ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އިންޑިއާއާ މެދު ވަހުމުތައް އުފެދެން ފަށާފައި ވަނީ ސަރުކާރުގެ ހާރިޖީ ސިޔާސަތުގެ ސަބަބުން: އާދަމް ޝަރީފް

ޕީއެންސީ ނައިބް ރައީސް އަދި މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް އުމަރު: ފޮޓޯ ސަންގު
ޝެއާރކޮށްލާ ކަހަލަދޯ؟

އިންޑިއާއާ މެދު ވަހުމުތައް އުފެދެން ފަށާފައި ވަނީ ސަރުކާރުގެ ހާރިޖީ ސިޔާސަތު ގެންގުޅޭ ގޮތުން ކަމަށް މަޑުއްވަރީ ދާއިރާގެ މެމްބަރު އަދި ޕީއެންސީގެ ނައިބު ރައީސް އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެއެވެ.

އާދަމް ޝަރީފް މިހެން ވިދާޅުވީ ރާއްޖޭގެ މިނިވަންކަން ދެމެހެއްޓިފައިމިވަނީ އިންޑިއާ އާއެކު އޮތް ގުޅުމުގެ ސަބަބުން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވުމާ ގުޅިގެންނެވެ.

އެގޮތުން އާދަމް ޝަރީފް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރައްޖޭގެ މިނިވަންކަން ދަމަހައްޓާފައިވަނީ ދިވެހިން ކަމަށާއި އިންޑިއާއާ މެދު ވަހުމުތައް އުފެދެން ފަށާފައި ވަނީ ސަރުކާރުގެ ހާރިޖީ ސިޔާސަތު ގެންގުޅޭ ގޮތުން ކަމަށެވެ.

“ވަހުމުތައް ފިލުވައިދީ ރައްޔިތުންގެ ކަންބޮޑުވުންތައް ސަރުކާރުން ޖަވާބުދާރީ ވުމަށް ގޮވާލަން.” އާދަމް ޝަރީފް ވިދާޅުވިއެވެ.

އިންޑިއާގެ 100 އަށް ވުރެ ގިނަ ސިފައިން ރާއްޖޭގައި ތިބި ކަމަށް ބުނާއިރު، ރާއްޖޭގައި އިންޑިއާގެ މިލިޓަރީ ބޭސްއެއް އަޅަން އުޅޭ ކަމަށްވެސް އިދިކޮޅުން އަންނަނީ ތުހުމަތު ކުރަމުންނެވެ. ނަމަވެސް އެ ވާހަކަތައް ސަރުކާރުން އަންނަނީ ތަކުރާރުކޮށް ދޮގު ކުރަމުންނެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި އަވަށްޓެރި އިންޑިއާ އަށް ވުރެ ބޮޑަށް ރާއްޖެއިން ގުޅުންް ބަދަހިކޮށްފައިވަނީ ޗައިނާއާއެވެ. އެގޮތުން އެ ސަރުކާރުން ހިންގި ބޮޑެތި ގިނަ މަޝްރޫއުތައް ހިންގަން ހަވާލުކޮށްފައިވަނީ ވެސް ޗައިނާގެ ކުންފުނިތަކަށެވެ.

ނަމަވެސް މި ސަރުކާރު ވެރިކަމާ ހަވާލުވުމަށްފަހު އަލުން ވަނީ އިންޑިޔާއާ ގުޅުން ބަދަހިކުރަން ފަށާފައެވެ. އަދި ރައްޔިތުންގެ ނަޝީދު ގެންދަވަނީ ތަކުރާރުކޮށް ޗައިނާއަށް ތަފާތު އެކި ތުހުމަތުތައް ކުރައްވައި އެގައުމަށް ފާޑުކިޔުންތައް އަމާޒު ކުރައްވަމުންނެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: