ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކޮވިޑް-19: މިއަދު ރާއްޖެ އިން ޕޮޒްޓިވްވީ 89 މީހުން

ކޮވިޑް19 އަށް ޓެސްޓްކުރުމުގެތެރެއިން... ފައިލް ފޮޓޯ
ޝެއާރކޮށްލާ ކަހަލަދޯ؟

މިއަދު އިރުއޮއްސި 18:00 އާއި ހަމައަށް ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ރާއްޖެ އިން ކޮވިޑް-19 އަށް ފައްސިވީ 89 މީހުން ކަމަށް އެޗްޕީއޭ އިން ވިދާޅުވެއްޖެއެވެ.

އެހެންކަމުން މިއަދަކީ އޮގަސްޓް މަހުގެ 14 ވަނަ ދުވަހަށް ފަހު ރާއްޖެ އިން އެންމެ މަދުން މީހުން ކޮވިޑް-19 އަށް ފައްސިވި ދުވަހެވެ.

އެޗްޕީއޭއިން ބުނީ، މިއަދު ފައްސިވި މީހުންގެ ތެރޭގައި ހިމެނެނީ 63 ދިވެހީންނާއި ބަންގްލަދޭޝްގެ 20 މީހަކާއި، އިންޑިއާގެ ފަސް މީހަކާއި ލަންކާ މީހެއް ކަމަށެވެ.

މިއާއެކު ރާއްޖެއިން ފައްސިވި މީހުންގެ ޖުމްލަ ވަނީ 7667 އަށް އަރައިފައެވެ.

އަދި ބަލި ޖެހުނު މީހުންގެ ތެރެއިން މިހާތަނަށް 5036 މީހަކު މުޅިން ރަނގަޅުވެފައި ވާއިރު، މިވަގުތު އެކްޓިވް ކޭސްތަކުގެ ގޮތުގައި ތިބީ 2597 މީހެކެވެ.

ކޮވިޑް-19 ގައި ރާއްޖެއިން މިހާތަނަށް 28 މީހަކު ވަނީ ނިޔާވެފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: