ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މިދިޔަ މަހު ރާއްޖެ އައިސްފައިވަނީ 7628 ފަތުރުވެރިން

ޝެއާރކޮށްލާ ކަހަލަދޯ؟

މިދިޔަ މަހު ރާއްޖެ އައިސްފައިވަނީ 7628 ފަތުރުވެރިން ކަމަށް ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

މޯލްޑިވްސް އިމިގްރޭޝަނުން އާންމުކުރި މިދިޔަ މަހުގެ ތަފާސްހިސާބުތައް ދައްކާގޮތުން މިދިޔަ މަހު ދުވާލެއްގެ މައްޗަށް ރާއްޖެއަށް އައިސްފައި ވަނީ 373 ފަތުރުވެރިން ނެވެ. އޭގެ ކުރީ މަހު ދުވާލެއްގެ މައްޗަށް ރާއްޖެ އައިސްފައިވަނީ 218 ފަތުރުވެރިންނެވެ.

މިދިޔަ މަހު ރާއްޖެ އަށް އެންމެ ގިނަ އަދަދަކަށް ފަތުރުވެރިން އައިސްފައިވަނީ ޔޫއޭއީ އާއި އިނގިރޭސިވިލާތް އަދި އެމެރިކާ އިންނެވެ. އެގޮތުން ޔޫއޭއީން 1627 ފަތުރުވެރިން އައިސްފައިވާއިރު، އިނގިރޭސިވިލާތުން 715 ފަތުރުވެރިން އަދި އެމެރިކާ އިން ވަނީ 674 ފަތުރުވެރިން ރާއްޖެ އައިސްފައެވެ.

އިމިގްރޭޝަންގެ މި ތަފާސް ހިސާބުތަކަށް ބަލާއިރު ޖުލައިމަހާ އަޅާބަލާއިރު އޮގަސްޓްމަހު ރާއްޖެ އައިސްފައިވާ ފަތުރުވެރިންގެ ޢަދަދު ވަނީ އިތުރުވެފައެވެ.

ކޮވިޑް-19އާ ގުޅިގެން ރާއްޖޭގެ ބޯޑަރު ބަންދުކުރީ މާޗް މަހުގެ 27 ވަނަ ދުވަހުއެވެ. އަލުން ބޯޑަރު ހުޅުވާލީ މިދިޔަ މަހުގެ 15 ދުވަހު އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 100%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: