ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޤާނޫނު އަސާސީން އުފެއްދި އެންމެ ބާރުގަދަ މަޤާމަކީ ޕީޖީ: ރިއްފަތު

ޝެއާރކޮށްލާ ކަހަލަދޯ؟

ގާނޫނު އަސާސީން އުފެއްދި އެންމެ މުހިންމު އަދި އެންމެ ބާރުގަދަ މަގާމަކީ ޕްރޮސިކިއުޓާރ ޖެނަރަލްގެ މަގާމު ކަމަށް އެޓާނީ ޖެނަރަލް އިބްރާހިމް ރިއްފަތު ވިދާޅުވެއްޖެ އެވެ.

ރިއްފަތު މިހެން ވިދާޅުވީ ޕީޖީ އޮފީހަށް 12 އަހަރު ފުރުމާ ގުޅިގެން މިއަދު ކުރެއްވި ޓްވީޓެއްގައެވެ.

އެގޮތުން ރިއްފަތު ވިދާޅުވީ ނުޙައްޤު ދައުވާއި ބޭއިންޞާފުން ރައްޔިތުން މިންޖުކުރަން ޤާނޫނުއަސާސީ އިން އުފެއްދި އެންމެ މުހިންމު/ބާރުގަދަ މަޤާމަކީ ޕްރޮސިކިއުޓަރ ޖެނެރަލްގެ މަގާމު ކަމަށެވެ. އަދި ޙައްޤުތަކާއި މިނިވަންކަން ޙިމާޔަތްކުރުމުގެ ބޮޑު އަދި ބުރަ މަސްޢޫލިއްޔަތު އަދާކުރުމަށް ޕީޖީ ހުސެއިން ޝަމީމާއި މުވައްޒަފުން ކުރައްވާ މަސައްކަތަށް އޭޖީ ވަނީ ސާބަސް ދެއްވާފައެވެ.

ޕީޖީ އޮފީހަށް 12 އަހަރު ފުރުމާ ގުޅިގެން ޕީޖީ ޝަމީމް މިއަދު ކުރެއްވި ޓްވީޓެއްގައި ވަނީ މަސައްކަތް ކުރަމުން ދަނީ ޕީޖީ އޮފީހަކީ އެ މަގާމުގައި އޭނާ ނެތް ދުވަހަކުން ވެސް ހުރިހާ ހާލަތެއްގައި ވެސް ގާނޫނާ އެއްގޮތަށް އަމަލުކުރާ އިތުބާރާއި އެކު ދުނިޔޭގެ ފެންވަރުގައި ހިދުމަތްދޭ ދުޅަހެޔޮ މުވައްޒަފުންތަކެއް މަސައްކަތްކުރާ މުއައްސަސާއެއްގެ ގޮތުގައި އެ ތަން ހެދުމަށް ކަމަށް ވިދާޅުވެފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 100%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: