ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ވާނުވާގެ މައްސަލަ ހައްލު ނުވަނީ ހުއްޓައެއް ނުލާނަން: ޕީޖީ

ޕްރޮސެކިއުޓަރ ޖެނެރަލް ހުސެއިން ޝަމީމް—
ޝެއާރކޮށްލާ ކަހަލަދޯ؟

ޝަރީއަތް ނިމެންދެން ބަންދު ކުރާ މައްސަލަ ހައްލު ކުރުމަށް ފަހު ނޫނީ މަސައްކަތް ހުއްޓާނުލައްވާނެ ކަމަށް ޕްރޮސެކިއުޓަރު ޖެނެރަލް(ޕީޖީ) ހުސައިން ޝަމީމް ވިދާޅުވެއްޖެ އެވެ.

ގާނޫނީ ވަކީލުން ސިފަކުރާ ގޮތުގައި ޝަރީއަތް ނިމެންދެން ބަންދު ކުރާ ކުރުންތަކަކީ “ވާނުވާ” ޖެހުމެވެ.

ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ގެ އިސް ބޭފުޅުންނާ އިއްޔެ ބައްދަލު ކުރެއްވުމަށް ފަހު ޝަމީމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ “ވާނުވާ” ގެ މައްސަލަ ހައްލު ކުރެވޭތޯ އެކި ދޮރުތަކުގައި ޓަކި ޖައްސަވަމުން ގެންދަވާ ކަމަށެވެ.

“މިކަންވެސް ޙައްލު ނުވަނީސް ހުއްޓައެއް ނުލާނަން. މިބައްދަލިވުމުގައި ހިނގާނެ މަގުތަކެއް ފެނުނު. އިރާދަކުރެއްވިއްޔާ މާ ގިނަ ދުވަސް ނުވެ ނަތީޖާ ފެންނާނެ.” ޝަމީމް ވިދާޅުވިއެވެ.

މައްސަލާގެ ޝަރީއަތް ނިމެންދެން އެމީހަކު ބަންދުގައި ބެހެއްޓުމަށް އަމުރަށް އެދުމުގެ ބާރު ޕްރޮސިކިއުޓާ ޖެނަރަލްގެ އޮފީހަށް ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ ދަށުން ލިބެ އެވެ.

ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވާ މި މައްސަލާގައި ޝަރީއަތް ނިމެންދެން ބަންދު ކުރުން އުވާލުމާ ގުޅޭ ގޮތުންވެސް މީގެ ކުރިން ވަނީ މަޝްވަރާކޮށްފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: