ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެއްވެސް ސިޔާސީ ޕާޓީއަކާއި މެދު ތަފާތު ކުރުމެއް ނުގެން ގުޅެން، އަމަލު ކުރަނީ ހަމަހަމަކޮށް: އީސީ

އީސީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގެ ތެރެއިން: ފައިލް ފޮޓޯ
ޝެއާރކޮށްލާ ކަހަލަދޯ؟

އިލެކްޝަންސް ކޮމިޝަނުން އާއްމުކޮށްފައިވާ ބަޔާނެއްގައި ބުނެފައިވަނީ އެ ކޮމިޝަނަކީ ގާނޫނު އަސާސީގެ ދަށުން ވަކި ފަރާތަކަށް ބުރަ ނުވާ، މުސްތަގިއްލު މުވައްސަސާއެއް ކަމަށެވެ. އަދި ކޮމިޝަންގެ ވާޖިބުތަކާއި މަސްއޫލިއްޔަތުތައް އަދާ ކުރަމުންދަނީ އިލެކްޝަންސް ކޮމިޝަންގެ ގާނޫނާއި އެއްގޮތްވާ ގޮތުގެ މަތީން ކަމަށެވެ. ހަމަ އެއާއި އެކު ކޮމޝަންގެ މެމްބަރުންނާއި، މުވައްޒަފުން އެ ބައެއްގެ ގާނޫނީ ޒިންމާ އަދާ ކުރަމުންދަނީ ގާނޫނު އަސާސީއާއި އިލެކްޝަންގެ ގާނޫނުގައި ވާ ގޮތުގެ މަތީން ކަމަށް އީސީން ވަނީ ބުނެފައެވެ.

އީސީއިން ބުނެފައިވަނީ ރާއްޖޭގައި ސިޔާސީ ޕާޓީތައް ރެޖިސްޓްރީ ކުރުމާއި، ޕާޓީތަކުގެ ދަފްތަރުތައް ބެލެހެއްޓުމާއި އަދި ޕާޓީތައް ރެގިއުލޭޓުކޮށްގެން ޕާޓީތަކާއި މެދު ފިޔަވަޅުތައް އެޅިމުގެ ގާނޫނީ ޒިންމާއާއި ހަވާލުވެ ތިބެ އީސީގެ މެމްބަރުންނާއި މުވައްޒަފުން އެ ޕާޓީތަކާއި މެދު ވެސް އަމަލު ކުރަމުންދަނީ ހަމަހަމަކަމާއި އެކު އެއްވެސް ސިޔާސީ ފިކުރެއް ތަފާތު ކުރުމެއް ނެތި ކަމަށެވެ.

މީގެ އިތުރުން އެ ބަޔާނުގައި ބުނެފައިވަނީ އިންތިހާބުގެ ކަންކަން ކުރުމާއި، އެކަންތައް ހިންގުން އަދި ބެލެހެއްޓުމާއި އެކަންތައް މަގުފަހިކުރުމާއި އަދި އިންތިހާބުތައް ހިންގަނީ އިންސާފުވެރިކަމާއި އެކު ކަމަށެވެ. އެއީ ބިރުވެރިކަމެއް އަދި ބިރު ދެއްކުމާއި، ތަޅާފޮޅުމެއް ނުވަތަ ނުރަނގަޅު ނުފޫޒަކާއި އަދި ކޮރަޕްޝަނެއް ނެތި މިނިވަންކަމާއި އެކު ރައްޔިތުންނަށް ވޯޓުލުމުގެ ހައްގު ފުރިހަމައަށް އަދާ ކުރެވޭ ގޮތަށް ކަށަވަރު ކުރުމަކީ އަބަދުވެސް އެ ކޮމިޝަނުން ޔަގީން ކުރާ ކަމެއްގެ ގޮތުގައި ބަޔާނުގައި ވަނީ ބުނެފައެވެ.

ބަޔާން ނިންމާލަމުން އީސީން ބުނެފައިވަނޫ ގާނޫނު އަސާސީ އާއި ގާނޫނުތަކާއި އެއްގޮތަށް އީސީގެ މެމްބަރުން އަމަލު ކުރަމުންދާއިރު ވެސް ސޯޝަލް މީޑިއާ އާއި އަދި އެ ނޫންވެސް އެކި ގޮތްގޮތުން ކޮމިޝަންގެ މެމްބަރުންނާއި މުވައްޒަފުންނަށް ބިރު ދައްކައި ހަޑި ުިތުރު ބަހުން މުއަމާލާތް ކުރުން އެއީ ގަބޫލު ކުރެވޭނެ ކަމެއް ނޫން ކަމށެވެ. އެހެން ކަމުން އެކަންތައް ހުއްޓާލުމަށް އެދޭ ކަމަށް އީސީގެ ބަޔާނުގައި ވނީީ ބުނެފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 100%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: