކަހަލަދޯ؟

ޕީއެންސީގެ ރިޔާސީ ޓިކެތު ޑރ މުހައްމަދު މުއިއްޒު ކާމިޔާބު ކުރެއްވީ، ޕާޓީގެ ސެނެޓު މެންބަރުންގެ ވޯޓު ގަނެގެންކަމަށް ކުރީގެ ރައީސް ޑރ މުހައްމަދު ވަހީދު ވިދާޅުވެއްޖެއެވެ.

ޑރ ވަހީދު  ދާދި ފަހުން ޕީޕީއެމްއާއި ވަކިވެވަޑިެގެންވީ، ޕީޕީއެމްއިން މިއަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަނުކުރުމަށް ނިންމާ ޕީއެންސީގެ ރިޔާސީ ޓިކެޓު މުއިއްޒު ކާމިޔާބު ކުރެއްވުމަށްފަހުއެވެ. އެއަށްފަހު އެމަނިކުފާނު ޖުމްހޫރީ ޕާޓީ (ޖޭޕީ) އާއި ގުޅިވަޑައިގެންނެވީ ލިބިފައިވާ ތަޖުރިބާގެ ބޭނުން ހެޔޮ ގޮތުގައި، ރަނގަޅު މާހައުލަކަށް ބޭނުން ކުރެއްވުން މުހިންމުކަމަށް ވިދާޅުވެއެވެ.

އެއަށްފަހު ގާސިމްގެ ކެމްޕެއިން ހަރަކާތްތަކުގައި ބައިވެރިވަމުން އަންނައިރު، ޑރ ވަހީދު ވަނީ ރޭ ހދ ކުޅުދުއްފުށީގައި އޮތް ޖަލްސާގައި، ޕީޕީއެމްގެ ރިޔާސީ ޓިކެޓު ލިބޭނެކަމަށް އުއްމީދު ކުރެއްވިންކަމަށް ވިދާޅުވެފައެވެ. ނަމަވެސް ޕާޓީއިން ކަންތައް ކުރީ ވަރަށް އިހާނެތިކޮށްކަމަށް ދޭހަވާފަދަ މޭރުމަކުން ވާހަކަދެއްކެވުމަށްފަހު، މިއަދު ގާސިމްގެ ކެމްޕެއިންގައި ށ ގޮއިދޫއަށް ވަޑައިގެން ޑރ ވަހީދު ވިދާޅުވީ، މި އަހަރުގެ ރިޔާސީ އިންތިހާބުގައި ވޯޓުދެއްވަންޖެހޭ އެއްވެސް ކެނޑިޑޭޓަކު ނެތްކަމަށެވެ. ޕީޕީއެމްގެ ކެނޑިޑޭޓަކު ހުރިކަމަށް ބަޔަކު ބުނި ނަމަވެސް، ހަގީގަތުގައި ޕީޕިއެމްގެ ކެނޑިޑޭޓެއް ނެތްކަމަށް މުއިއްޒު ވިދާޅުވިއެވެ.

ޕީއެމްގެ ކެންޑިޑޭޓެއް މިއަދަކު ނެތޭ. މިއަދު ހުރީ ކުޑަކުޑަ ޕާޓީއަކުން ނުކުމެ ހުރި، އެމްޑީޕީ މީހުން ބުނާ ގޮތުން ވިއްޔާ، އެ ބޭފުޅުންގެ އެޖެންޓެއް. އެ މީހުން ފައިސާ ދީގެން 25 ވޯޓު ގަތް ބޭފުޅެއް.

ޑރ ވަހީދު ވިދާޅުވިއެވެ.

ޑރ ވަހީދު ގާސިމްގެ ކެމްޕެއިން ޖަލްސާއެއްގައި.

މުއިއްޒު ޕީއެންސީގެ ޓިކެޓު ކާމިޔާބުކުރެއްވީ، ޕާޓީގެ 25 ސެނެޓު މެންބަރުންނަށް ފައިސާ ދީގެން ވޯޓު ގަނެގެންކަމަށް ޑރ ވަހީދު ތުހުމަތުކުރެއްވިއެވެ. އަދި ވިދާޅުވީ އެމްޑީޕީ މީހުން ބުނާ ގޮތުގައި، މުއިއްޒަކީ އެމްޑީޕީގެ އެޖެންޓެއްކަމަށެވެ.

މުއިޒު ޓިކެޓު ކާމިޔާބު ކުރެއްވީ އޭނާއާއިއެކު އެ އިންތިިހާބުގައި ވާދަކުރި މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް އުމަރާއި 2 ވޯޓުގެ ތަފާތަކުންނެވެ. ޕީއެންސީއިން އިންތިހާބުގައި ވާދަކުރުމަށް ނިންމީ އިދިކޮޅުގެ ޓިކެޓު ރަސްމީކޮށް ހަވާލުކުރި، ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް މިނިވަން ނުވާނެކަން އެނގުމުންނެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 9%ވަރަށް ގަޔާވޭ 73%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 9%ވަރަށް ދެރަ 9%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: