ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މެންބަރު ސައުދު ޑރ.ނަޒްލާއަށް: ވިލިނގިލި ރައްޔިތުން ކިބައިން މައާފަށް އެދޭ!

ވިލިގިނލީ ދާއިރާގެ މެންބަރު ސައުދު ހުސެއިން:_ ފޮޓޯ- މަޖްލިސް އިދާރާ
ޝެއާރކޮށްލާ ކަހަލަދޯ؟

ގއ. ވިލިނގިލީގައި ހުންނަ ކޮވިޑް މެނޭޖްމަންޓް ފެސިލިޓީ އަށް ގދ ތިނަދޫ އިން ގެންދިޔަ ކޮވިޑް-19ގެ ބަލި މީހަކު އެ ރަށަށް އެރުވިޔަ ނުދޭން ހުރަސްއަޅާ ހިންގި އަމަލުގެ ދިފާއުކުރައްވަން ވިލިގިނލީ ދާއިރާގެ މެންބަރު ސައުދު ހުސެއިން ނުކުންނަވައިފިއެވެ.

ކޮވިޑް-19 އަށް ތިނަދޫން ޕޮޒިޓިވްވި 68 އަހަރުގެ ފިރިހެން މީހާ ކޮވިޑް ފެސިލިޓީއަށް ބަދަލުކުރީ ހައި ރިސްކް މީހަކަށް ވާތީ އެވެ. އެހެން ނަމަވެސް ގއ. އަތޮޅާއި ގދ. އަތޮޅަށް ޚާއްސަކޮށްގެން ވިލިގިނލީގައި ގާއިމްކުރި 23 އެނދުގެ ފެސިލިޓީގައި އޭނާ އަށް ފަރުވާދޭން ގެންދިޔުމުން އެރަށަށް އަރުވަން ބަޔަކު ދެކޮޅު ހެނދުމުން ސަރުކާރުންވަނީ އެއާޓެކްސީއެއް ފޮނުވައިގެން އޭނާ މާލެ ގެންނެސްފައެވެ.

އެމައްސަލައާއި ގުޅިގެން ހޯމަ ދުވަހުގެ ރޭ އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) ތަރުޖަމާނު އަދި ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) ގެ މެޑިކަލް އޮފިސަރު ޑރ. ނަޒްލާ ރަފީގު ވިދާޅުވީ ވަކި ރަށަކަށް ނުވަތަ ނަސްލަކަށް ނިސްބަތްވާ މީހަކަށް ބައްޔެއް ޖެހުމުން ތަފާތުކުރުމަކީ ކޮވިޑް-19 އަށް ވުރެ ވެސް ސީރިއަސް ބައްޔެއް ކަމަށެވެ.

ވިލިގިނލީގައި ހިނގައިދިޔަ ކަންތައްތައް ދިފާއު ކުރައްވަމުން، ޑރ. ނަޒްލާގެ ވާހަކަތަކަށް ރައްދު ދެއްވައި ވިލިގިނލީ ދާއިރާގެ މެންބަރު ސައުދު ވިދާޅުވީ ވިލިނގިލީ ރައްޔިތުން ބަދުނާމު ކުރަނީ ހަގީގަތާ ޚިލާފަށް ކަމަށެވެ.

ސައުދު ވިދާޅުވީ ޑރ. ނަޒްލާ ވިލިގިނލީ ރައްޔިތުންގެ ކިބައިން މާފަށް އެދެންޖެހޭނެ ކަމަށެވެ. އަދި އެ މައްސަލަ ދިމާވީ ފަރުވާ އަށް ރަނގަޅަށް ތައްޔާރު ނުވެ ތިބުމުން ކަމަށް ސައުދު ވިދާޅުވިއެވެ.

ވިލިގިނލީ ރައްޔިތުންނަކީ އެއްވެސް ރަށެއްގެ ރައްޔިތަކާ މެދު ތަފާތުކުރާނެ ބައެއް ނޫން ކަމަށާއި އެޗްޕީއޭ އިން މުޅި ރަށް ބަދުނާމުވާ ގޮތަށް ވާހަކަ ދެއްކީ ކަން ހިނގި ގޮތް ނުބަލާ ކަމަށް ސައުދު ވިދާޅުވިއެވެ.

ސައުދު އެހެން ވިދާޅުވެފައިވާއިރު، ކޮވިޑް ފެސިލިޓީއަށް ފަރުވާ އަށް ގެންދިޔަ މީހާ ވިލިނގިއްޔަށް ނާރުވައިގެން އެރަށު ބޭރުގައި އޭނާ ގޮވައިގެން ދިޔަ ލޯންޗަށް ހަތަރު ވަރަކަށް ގަޑިއިރު އޮންނަންޖެހުނެވެ. އެންމެފަހުން ތިނަދޫއަށް އެމީހާ ގެންދިޔައީ އިތުރު ގޮތެއް ނެތިގެންނެވެ.

ސައުދު ވިދާޅުވީ ވިލިނގިލީގައި ހުންނަ ތިން ބުރީގެ ހޮސްޕިޓަލްގެ އެއް ފަންގިފިލާގައި، ހަތަރު މިލިއަން ރުފިޔާ ހޭދަކޮށްގެން ކޮވިޑް ފެސިލިޓީއަށް ހަދާފައި ވިޔަސް އެތަނުގައި ފަރުވާ ދެވޭނެ އެކަށީގެންވާ އިންތިޒާމްތަކަކާއި ވަސީލްތަތަކެއް ވެސް ނެތް ކަމަށެވެ.

ތިނަދޫން ބަލި މީހާ ފޮނުވާލީ އެ ރަށުގައި މާ ރަނގަޅަށް ފަރުވާ ދެވެން އޮއްވަ އެވެ. ކޮވިޑް ޓެސްޓް ކުރެވޭނެ ގޮތާއި ހާލު ގޯސްވެއްޖެ ނަމަ ފަރުވާ ދެވޭނެ ގޮތް ވެސް ތިނަދޫގައި ހަމަޖައްސާފައިވާ ކަމަށް ސައުދު ވިދާޅުވިއެވެ.

ސައުދު ވިދާޅުވީ ކޮވިޑް ފެސިލިޓީ ވިލިނގިލީގައި ހަދައި ބަލި މީހުން ގެންނަ ނަމަ، އެކަށީގެންވާ ފަރުވާ ދެވޭނެ އިންތިޒާމް ވެސް އެތަނުގައި ހަމަޖައްސަން ޖެހޭ ކަމަށެވެ. އަދި އަތޮޅު ހޮސްޕިޓަލާއި އަތޮޅު ކައުންސިލުގެ ވެރިންނަށް ފިޔަވަޅު އަޅަންޖެހޭ ކަމަށް ސައުދު ވިދާޅުވިއެވެ.

ބަލިމީހާ ނާރުވަން ބަނދަރުމަތީގައި މުޒާހަރާކުރި މީހުންގެ އިންސާނިއްޔަތުކަމެއް ނެތް އަމަލު ސައުދަކަށް ގޯހެއް ނުވިއެވެ. އޭނާ ވިދާޅުވީ ދިހަ ވަރަކަށް މީހުންނަށް އެކަންނުކުރެވޭނެ ކަމަށެވެ.

ވަރަށް ގަދަ
6%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 6%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 6%ވަރަށް ދެރަ 82%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

2 Responses

  1. ތިޔައީ ކޮންބައެ ނަރަކަ ވިލިނގިލި އެއްނުން ނުވާނެރަގަޅެއް ޝޭޙްއިލިޔާސް މެން ކުރިމަތީ އަންނައެތި ބޮލުގަ އަޅާނެށި ބައެއްތީ. މިދިވެހިރާއްޖެއަކު ނޯންނާނެ ތިހާނުބާޖާހިލުން އުޅޭރަށެއް

  2. ސައުދު ބްރޯ ބުނަން ރަޏގަޅު ވާހަކައެއް ކޮވިޑް ބަލި މީހާ ވިލިނގިލި އަށް ނޭތުވި މައްސަލާގައި ޑރ.ނަޒްލާ ކޮންމެހެން ނުޖެހޭ ތިރަށު މީހުންނަށް މާފައް އެދޭކައް އަސްލު ޖެހޭނީ ތި ރަށު މީހުން ޑރ.ނަޒްލާ އަށް މާފަށް އެދެން.

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: