ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އާއްމުން ނުކުމެ ގާނޫނު ތަންފީޒް ކުރާ މައްސަލަ ހުއްޓުވަންޖެހޭ: ޕީޖީ ޝަމީމް

ޕީޖީ ޙުސެއިން ޝަމީމް. ފޮޓޯ:ސޯޝަލްމީޑިއާ
ޝެއާރކޮށްލާ ކަހަލަދޯ؟

އާއްމުން ނުކުމެ ގާނޫނު ތަންފީޒް ކުރާ މައްސަލަތައް މިފަހަކަށް އައިސް ފާހަގަކުރެވޭ ކަމާއި އެފަދަ މައްސަލަތައް ވަގުުތުން ވަގުތަށް ހުއްޓާލަންޖެހޭ ކަމަށް ޕްރޮސެކިއުޓަރ ޖެނެރަލް ހުސެއިން ޝަމީމް ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑަރ ކޮމިޓީގެ ބައްދަލުވުމުގައި ޝަމީމް ވިދާޅުވީ އާއްމުން ނުކުމެ ގާނޫނު ތަންފީޒް ކުރުމުގެ މައްސަލަތައް މިހާރަކަށް އައިސް ގިނަކަން ފާހަގަކުރެވޭކަމާއި އެއީ ވަރަށް ކަންބޮޑުވެލައްވާ ކަމެއް ކަމުގައެވެ. އެފަދަ މައްސަލަތަކަކީ މިހާރު ނުހުއްޓުވައިފިނަމަ އޭގެ ނޭދެވޭ ނަތީޖާ ނުކުމެ ވަރަށް ބޮޑު މައްސަލައަކަށް ވެގެންދާނެ ކަމެއް ކަމުގައެވެ.

އާއްމުން ނިކުމެ ގާނޫނު ތަންފީޒް ކުރަނީ ތަންފީޒީ އިދާރާތަކުން ބައެއް މައްސަލަތަކުގައި ފިޔަވަޅު އެޅުން ލަސްވެ އެކަމާ ހިތްހަމަ ނުޖެހުމުން ކަން އެނގިވަޑައިގަންނަވާ ކަމާއި ނަމަވެސް އެކަމަށް ސީދާ ހައްލެއް ހޯދަން ޖެހޭ ކަމަށް ޝަމީމް ވިދާޅުވިއެވެ.

އެފަދަ މައްސަލަތަކަށް ހައްލު ހޯދަންވާނީ އާއްމުން ނުކުމެ ގާނޫނު އަތް މައްޗަށް ލައިގެން ނޫންކަމަށާއި، ކަންކަމަށް ފިޔަވަޅު އަޅަންވާނީ ގާނޫނުގެ ތެރެއިން ތަންފީޒީ އިދާރާތައް މެދުވެރިވެގެން ކަން ޝަމީމް ފާހަގަކުރެއްވިއެވެ.

ޝަމީމް އިތުރަށް ވިދާޅުވީ އެފަދަ އަމަލުތަކަކީ އެއްގޮތަކަށްވެސް ހުއްދަކުރެވިގެންވާނެ ކަމެއްނޫން ކަމަށާއި އެކަމަކީ ދޫކޮށްލެވިގެންވާނެ ކަމެއް ނޫން ކަމަށެވެ.

ޝަމީމް އެހެން ވިދާޅުވެފައިވާއިރު ފުލުހުންވެސް ވަނީ އިންސާފު ހޯދުމުގެ ނަމުގައި ޖިނާއީ މައްސަލަތަކުގައި ތުހުމަތު ކުރެވޭ މީހުންނާއިމެދު އަނިޔާވެރި އަމަލު ނުހިންގުމަށް އެދިފައެވެ.

ފުލުހުން ބުނެފައިވަނީ ކުށްތަކަށް އަރައިގަންނަ ފަރާތްތަކާއި މައްސަލަތަކުގައި ތުހުމަތުކުރެވޭ ފަރާތްތަކުގެ މައްސަލަތައް ތަހުގީގުކޮށް އެފަރާތްތަކަށް އަދަބު ދެވޭނެ ގޮތްތައް ރާއްޖޭގެ ގަވާއިދުތަކުގައި ކަނޑައެޅިގެން ބަޔާންކޮށްފައިވާ ކަމަށާއި ނަމަވެސް އިންސާފު ހޯދުމުގެ ނަމުގައި ޖިނާއީ މައްސަލަތަކުގައި ތުހުމަތު ކުރެވޭ މީހުންނާ މެދު ރާއްޖޭގެ ގާނޫނުތަކާއި ހިލާފު އަނިޔާވެރި އަމަލުތައް ހިންުގުމަކީ ކަންބޮޑުވާ، މުޖުތަމައުގެ މަސްލަހަތު ގެއްލިގެން ހިނގައިދާނެ ފަދަ އަމަލުތަކެއް ކަމަށެވެ.

ދާދި ފަހުން ކުޑަ ކުއްޖަކަށް ޖިންސީ ގޯނާ ކުރިކަމުގެ ތުހުމަތުގައި ޓީޗަރަކު ހައްޔަރުކޮށްފައިވަނީ ހުޅުމާލޭ ދެވަނަ ފިޔަވަހިން މިދިޔަ ހޯމަދުވަހުގެ ރޭ އިރާކޮޅު ވަގުތެއްގައެވެ. ޖިންސީ އަނިޔާ ދަރިވަރަށް ދިން ކަމަށް ތުހުމަތު ކުރެވޭ ޓީޗަރަށް އާއްމުން ނިކުމެ އަނިޔާ ކުރާ މަންޒަރު ޝޯސަލް މީޑިއާގައި ވަނީ އާއްމުވެފައެވެ.

އެ މައްސަލައިގައި ތުހުމަތުކުރެވޭ ޓީޗަރުގެ ބަންދަށް ހުޅުމާލެ ކޯޓުން ވަނީ ފަސްދުވަސް ޖަހާފައެވެ.

 

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

2 Responses

  1. ޏ.ފުވައްލުލަކު މާޒީ ގޭގައި ހިންގަމުންދާ ބަދޮއަޚްލާގު ޒިނޭ ސާބިތު ޝަރީޢަތުގެ އެއްމެފަހު ވަގުތު ޝަމީމު ގެ މަޤްޞަދެއް މެދުވެރިވެ މައްސަލަ އަނބުރާނެގުމަކީ ސަލާމަތް ބުއްދި ޤަބޫލް ކުރެވޭ ކަމެއްތޯ ޝަމީމްއާސުވާލު ކޮއްލަން ؟ހިނގަ ހިނަގާހުރި ޝަރީޢަތެއް ކަނޑާއެޅި ހުރަސްއެޅީ ކޮން ފަރާތަކުންކަންތޯ؟ބިދޭސިމީހާޑީޕޯޓް ކުރުމުގައި އިޙްމާލްވަނީ ކޮންފަރާތއްތޯ؟ ޢާންމުރަޢީއްޔަތުންތޯ؟

  2. އަދުލުއިންސާފުގެ ކަންކަން ހުންނަގޮތުން މިގައުމުގަ އަމިއްލއައް އިންސާފުލިބިގަންނަން މަޖުބޫރުވީ މިގައުމުގަ ކިތައއމީހުން މީހުން މަރާފައެތިބީ އެއިން އެއްސް ފަރާތަކައް އިންސާފުލިބިއްޖެބަ ނުލިބެ މިގައުމުގަ ބޮޑުމީހާޔައް އިންސާފުލިބޭނީ ކުޑަމީހާ ރޯލަ ރޯލަ ޖެހެނީހުންނަން މީކަން ހިނގާގޮތް

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: