ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެމްޑަބްލިއުއެސްސީގެ 72 ސްޓާފަކަށް ފްލެޓު: ފައިނޭންސްއަށް އިންސްޓިޓިއުޝަންތަކާއި އެކު މަޝްވަރާތައް ކުރިޔަށް!

އެމްޑަބްލިއުއެސްސީގެ މެނޭޖިން ޑިރެކްޓަރު ޝާހު
ޝެއާރކޮށްލާ ކަހަލަދޯ؟

ކުންފުނިތަކުގެ މުވައްޒަފުންނަށް ހާއްސަކޮށްގެން އަޅާ ފްލެޓުތަކުގެ ތެރެއިން އެމްޑަބްލިއުއެސްސީގެ މުވައްޒަފުންނަށް ހާއްސަ ކޮށްގެން އަޅާ ފްލެޓުތަކަށް އެ ކުންފުނީގެ 72 މުވައްޒަފަކަށް ކަށަވަރުވެ، އެ މުވައްޒަފުން ފްލެޓަށް ފައިސާ ދެއްކުމުގެެ ލުއި ގޮތްތަކެއް ހަމަޖައްސައިދިނުމަށް ފައިނޭންޝަލް އިންސްޓިޓިއުޝަންތަކާ ވާހަކަ ދައްކަމުން އަންނަ ކަމަށް އެމްޑަބްލިއުއެސްސީގެ މެނޭޖިން ޑިރެކްޓަރު ހަސަން ޝާހު ވިދާޅުވެއްޖެއެވެ.

އެމްޑަބްލިއުއެސްސީން ނޫސްވެރިންނާއި ބައްދަލުކޮށް ބުނެފައިވަނީ، މުވައްޒަފުންނަށް ފްލެޓުތައް ދޫކޮށްފައިވަނީ ޝަރުތުތައް ހަމަވާ މުވައްޒަފުންނަށް ކަމަށެވެ. އަދި ފޯމުތައް ދެ ފަހަރެއްގެ މަތީން އިވަލުއޭޓުކޮށްފައިވާނެ ކަމަށް ވަނީ ބުނެފައެވެ. ޕްރޮޖެކްޓުތަކުގެ ތަފްސީލުތައް ހާމަކޮށް ޝާހު ވިދާޅުވީ ސަރުކާރުގެ އެހެން ކުންފުނިތައް ހިމެނޭހެން އެމްޑަބްލިއުއެސްސީއަށް ވެސް ހައުސިންގެ ޕްރޮޖެކްޓުތަކެއް ހަވާލު ކުރެވުނު ކަމަށެވެ. އެގޮތުން، ކުންފުންޏާއި 15 ބުރީގެ 02 ޓަވަރު ހަވާލު ކުރިއިރ، ފުރަތަމަ މަސައްކަތް ފެށީ އެއް ޓަވަރު ނިންމުމަށް ކަމަށް ޝާހު ވިދާޅުވިއެވެ. އަދި މި ޕްރޮޖެކްޓު ކުރިޔަށް ގެންދަނީ އެމްޑަބްލިއުއެސްސީގެ ކޭޝްފްލޯއިން ކުންފުނީގެ އަމިއްލަ ފައިނޭންސްއިން ކަން ވެސް ޝާހު ވަނީ ފާހަގަ ކުރައްވާފައެވެ.

ސްޓަރަކްޗާގެ މަސައްކަތްތަކެއް އެއްކޮށް ނިމި، 15 ބުރީގެ ވެސް ކޮންކްރީޓު މަސައްކަތްތައް އެކީ ނިމިފައިވާކަން ފާހަގަކުރައްވާ ޝާހު ވިދާޅުވީ މަސައްކަތްތައް އެކީ ނިންމާލެވޭނެ ކަމަށް ބެލެވެނީ އަންނަ އަހަރުގެ ޖުލައި މަހުގެ ތެރޭގައި ކަމަށެވެ. އަދި މިހާރު ޕްރޮޖެކްޓުގެ ގާތްގަނޑަކަށް 55 އިންސައްތަ މަސައްކަތް ނިމިފައިވާ ކަމަށް ޝާހު ވިދާޅުވިއެވެ.

ޝާހު ވިދާޅުވީ އިމާރާތުގެ ކޮންކްރީޓު މަސައްކަތް ނިންމުމަށްފަހު އިމާރާތް ރޭނުމުގެ މަސައްކަތް ކުރިޔަށްދާއިރު މިވަގުތު އެ މަސައްކަތް 06ަ ފްލޯއިން ފެށިގެން 9 ފްލޯ އާއި، 11 ފްލޯއިން ފެށިގެން 14 ފްލޯގެ ރޭނުގެ މަސައްކަތް ކޮންޓްރެކްޓަރު ނިންމާލާފައިވާ ކަމަށެވެ. 700 ޔުނިޓުތަކުގެ ފްލެޓުތަކުގެ ސައިޒަށް އިޝާރާތްކޮށް ޝާހު ވިދާޅުވީ އެ ފްލެޓުތަކުގެ ސައިޒާއި އެމްޑަބްލިއުއެސްސީގެ ސައިޒާއި ތަފާތު ވާނެ ކަމަށެވެ.

72 މުވައްޒަފަކު އެމްޑަބްލިއުއެސްސީގެ ފްލެޓުތަކަށް ކުރިމަތިލީއިރު، މީގެ ތެރޭގައި ކުންފުނީގައި ގިނަ އަހަރުތަކެއް ވަންދެން މަސައްކަތް ކުރި މުވައްޒަފުން ހިމެނެއެވެ.

“އެގޮތުން ފޭސް ދޭއެއްގައި ގާއިމްކުރަމުންދާ ހަތް ހާސް ހައުސިން ޔުނިޓުތަކުގެ ދެ ކޮޓަރީގެ އެޕާޓްމެންޓެއްގެ ބޮޑު މިނަކީ ހަމ، މިހާރު ހުރިހާ ބޭފުޅުނަށް ވެސް މީތި ވަރަށް، ވަރަށް އާއްމު ބަހެއް އަޑުއިވޭ.. 550 އަކަފޫޓު އިނގޭތޯ… އެހެން ނަމަވެސް އެމްޑަބްލިއުއެސްސީން ގާއިމް ކުރަމުންދާ ދެ ކޮޓަރީގެ އެޕާޓެމަންޓުތަކުގެ ސައިޒުތަކުގެ ބޮޑު މިނަކީ 692.63 އަކަފޫޓާއި، 701.28 އަކަފޫޓުގެ ބޮޑުމިނެއްގެ ގޮތުގައި ދަންނަވަން. ކޮންމެއަކަސް ސޯޝަލް ހައުސިންގެ ސައިޒުތަކާއި މިކަހަލަ ޕްރޮޖެކްޓުތަކާއި ތަފާތު ވެސް ވާނެ. އެހެން ނަމަވެސް އެހާބޮޑަށް މީޑިއާގައި އުޅޭވާހަކައެއް ވީމަ އަޅުގަނޑުގެ ހިތަށް އެެރީ ހަމަ ރައްޔިތުންނާއި މިކަން ހިއްސާކޮށްލާނީ އޭ” ޝާހު

އެޕާޓެމެންޓުތަކުގެ ސައިޒުގައި ތަފާތުތަކެއް ހުންނާނެ!

އެއް ކޮޓަރީގެ އެޕާޓުމެންޓުތަކުގެ ވެސް އެކި ސައިޒުތަކެއް ހުރިއިރު އެ ފްލެޓުތަކުގެ ތަފްސީލުތައް ވެސް ޝާހު ވަނީ ހިއްސާ ކުރައްވާފައެވެ. އެގޮތުން އެއް ކޮޓަރީގެ އެޕާޓްމެންޓުން 08 އެޕާޓެމްންޓުގެ ސައިޒުގައި 393.95 ހިމެނޭއިރު، އިތުރު 08 އެޕާޓްމެންޓުގެ ސައިޒުގައި 398.87 ހިމެނޭކަމަށް ޝާހު ވިދާޅުވިއެވެ. އަދި އެއް ކޮޓަރީގެ އެޕާޓެމްންޓުގެ 16 ފެލެޓެއްގެ ސައިޒުގައި 396.83 ހިމެނޭ ކަމަށެވެ. އޭގެ އިތުރުން ވެސް ހުރި އެޕާޓެމެންޓުތަކުގައި 398، 396 އާއި 386 ހިމެނޭ ކަމަށެވެ.

ޝާހު ވިދާޅުވީ ދެ ކޮޓަރީގެ އެޕާޓްމެންޓުތައް ހަދާފައިވަނީ މެއިޑް ރޫމާއި އެކު ކަމަށެވެ. އޭގެ ތެރެއިން 20 އެޕާޓްމެންޓު ހެދުމުގެ މަސައްކަތް ކުރިޔަށް ގެންދަނީ އޭގެ ސައިޒަކަށް 793.63 އަށް ބަލައިގެން ކަމަށް ޝާހު ވަނީ ވިދާޅުވެފައެވެ. އަދި އަނެއް 20 އެޕާޓެމެންޓުގެ ސައިޒަކީ 720.28 ކަމަށް ޝާހު ވިދާޅުވިއެވެ.

މީގެ އިތުރުން ތިން ކޮޓަރީގެ އެޕާޓްމެންޓުތަކުގެ ތެރެއިން 20 އެޕާޓްމެންޓެއްގައި 734 އަކަށް ފޫޓު ހިމެނޭއިރު، އިތުރުން 40 އެޕާޓްމެންޓެއްގައި 720.08 އަކަފޫޓު ހިމެނޭނެކަމަށް ޝާހު ވިދާޅުވިއެވެ.

ޔޫސާ ފައިނޭންސް ހަމަޖެއްސުމުގެ މަޝްވަރާތައް ކުރިޔަށް!

ނޫސްވެރިންގެ ބައްދަލުވުމުގައި ޝާހު ވިދާޅުވީ މަޝްރޫއު ކުރިޔަށް ގެންދާއިރު އެންމެ ބޮޑު ގޮންޖެހުމަކީ އެންޑް ޔޫސާ ފައިނޭންސް ކަމަށެވެ. އެގޮތުން މުވައްޒަފުން ފައިނޭންސްގެ ކަންކަން ހަމަކަޖައްސާނެ ގޮތުގެ މައްޗަށް ވިސްނާ ކުންފުނީގެ ބޯޑް ލެވެލްގެ މަޝްވަރާތައް ކުރުމަށްފަހު ފައިނޭންސް ދޭނެ ޕާޓީތަކާއި އެކު ވާހަކަ ދެކެވެމެމުންދާ ކަމަށެވެ. އެހެން ކަމުން ކުރިޔަށް އޮތް ދުވަސްތަކުގެ ތެރޭގައި މުވައްޒަފުންނަށް ލޯނުގެ އިންތިޒާމުތައް ހަމަޖެހިގެންދާނެ ކަމަށް ޝާހު ވިދާޅުވިއެވެ. ޝާހު ވިދާޅުވީ އެ އިންތިޒާމުތައް ހަމަޖެހުމުން މުވައްޒަފުން އެ ދައްކަންޖެހޭ ބުކިން ފީ، ނުވަތަ ޑައުން ޕޭމަންޓަށް ލުޔެއް ލިބިގެންދާނެ ކަމަށެވެ.

ފްލެޓުތަކަށް 72 މުވައްޒަފުން، ގިނައިން ކުރިމަތިލާފައިވަނީ ދެ ރޫމާއި ތިން ރޫމްގެ އެޕާޓްމެންޓުތަކަށް!

އެމްޑަބްލިއުއެސްސީން ބުނެފައިވަނީ ސަރުކާރުގެ އަގުތަކާއި އެ ކުންފުނީގެ ފްލެޓުތަކުގެ އަގުތައް ތަފާތު ވާނެ ކަމަށެވެ. އެހެން ނަމަވެސް ވިސްނުން ހުންނާނީ މުވައްޒަފުންނަށް ވީހާވެސް ލުއިފަސޭހަކޮށް، ހެޔޮ އަގެއްގައި އެ ފްލެޓުތައް ދޫކުރުން ކަމުގައި އެމްޑަބްލިއުއެސްސީން ވަނީ ބުނެފައެވެ. ޝާހު ވިދާޅުވީ ފައިނޭންޝިއަލް ޓާމްސްއަށް އެއްބަސްވާ ގޮތަކުން ވެސް އަގުތަކަށް ބަދަލުތަކެއް އަންނާނެ ކަމަށެވެ. އެގޮތުން ސީދާ އެކިއުރޭޓު އަގެއް ބުނަން ދަތި ނަމަވެސް އެއް ކޮޓަރީގެ އެޕާޓްމެންޓުގެ އަގުގެ ރޭންޖު 1.2 ނުވަތަ 1.3 މިލިއަން އާއި ދެމެދުގެ އަގެއްގައި ހުންނާނެ ކަމަށެވެ. ދެ ކޮޓަރީގެ އެޕާޓެމެންޓުގައި 1.9 އާއި 2.2 މިލިއަނާއި ދެމެދުގެ ރޭންޖެއް ހުންނާނެ ކަމަށް ޝާހު ވިދާޅުވިއެވެ. އަދި ތިން ކޮޓަރީގެ އެޕާޓްމެންޓުގެ އަގުތައް އެސްޓިމޭޓު ކުރެވެނީ 2.4 ނުވަތަ 2.5 މިލިއަން އާއި ދެމެދުގެ އަގުތަކެއްގެ ގޮތުގައި ޝާހު ވިދާޅުވިއެވެ.

އެމްޑަބްލިއުއެސްސީއިން ލަފާ ކުރަނީ އަންނަ އަހަރުގެ ޖޫން މަހުގެ ފަހުކޮޅު މުވައްޒަފުންނަށް ފްލެޓަށް ވަދެވޭވަރު ވާނެ ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: