ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ސްޓޫޑަންޓް ލޯނު ދެއްކުން އަންނަ އަހަރަށް ފަސްކޮށްފި

ޝެއާރކޮށްލާ ކަހަލަދޯ؟

ސްޓޫޑަންޓް ލޯނު އަނބުރާ ދެއްކުން އަންނަ އަހަރަށް ފަސްކޮށްފިއެވެ.

ކޮވިޑް-19 އާ ގުޅިގެން ސްޓޫޑެންޓް ލޯން ދެއްކުން ހަ މަސް ދުވަހަށް ވަނީ ފަސްކޮށްފައެވެ. އު މުއްދަތު މި މަހުގެ ނިޔަލަށް ހަމަވާނެ އެވެ.

މިނިސްޓްރީ އޮފް ހަޔަރ އެޑިއުކޭޝަނުން ބުނީ އެގޮތަށް ނިންމީ ކޮވިޑް19 ގެ ބަލިކަމުގެ މިހާލަތުގައި ގިނަ ފަރާތްތަކެއްގެ އާމްދަނީއަށް އަސަރުކޮށްފައިވުމާއިއެކު، އާއްމު ހާލަތަށް ރުޖޫއަވުމަށް ވަގުތުނަގާނެ ކަމަށް ބެލެވޭތީ ކަމަށެވެ.

އެގޮތުން ސަރުކާރުގެ މި ނިންމުމާއި ގުޅިގެން ބޭންކް އޮފް މޯލްޑިވްސް އާއި ބޭންކް އޮފް ސިލޯން ދަރިވަރުން ނަގާފައިވާ ނޭޝަނަލް ސްޓޭންޑަންޓް ލޯނު ސްކީމްގެ ލޯނުތަކާއި އެޑިޔުކޭޝަން އެސިސްޓަންސް ލޯނު ސްކީމްގެ ލޯނުތަކުގެ އިތުރުން މީރާއަށް ލޯނުރީޕޭމަންޓް ދައްކާ ގޮތަށް ހަމަޖެހިފައިވާ ލޯނުތައް އަނބުރާ ދައްކަންޖެހިފައިވާ ފަރާތްތަކާއި ލޯނު ސްކީމްގެ ދަށުން ނަގާފައިވާ ލޯނުތައް ދައްކަމުންދާ ފަރާތްތަކުން 2020 ވަނަ އަހަރުގެ ޑިސެމްބަރ މަހުގެ ނިޔަލަށް ލޯނު އަނބުރާ ދެއްކުން ފަސް ކުރެވިފައިވާ ކަމަށެވެ. އަދި މި މުއްދަތުގެ ތެރޭގައި ސްޓޫޑަންޓް ލޯނު ރީޕޭމަންޓްގެ އެއްވެސް ފައިސާއެއް ދައްކާކަށް ނުޖެހޭނެ ކަމަށް މިނިސްޓްރީން ބުންޏެވެ.

ހަޔަރ އެޑިއުކޭޝަނުން ބުނީ ލޯނު ދައްކާ ޚަލާސްކުރަން މިހާރު އެގްރިމެންޓްކޮށްފައިވާ މުއްދަތަށް އެގްރިމަންޓް ބަދަލު ކުރުމަކާ ނުލާ ޑިސެމްބަރ 2020 ގެ ނިޔަލަށް މުއްދަތު އިތުރު ކުރެވިގެންދާނެއެވެ. އަދި މަހުން މަހަށް ދައްކަމުންދާ އަދަދަށް ބަދަލެއް ނާންނާނެ ކަމަށް ވެސް މިނިސްޓްރީން ބުންޏެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: