ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކަރަންޓީނުގައި ހުންނަ މީހާއަށް ހާއްސަ ޗުއްޓީއެއް ދޭންޖެހޭގޮތަށް ބިލު ފާސްކޮށްފި

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގެ ތެރެއިން.. ފައިލް ފޮޓޯ
ޝެއާރކޮށްލާ ކަހަލަދޯ؟

ކޮވިޑް-19އިގެ ސަބަބުން ކަރަންޓީނުގައި ތިބެންޖެހޭ މީހުންނަށް ހާއްސަ ޗުއްޓީއެއް ހަމަޖައްސަން ޖެހޭ ގޮތަށް އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ބިލު، ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފި އެވެ.

ސަރުކާރުގެ ފަރާތުން ފުވައްމުލަކު މެދު ދާއިރާގެ މެމްބަރު ހުސައިން މުޙައްމަދުދީދީ ހުށަހަޅުއްވާފައިވާ މިބިލު ފާސްކުރީ މިއަދު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ބައިވެރިވި 57 މެމްބަރުންގެ ވޯޓުންނެވެ.

މި ބިލަށް ގެނައި މުހިއްމު އިސްލާޙްތަކުގެ ތެރޭގައި ކޮވިޑް-19އާ ގުޅިގެން ކަރަންޓީނުގައި ހުންނަންޖެހޭ ހާލަތުގައި މުސާރައިން ނުކެނޑޭގޮތަށް ޚާއްސަ ޗުއްޓީއެއް ހަމަޖައްސައިދިނުން ހިމެނެއެވެ.

މީގެ އިތުުރުން ކޮވިޑާ ގުޅިގެން އަޅާ ދަތުރުފަތުރާގެ ހާއްސަ ފިޔަވަޅުތަކުގެ ސަބަބުން ވަޒީފާއަށް ދިއުމަށް ހުރަސްއެޅޭ ފަރާތްތަކާއި ބައްޔަށް ޕޮޒިޓިވްވާ މީހުންނަށްވެސް ސަލާމުގެ ޗުއްޓީ ހަމަޖައްސައިދިނުމަށްވެސް ކޮމިޓީން ވަނީ ބިލަށް އިސްލާހު ގެނެސްފައެވެ.

ޖުމުލަ 12 އިސްލާހެއް މި ބިލަށް ހުށައަޅާފައިވާއިރު މިއީ ކޮވިޑް-19އާ ގުޅިގެން ރާއްޖޭގައި އޮތް ޢާންމު ޞިއްޙަތުގެ ކުއްލި ނުރައްކަލުގެ ޙާލަތުގައި، އެކި ފަރާތްތަކަށް އެހީތެރިކަމާއި ރައްކާތެރިކަން ފޯރުކޮށްދިނުމަށްޓަކައި މިހާރަށް ކޮންމެހެން ގެންނަންޖެހޭ ވަގުތީ ބަދަލުތައް ގެނެސް، އެކަންކަމާ ގުޅޭގޮތުން ޢަމަލުކުރާނެ ޚާއްޞަ އުސޫލުތައް، ވަގުތީ ޤާނޫނަކުން ކަނޑައެޅުމަށް ހުށަހެޅި ބިލެކެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: