ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މާލޭގެ ސްކޫލްތައް ކުރިއަށްއޮތް 2 ހަފްތާގައި ވެސް ބަންދު!

ދަރިވަރަކު ސްކޫލަށް ވަނުމުގެ ކުރިން ހުން ހުރިތޯ ބަލަނީ.
ޝެއާރކޮށްލާ ކަހަލަދޯ؟

މާލޭގެ ސަރަހައްދުގެ ސްކޫލްތައް ކުރިއަށް އޮތް ދެ ހަފުތާގައި ވެސް ނުހުޅުވަން އެޑިއުކޭޝަން މިނިސްޓްރީން ނިންމައިފިއެވެ.

އެޑިއުކޭޝަން މިނިސްޓްރީން މިއަދު ބުނީ ކޮވިޑް-19 ގެ ހާލަތަށް ރިޢާޔަތްކޮށް، އެޗްޕީއޭ އާއި ކަމާބެހޭ ފަރާތްތަކުގެ ލަފާގެ މަތިން، މާލޭ ސިޓީގެ ސްކޫލްތަކުގައި ކުރިއަށްއޮތް ދެ ހަފްތާގައިވެސް (6 ސެޕްޓެމްބަރ 2020 އިން 17 ސެޕްޓެމްބަރު 2020 އަށް) ކިޔަވައިދިނުން އޮންލައިންކޮށް ކުރިއަށް ގެންދިއުމަށް ނިންމާފައިވާ ކަމަށެވެ.

އަދި މި ނިންމުން ދެ ހަފްތާ ފަހުން މުރާޖަޢާ ކުރެވޭނެ ކަމަށްވެސް އެޑިއުކޭޝަން ބުނެއެވެ.

ކޮވިޑް-19އާ ގުޅިގެން ރާއްޖޭގެ ހުރިހާ ސްކޫލްތަކެއްގެ ކިޔެވުން މެދުކަނޑާލުމަށް ފަހު އަލުން ކިޔަވައިދޭން ފެށީ ޖުލައި މަހުގެ އެއް ވަނަ ދުވަހުއެވެ. އަދި މާލޭ ސިޓީގެ ސްކޫލްތައް ފިޔަވައި ރާއްޖޭގެ ހުރިހާ ސްކޫލްތަކެއްގައި ގްރޭޑް 1 ން 10 އަށް ކިޔަވައިދެމުން ގެންދިޔައެވެ.

ނަމަވެސް މާލެ ސަރަހައްދުގައި ކޮވިޑް ހަލުވިކަމާއެކު ފެތުރެމުން އަންނާތީ ސްކޫލްތައް ވަނީ މިދިޔަ މަހުގެ ކުރީކޮޅު އަނެއްކާވެސް ބަންދުކޮށްފައެވެ.

 

 

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: